ކ.ހިންމަފުނީ އައްސޭރި ޖަލުގައި ޤާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ ޤާނޫނުއަސާސީއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ އަދުލުގެ ޤާނޫނާއި އަދި ބައިނަލްއަޤުވާމީ މުއާހަދާތަކާއި އުސޫލުތަކާއި ހިލާފަށް ގާއިމުކޮށްފައި ހުރިތަނެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނިންމައިފިއެވެ.

އެޗްއާރްސީއެމް އިން ބުނީ ހިންމަފުށީގައި ކުޑަކުދިން ހައްޔަރުކޮށްގެން ގެންގުޅޭ ޖަލަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީ.އާރް.ސީ) އާއި ޔުނައިޓެޑް ނޭޝަންސް ސްޓެންޑަރޑް މިނިމަމް ރޫލްސް ފޮރ ދަ އެޑްމިނިސްޓްރޭޝަން އޮފް ޖުވެނައިލް ޖަސްޓިސް (ދު ބެއިޖިންގް ރޫލްސް) އާއި ސީ.އާރް.ސީ ކޮމިޓީގެ ޖެނެރަލް ކޮމެންޓް ނަންބަރު 24 (ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ކުޑަކުދިންގެ ޙައްޤުތައް) ގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި ރައްކާތެރިކަން އެކުދިންނަށް ލިބިދޭ ތަނެއް ނޫންކަމަށާއި އަދި ދަ ޔުނައިޓެޑް ނޭޝަންސް ސްޓެންޑަރޑް ވިނިޅަށް ރޫލްސް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަރސް (ދަ ނެލްސަން މަންޑޭލާ ރޫލްސް) އަށް ރިޢާޔަތްކުރާއިރު އެތަނަކީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް އެޗްއާރްސީއެމްގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެޗްއާރްސީއެމް އިން 2020 ނޮވެމްބަރު 8 އިން 10އަށް ކ.ހިންމަފުށީ އައްސޭރި ޖަލަށް ކުރި ޒިޔާރަތުގައި އައްސޭރި ޖަލުގައި ބޭންކުރަމުންދާ ކުޑަކުދިންގެ ޖަލުގެ މަސައްކަތްތައް ކުރިއަށްއޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދީފައިވީނަމަވެސް، ކޮމިޝަނުން 2021 ސެޕްޓެމްބަރު 16 ވަނަ ދުވަހު ކ.ހިންމަފުށީ އައްސޭރި ޖަލަށް ޒިޔާރަތް ކުރިއިރުވެސް އަލަށް ބިނާކުރާ ކުޑަކުދިންގެ ޖަލުގެ މަސައްކަތް ނިމިފައިނުވާކަމަށް އެޗްއާރްސީއެމް އިން ވިދާޅުވިއެވެ.

2021 އޮކްޓޫބަރު 14 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކ.ހިންމަފުށީ އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާޙައުލަކަށް ބަދަލުކުރުމަށާއި، އެ ތާރީޚުން ފެށިގެން އެއްވެސް މައްސަލައަކާ ގުޅިގެން ކ.ހިންމަފުށީ އައްސޭރި ޖަލުގައި ޤާއިމްކޮށްފައިވާ ކުޑަކުދިންގެ ޖަލުގައި ކުޑަކުދިން ބަންދު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމިޝަނުން ވަނީ އޮކްޓޯބަރ 14 ގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ޤާނޫނީ އެންގުމެއް އަންގާފައި ކަމަށް އެޗްއާރްސީއެމް އިން ވިދާޅުވިއެވެ.

