އިދިކޮޅު ޕާޓީއަށް ރަނގަޅަށް ޒިންމާ އަދާ ނުކުރެވޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ޝަރީފް ވިދާޅުވީ އިދިކޮޅު ޕާޓީ ނުވަތަ ވާދަވެރި ފަރާތެއްގެ ޒިންމާ އަދާކުރުމަކީ ސަރުކާރު ޖަވާބުދާރީވާން އެންމެ މުހިންމު އެއް ކަންތައް ކަމަށް ވާއިރު މިހާރު އެކަން ކުރުމަށް ނުކުޅެދިފައިވާ ކަމަށެވެ.

އިދިކޮޅުގެ ބޭނުމަކީ ސަރުކާރު "ސައިޒަށް ކެނޑުން" ކަމަށް ސިފަކުރައްވާ ޝަރީފް ވިދާޅުވީ ފާޑުކިޔަން ވާނީ ސައްހަ މައުލޫމާތާއި އެކުގައި ކަމަށާއި ދޮގާއި މަކަރުން ފާޑުކިޔުމުން ހަގީގަތް އޮޅޭ ކަމަށެވެ.

ޝަރީފް ވަނީ ސަރުކާރު ހިންގާ ޕާޓީ އަށް ނިސްބަތްވާ މެމްބަރުންނަށް ސަރުކާރަށް ފާޑުކިޔަން އުނދަނގޫކަމަށް ވެސް ވިދާޅުވެފައެވެ. އިދިކޮޅުގެ ޒިންމާ އަދާކުރާތަން މަޖިލީހުންވެސް ފެނިގެން ނުދާކަމަށާއި އެއީ ހިތާމަކުރައްވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެއްވެސް ސަރުކާރަކީ ފުރިހަމަ އަށް ހުރިހާ ކަމެއް ކުރެވޭ ސަރުކާރެއް ނޫން. ވަރަށް ގިނަ ފަހަރު މަގުން ކައްސާލާނެ. އެފަދަ ފަހަރުގައި ސަރުކާރާއި ގުޅިފައި ތިބޭ މެމްބަރުންނަށް ވަރަށް އުނދަގޫވާނެ ފާޑުކިޔަން. އެއީ އިންސާނީ ތޮބީއަތުގައި ހުންނަ ކަމެއް. އެހެންކަމަށް ވާއިރު އަޅުގަނޑުމެން ވާދަވެރި ފަރާތްތަކުން އެބަ ޖެހޭ އެބޭފުޅުންގެ މަސްއޫލިއްޔަތުތައް އަދާކުރަން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު އިދިކޮޅު މެމްބަރުން މަޖިލީހުގައި ބަހުސްތަކުގައި ބައިވެރިވާ މިންވަރު މަދުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިއްޔެ މަޖިލީހުގައި ވިދާޅުވެފައެވެ. ރައީސް ނަޝީދު ވަނީ މައްސަލަތަކުގައި އިދިކޮޅުން ބައިވެރިވުމާއި ހިޔާލު ދިނުމަށް އެދިވަޑައިގަންނަވާފައެވެ.

އެހެންނަމަވެސް މަޖިލީހުގައި އިދިކޮޅު މެމްބަރުން ވާހަކަދައްކަވަން ފެށުމުން އެމްޑީޕީގެ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވައިގެންނާއި އެހެން ގޮތްގޮތުން އަޑުގަދަކޮށް އެ މެމްބަރުންނަށް ހުރަސް އެޅުމާއި، ވާހަކަދައްކަން އެކަށީގެންވާ ފުރުސަތު ނުދޭކަމަށް ވިދާޅުވެ، އެ މެމްބަރުން ވަނީ މީގެ ކުރިން މަޖިލީހާއި އެހެން ޕްލެޓްފޯމްތަކުގައި ތަކުރާރުކޮށް އަޑު އުފުލާފައެވެ. އަދި ސަރުކާރު ޒިންމާދާރުކުރުވުމަށް ދައްކާ ވާހަކަތަކަށް ސަރުކާރުން އިޖާބަ ނުދޭ ކަމަށް ވެސް އެ ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ޒިންމާދާރު ވުމަކީ މުޅިގައުމުގައި އަލިފާން ރޯކޮށް ، ދިވެހި ފުލުހުން މަގުމަށްޗަށް ވައްޓާލާ ފައިންތަޅާ ރާކޭސްކޮށް ފުލުހުންގެ ސައިކަލްތަށް ރޯކޮށް އުސްފަސްގަނޑު ހިސޯރުކޮށް އެތާ ﷲ ނަހީކުރެއްވި ހުރިހާ ކަމެއްކުރުންތޯ ؟ ، ސަރުކާރު ސައިޒުކުރުމަކީ މަވޯޓާ ސަރިފުގެ މައިބަދާގައި 5 ފޫޓުގެ ރެންޗަކުން ޖެހުންތޯ ؟

