ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ މަގުސަދުގައި ހުޅުމާލެ ދެ ވަނަ ފިޔަވަހި ހިއްކާ އެތަނުގައި އަޅާފައިވާ ހިޔާ ފްލެޓްތައް ކައިރީގައި ކްލިނިކެއް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަޔަކާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕައިތަން ޕްރިވެޓް ލިމިޓެޑާއެވެ. އެތަން އަޅާނީ ކޮމާޝަލްގެ ގޮތުގައި ކަނޑައަޅާފައިވާ ޔުނިޓްތަކުގައެވެ. އެޗްޑީސީން ބުނީ ކްލިނިކް ނިންމައި ތިން މަސް ތެރޭގައި ހިދުމަތް ދޭން ހަމަޖެހިފައިވާ ކަމަށެވެ. މި ކްލިނިކްގެ އިތުރު ދެ ކްލިނިކެއްވެސް އެތަނުގައި އަޅާނެއެވެ.

ހިޔާ ފުލެޓުތަކުގައި މީހުން ދިރިއުޅެން ފަށާ ކުލި ނަގަން ފެށުމުގެ ކުރިން މިހާރު ދިމާވަމުންދާ މައްސަލަތައް ހައްލު ކުރުމަށް އެޗްޑީސީގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެސަރަހައްދު ސާފުކޮށް ބޭއްވުމާއި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާނެ ގިނަ ހިދުމަތްތަކެއް ސުޕަމާކެޓް ގްރޮސަރީ ސްޓޯރު ފަދަ ތަންތަން ތިން މަހުގެ ތެރޭގައި ނިންމަން އެޗްޑީސީން ވަނީ އެކި ފަރާތްތަކާ ހަވާލުކޮށްފައެވެ.

ތަނަށް ބަދަލުވި މީހުންގެ އަދިވެސް އެންމެ ބޮޑަށް ކަންބޮޑުވަނީ ކުލީގެ މައްސަލައިގައެވެ. ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާއެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ.

އެހެންވިޔަސް ކުރީގެ ސަރުކާރުގައި އެ އަގު ކަނޑައަޅާފައިވަނީ ޖުމުލަ 6،600 ރުފިޔާއަށް ކަމަށް އެ ސަރުކާރުގެ ބޭފުޅުން ވިދާޅުވަމުންދެއެވެ. އެއީ ސޯޝަލް ހައުސިން ޔުނިޓްތަކަށް ބޮޑު އަގަގެއް ކަމަށްވާތީވެ ކުލިކުޑަކުރަން އެތައް ފަހަރެއްގެ އެޗްޑީސީއާއި ރައީސް އޮފީހުގައި އެދުމުންވެސް އެއަށްވުރެ ކުޑަ ނުކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނިމްސާ

    ޢަލީ ލަތީފުއަށް ނޫނީ ތިނުދޭނެ.

    • ނަސީމާ

      ވަރަށް ނުލަފާ ޑޮކްތަރެއް އުޅޭނެ ޑރ ސަނީޒް ނަޒްމީ ކިޔާ. އަހަރެންގެ ތިމާގެ މިހަކާ ދިމާލަށް ބުނި އޭނަ ހަމަ މަރޯވާނީ ، އަހަރެން ނޫޅެމޯ އޭނަގެ ޓެސްޓު ހަދާކަށް މަރުވާން ހުރި މީހެއް، އަސްލު މިފަދަ މީހުންގެ މައްސަލަތައް ބެލެން އައިޖީއެމްއެޗްގައި ނުހުރޭ ، އެކަމަކު އަލީ ލަތިފަކީ ބަލިމީހުންނަށް ވަރަށް ހެޔޮ މީހެއް.

  2. އާތިކާ

    އެޑީކޭއަށް ފާމަސީ ހިންގަން ސޯސަންމަގުގައި ހުރި ސަރުކާރުގެ އިމާރާތް ދިންގޮތް ބަލަން ބޭނުން އަދި އަގުވެސް ބަލަން ބޭނުން

  3. ވާނުވާ

    ދަތިތަށް ފިލުވަން ވަރަށް ގިނަ މަސައްކަތޭ؟ ހެއްވަން ތިއުޅެނީ؟ ތި ސުހައިލް ހުއްޓަ އެތަނުގަ ނުކުރާނެ އޭނާއަށް ފައިދާ ނުވާނެކަމެއް، 2023 ގަ ހިޔާ ފްލެޓްގެ އެއްވެސް ޓެނަންޓެއް މިސަރުކާރު ދަމަހައްޓަން ވޯޓް ނުދޭނެ