ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ ކޮއްކޮ އަފީފާ މޫސާއާއި ދައްތަ މަރިޔަމް ނައީމާ ޖާމިނުވާ ގޮތަށް، ކަފާލާތުގެ ދަށުން، ޝަރުތުތަކަކާއެކު އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމަށް އަތީފާއާއި ނައީމާ ހާޒިރުކޮށްފައިވެއެވެ. އަދި ދެ ފަރާތުން ވެސް އައްމަޓީ ފިލައިގެން ނުދާނެ ކަމުގެ ޔަގީން ކަން ދީފައިވެއެވެ.

ދައުވާ އުފުލިފައިވާ ފަރާތުން ފިލައިފިނަމަ، ޖާމިނުވާ ފަރާތްތަކަށް އަންނާނެ އަދަބުތައް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވެ ދެއްވިއެވެ. އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ ދެ އަހަރުގެ ގޭބަންދު ހުކުމެއް ނުވަތަ 15،000 ރުފިޔާ ޖޫރިމަނާގެ ހުކުމެއް އިއްވިދާނެ ކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ދެ ފަރާތުން ވެސް ވަނީ އެ އަބަދު އަންނާނެ ކަން ވެސް އެނގިހުރެ، އޭގެ ޒިންމާ ނަގާ ގޮތަށް، އައްމަޓީ ފިލައިގެން ނުދާނެ ކަމުގެ ޔަގީން ކަންދޭ ކަމަށް ބުނެފައެވެ.

މީގެ ފަހުން ގާޒީ ހަސަން ސައީދު ވިދާޅުވެފައިވަނީ، ހައި ކޯޓު ފަނޑިޔާރުގެ އަޣުލަބިއްޔަތުން ބަންދުކުރަން ނިންމި ނަމަވެސް އެ ގޮތަށް ކަނޑައެޅި އެއް ފަނޑިޔާރު ވެސް ކަފާލާތުން ލުޔެއް ދެވޭނެ ކަން ކަނޑައަޅާފައިވާ ކަމަށެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ރައުޔުތަކަށް ރިއާޔަތް ކުރުމަށް ފަހު، ގާޒީ ހަސަން ސައީދު ވިދާޅުވީ މި މައްސަލަ ހިނގުމަށް ދިގު މުއްދަތެއް ވެސް ހިނގާނެ ކަމަށާއި މިހާތަނަށް ވެސް އައްމަޓީ އެއްބާރުލުން ދީފައިވާ ކަމަށެވެ.

އެހެންވެ ބައެއް ޝަރުތުތަކާއެކު އޭނާ ދޫކޮށްލަން ގާޒީ ނިންމެވިއެވެ. އޭގެ ތެރޭގައި ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާ މުއާމަލާތް ނުކުރުމާއި، ކޮންމެ ދުވަހަކު ފުލުހަށް ހާޒިރުވެ ސޮއިކުރަން ޖެހުމާއި، މާލެއިން ބޭރަށް ނުފުރުން ހިމެނެއެވެ.

އަންމަޓީ ސްރީ ލަންކާގައި ހުއްޓައި ހައްޔަރުކޮށްގެން ރާއްޖެ ގެނެސް 42 ދައުވާއެއް ވަނީ އުފުލައިފައެވެ. އަދި އެންމެ ފުރަތަމަ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކުރިއެވެ.

މިއަދުގެ އަޑުއެހުމުގައި ބަންދު މުރާޖާ ކުރީ ކޮންމެ 30 ދުވަހަކުން ބަންދު މުރާޖައާ ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި އޮންނާތީއެވެ. މިއަދު ކަނޑައެޅި ބަންދުގެ ހާލަތު ވެސް 30 ދުވަސް ފަހުން މުރާޖާ ކުރަން ޖެހޭނެއެވެ.