    11
  2. ޑައެލޯގް

    ބަލަ ސަރީފޫ ހޭބަލިވީތަ؟ ކަލޭމެން އިދިކޮޅުން އެއްޗެކޭބުނާއިރަށް ހަޅޭްއްލަވައި ގަޔަށްއަރާ ޒަހަމްކުރެއެވެ. އެގޮތުން ޕީޕީއެމް މެންބަރު ޝިޔާމަށް ހަމަލަދިނެއްނޫންހެއްޔެވެ. އެއިރު ކަލޭމެންގެ ލީޑަރު، މަޖިލީހުގެ ރައީސް އިނީއެކަމަށް ހިތްވަރުދޭން ކޮމާންޑަރެއްގެގޮތުގައެވެ.

  3. Anonymous

    ޝަރީފުމެން ކަހަލަ ނުކިޔަވާ ތިބި މީހުނަށް މިކަހަލަ ޒިންމާދާރު މަގާމްތަކަށް އައްޔަން ކުރަން ވޯޓު ދޭތީ ދިވެހިންގެ ގަޅިގަމާރުކަން ހުރި ލެވެލް އެބަ އެނގޭ! އެކިޔާ އެއްޗެއް ބަލާލަބަލަ، އިދިކޮޅު ޕާޓީއެއް އޮންނަނީ ސަރުކާރު ސައިޒަށް ކަނޑަށް ކަނޑާށޯ ޔޯލަ !!! އިދިކޮޅު ޕާރޓީ އޮންނަނީ ސަރުކާރުން ކުރާ ކަޑަ ކަންކަމަށް ނޫން ބަސް ބުނެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަންކަން ކުރަން..

  4. އަބްޅޯ

    ތިޔަ ލަދުޙަޔާތް ކުޑަ ލާދީނީ ޕާޓީ 2023 ގައި ސައިޒްކޮށްލާނީ މި ގައުމުގެ ރައްޔިތުން. މަވޯޓާ ވޯޓް ވިއްކަން ގަންނަން ލާރިބަހަން ދުވަން ހުންނާތީ އިރާދަކުރެއްވިއްޔާ! ލަދުޙަޔާތްކޮބާ؟ ގަައުމަށް ކޮންކަމެއް ކޮށްދެވެނީ!؟ ގައުމު ފަޤީރުވެ އިންޑިޔާ އަށް ވިއްކާލީ! އަޅުވެތިކުރީ! ވެރިކަން ނުދީގެން ގަދަބާރުން ވައްކަމާ ހީލަތުންވެސް ވެރިކަމަށް ދަހިވެތިވެ އެކަންކުރަން ޖެހޭ ކުރަންނޭންގި ބީތާވެ ދުނިޔޭގެ ޖާހަށްޓަކާވެސް! ގައުމުގެ ދީނާ ސިޔާދަތު ފުނޑިއްޖެ! މަގުމަތީ ކުނިހޮވާ ކާން ދިވެހިން ޖެހިއްޖެ! އެެހެންމީހެއްގެ ވެރިކަމެއް ނަމަ އިންސާނީ ހައްޤުކިޔާއެއްޗެއް މި ލާދީނީ ޕާޓީ ބައިގަނޑު ގެންނާނެ ކޮންމެ ފަހަރަކުވެސް! މިހާުެރު އިންސާނީ ހައްޤު އުތުރިދެފަޔަށް ހިނި އަރާހެން އަރާނީދޯ؟ ޝަރީފޫ ކަލޭގެވެސް އަޖަލު ހަމަވާނެ އިރާދަކުރެއްވިއްޔާ މި ދައުރަށްފަހު! އިންޝާﷲ. ދެބޯގެރި ނުދުއްވާ ލާރި ބަނޑުއެޅޭތޯބަލާ ލާދީީނީ ބައިގަނޑަށް ތެޔޮޖަހާދީގެންވެސް.! ގައުމަށް ގައްދާރުވީމަ ދައުރު ހަމަވީ!

