ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ހަމަލާ ދިން މައްސަލައިގައި އިތުރު ދެ މީހަކަށް ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވި ގޮތުގައި، ދައުވާ އުފުލީ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށެވެ. އެ ދައުވާތައް އިއްޔެގެ ވަގުތެއްގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.

އެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދަޢުވާއެވެ.

މީގެ ތެރެއިން ތަސްލީމަކީ މި ހަމަލާ ރޭވުމުގައި އެއް އިސް އެކަކު ކަމަށް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި މިހާތަނަށް ނުވަ މީހެއްގެ މައްޗަށް މި ވަނީ ދައުވާ އުފުލާފައެވެ.

އެއީ މިއަދު ދައުވާ އުފުލި ދެ މީހުންގެ އިތުރުން ވ. ތިނަދޫ ހިޔާ އަދުހަމް އަހުމަދު ރަޝީދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްއާއި، މއ. ފޭރުގޭ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީއާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމްއާއި، މ. ކުދެހިގެ އިޝްހާގުގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިއަދުގެ އަރަތް

    ސިޔާސީ ޕާޓީއެއްގެ ރައީސަކަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ ކޯޓުން ހުކުމް ކޮށްފައި ހުރި މީހަކު އިންތިޚާބުކޮށްފައި ހުރުމުން އެ ސިޔާސީޕާޓީ ޓެރަރިސްޓު ޖަމާޢަތަކަށް ވާނެތަ؟