މި އެންގުމުގައި، ކ.ހިންމަފުށީ އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކަނޑައަޅާ ޕްލޭނެއް 2021 އޮކްޓޯބަރ 24 ގެ ކުރިން ކޮމިޝަނަށް ފޮނުވުމަށްވެސް ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުލާޓި

    ބަލަ ހިޔުމަން ރައިޓްސް ނިދިން ހޭލީތަ؟

  2. ަިއަސީލާ

    ތީމުގެ އޯކކކކ ކޭ ވާނެ

  3. ހުސޭނުބޭ

    ގައިމު އިމްރާނު އޮތީ ބުނެފައި އޭނާ މިނިސްޓަރުކަމަށް އައުމުން ޖަލުތަކުގެ ޙާލަތު ބޮޑުތަނުން ރަގަޅުވިޔޯ! ތި ފެންނަނީ އޭނަ ރަގަޅުކުރި ޖަލުތަކުގެ ތެރެއިން އެއް ޖަލު!

  4. ކޮރަލް

    ދެވަނަ ފޭސް ގަ އުޅޭ ހާލު ބަލާލަން ދޭ ބަލާށެވެ.

  5. ތޭރިއެމްވީ

    އެކި ޖަލުގައި އެކި ގޮތް. ކުށުގެ ތުހުމަތުގައި ގެންގޮއްސަ ތިބޭ މީހުން މާލޭޖަލުގައި ފަންކާ ދޮށުގައި ބޮކި އަލީގައި ތިބޭއިރު، ހަމަ ކުށުގެ ތުހުމަތުގައި މާފުށީޖަލުގައި ތިބޭ މީހުން ތިބެނީ ފަންކާއެއް ނެތި އެންމެ ކުޑަމިނުން ބޮކީގެ އަލިކަމެއްވެސް އެތެރޭގައި ނެތި ކަނު އަނދިރީގައި، ބޭރުގައި އިންނަ ލައިޓަކުން އެތެރެއަށް ކިރިޔާ އަލިވާކަން. ފާޚާނާ ކުރަނީ ކަނު އަނދިރީގައި. ކޮބައިތޯ އެޗް.އާރު.ސީ.އެމް ކީއްވެތޯ މިވާހަކަ ނުދައްކަނީ. ދެއިރު ދެދަޅަޔަށް ބޮޑަތި ގުރޫޕް ހަދާފަ އެތަނަށް ދާއިރުވެސް އެކަން ހަމަ ނޭންގެނީތޯ. މިހުރިހާ މަންޒަރެއް ތިޔަ އެޗް.އާރު.ސީ.އެމަށް ފެނިފަ ހުންނާނީ

  6. ސަބްބަތްކަރުތަހޭ

    ހިންމަފުށީ ޖަލުގައި ކުޑަކުދިން ގެންގުޅޭތަން ރައްކާތެރިއެއްނޫން: އެޗްއާރްސީއެމް މިހެންވިދާޅުވާއިރު ޖަލައްނުލާ ކުޑަކުދިންގެ ހައްގުތައް ހޯދާދެން ތިޔަ އެޗްއަރސީ އެމުންކުރީ ކޮންކަމެއްތޯ 1978 ރުންފެށިގެން ކަހަލަގޮތަކައް މިމާލޭގެރައްޔިތުން ބޯހިޔާވަހިކަމުގެ ހައްގު ގެއްލުވާލައިގެން ހަމަ އެކަނި މާލޭގެ ރައްޔިތުންނައް ގޯތިނުދީ ސަރުކާރުތަކުން އެހިންގާ ނަސްލީއިމްތިޔާޒްގެ ސަބަބުން މާލޭގެ ކުޑަކުދިންގެ ހައްގުތައްވަނީ ގެއްލިފައި ޖިންސީ ގޯނާޔާއި ގެވެހިއަނިޔާ ލިބެމުންދަނީ އެމީހުންނައް ހިމަޔަތެއް ރައްކަތެރިކަމެއް ނުދެވޭތާނގައި އޭގެން ވަހަކައެއްވެސް ދައްކާމީހަކުނެތް އަނެއްކޮޅުން ބިދޭސީން ހިތުހުރިގޮތަކައް ހިތުހުރިރަށެއްގަ ގަވާއިދާގާނޫނާހިލާފައް އުޅެމުން ކުޑަކުދިންނައް ޖިންސީގޯނާކުރަމުންދާއިރުވެސް ނުބެލޭ ސަބްބާތްކަރުތާހޭން