  5. ކިނބޫ

    ހަރާމް ހުކުމަކުން އިދިކޮޅު ޖަލައްލައި ހައްޔަރުކޮށް ބަހައްޓާފަ ތިދައްކާވާހަކަ ހަމަޖެހޭތަ، ބޯގޯސް

  6. ސަރީފޫ

    ތަސްމީނާއިއެކު ސައިޒްކުރަން ހުރެވުނުތަ؟ އެކަމެއްނުވި. ދެދުލިއެއްނުވާ މީހާގަނޑު

  7. ފިނޑި އުމަރު

    ކޮބައި އުމަރު ނަސީރު ، ހިހޫ ތަނުން ކައިގެން އުޅޭ ފިނޑި އުމަރު ވޯޓު ހޯދަން ނާންނާތި މި ކަމުގައި ބައިވެރި ނުވެ

    2
    1
  8. މަސްއޫދު

    މަޖިލިސް މެންބަރުންގެ މަސްއޫލިއްޔަތަކީ ތަޅުމުގައިތިބެ އެކަު އަނެކަކާ ދިމާއަށް ވަގަށް ގޮވުންތޯ!މެންބަރުންގެ މަސްއޫލިއްޔަތު އަދާނުކުރެވޭ! މަވޯޓާ! އަދާކުރެވޭނަމަ ގައުމަކަށް މިހާރު ޖެހިގެން އުޅޭ މުސީބާތް ނުޖެހުނީސް!

  9. އަލީ އަހުމަދު

    މި ސިޔާސީވެރިން ދައްކަފާނެ ކޮންމެފަދަ ވާހަކަ އެއްވެސް، އިދިކޮޅު އޮންނަ އެއްވެސް ނިޒާމަކުން ފައިދާ އެއްނުކުރާނެ، ހޭބަލި ނުވެބަ، އެހެންނަމަ، އިންސާނުންގެ އިދިކޮޅު ކަމަށްވާ، ސައިތޯނާގެ ފަރާތުން އިންސާނުންނަށް ފައިދާވާނެ، މޫސާގެ ފާނުންގެ އިދިކޮޅަށް ހުރީ ފިރުއައުނު، ފިރުއައުނުގެ ފަރާތުންވެސް ވެނާ ދުއްތުރާލިބުނީ، މިހެން ދައްކަން ބައިވަރު ވާހަކަ އެބަހުރި.. މަލްޓިޕާރޓި ޑިމޮކުރަސީ އަކީ މިޤަވްމުގެ ހަލާކު، ވެރިކަމުން ފައިބާފަ ދާންޖެހެނީ ޖަލަށް، ވެރިކަމުގަ ގެންނަ ތަރައްޤީ، ދެން އަންނަ ވެރިކަމެއްގަ ބަލައެއް ނުގަނޭ، ޤަވްމުގެ މުހިންމު ދުވަސްތައް އިހުތިފާލުކުރާ އިރު ވެރިކަންކުރާ ޕާރޓީގެ މީހުންނަށް ބައިވެރިވެވެނީ، ދެން ކޮން އެކުވެރިކަމެއް، ޤަވްމިއްޔަތެއްކިޔާކަށް..

  10. ޢަލީ ޢާމިރު

    ޑްރަގު ރިހިބިލިޓޭޝަން ސެންޓަރު ހުންނަނީ ޑްރަގުބޯ މީހުން އުޅޭތީ، ސަރުކާރު ޒިންމާދާރުކުރަން އިދިކޮޅެއް އޮންނަން ޖެހެނީ ސަރުކާރު ޒިންމާދާރު ނޫންވީމަ ދޯ، އެހެންވީމަ ތި މީހުންގެ އިޚްލާޞްތެރިކަމެއް ނެތެއްނު..

  11. އިބްރާ

    ޝަރީފްމެން ތެޅުނު ވައްތަރަށް އެންމެނެއް ނުތެޅޭނެ. އިސްލާމެއް ވެއްޖިއްޔާ ގޮތެއްވެސް ހުންނަންޖެހޭނެ.