އައްމަޓީގެ މައްޗަށް މި ދައުވާތައް އުފުލަން ނިންމީ، ހުޅުމާލޭގައި ފްލެޓް އިމާރާތްކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އަކީރު

  ދައުވާ އުފުލިފައިވާ ފަރާތުން ފިލުމުން، ޖާމިނުވި މީހާއަށް އަދަބު ލިބޭނެއޭ ތިވިދާޅުވީ ރަނގަޅައްތޯ؟ އަޅުގަނޑު ހީކުރީ ޤައުމީޓީމުން ފުރުސަތު ލިބެނީކަމަށް.

  11
 2. ޖުއްބާ

  ފިރުއަނު ޒަމާނުގަ މިސުރުގަވެސް ތިޔައްވުރެ އިންސާފުވެރި ގާނޫނު ހަދާނެ.

  18
 3. ވިސްނާލުމަށް އެދެމޭ

  ރޔާމީން ދޫނުކޮއްލެވެންވީ ކީއްވެ އަހަރެމެން އެއްލައްކަޔަށްވުރެގިނަ މީހުން މިތިބީ ރޔާމީނުގެ ޖާމިނުގަ ރޔާމީން ދޫކޮއްދީ އެއީ މިގައުމުގެ ފަޙުރުވެރި ބަތަލެއް ދިވެހިންގެ އައްޑަނައެއް..ރޔާމީން ދޫކޮއްލާ..

  26
 4. ނެތް ބުނެވޭކަށް

  ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އޮންނާނެ އަމުރެއް ނެރެފަ.
  އެ އަމުރަކީ ކާމިނީގޭ ޢަބުދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަފާލާތުގެ ދަށުން މިނިވަން ކުރެވޭނެ ޙާލަތެް ނެތްކަމަށް ސަބަބަކީ ފައިސާގެ ބޮޑެތި މައްސަލަ ތަކުގައި އެފަދައިން ކަންތައް ކުރެވޭން ނެތުމުން ކަމަށް.

  ވީއިރު، ކީއްވެ ބާ ދަށުކޯޓަކުން އެކަމަށް ތަބަޢު ނުވީ؟

  ޤަބޫލުކުރާ ގޮތުގައި އިސްތިއުފާކުރުމުން އަލުން ބަންދު ކުރާނެ.

  2
  7
 5. މޫސާ

  ހަސަން ސައީދު ކައިރީގައި އަހާބަލަ އަޑުބަރޭވެސް ޖާމިނުވިއޭ. އޭނާއަށް ދިނީ ކޮން އަދަބެއްތޯ؟

  18
 6. ހެކިސާބިތުވެފަހުރި އަސްލުވަގެއް ތިދޫކޮށްލަނީ

  ތިމާމެން ބޭނުންވީމަ ކަފާލާތަކީ އޮންނަ އެޗެއްދެއްތޮ؟؟؟؟؟؟ ކީއްކުރީމަތޯ ވަގަކަށްމިވަނީ އަސްލު ވަގުންނަށްދޯ މިކަފާލާތުދެވެނީ އަސްލުވަގެއްވެއްޖިއްޔާ އެންމެ ޣާޒީއަކަށް ވެއްސްކަފާލާތުދެވޭ ދެއްތޯ އެހެންވީމާ ހަމައަސްލުވެސް ރައީސްޔާމީނަކީ ވަގެއްނޫންދެއް ތޯ؟؟؟ އެހެންވީމަތާ ރައީސްޔާމީނަށް ކަފާލާތެއްނެތީ އަސްލުވަގަކަށްނުވީމަ ދެއް ތޯ ؟؟؟؟ އެމްޑީޕީ ފިކުރުގެ ހީހެއްވެއްޖިއްޔާ މިކޮމެންޓް ވެނެސްދޭކަށްނުކެރޭނެ!

  18
 7. ަަަައަލީ

  ކޮބާތޯ އިންސާފު ؟؟ރައީސް ޔާމީން ދޫކުރޭ؟

  17
 8. ބޮޑާބެ

  ސަދޫމްގަ ވެރިކަން ކުރީވެސް މިކަހަލަގޮތަކައް މިހާރު މިތާންގަވެސް މިކުރަނީ ސަދޫމްގެވެރިކަން އިންސާފަކީ ތިމާބޭނުންމީހަކައްލިބޭ އެއޗަކައްމިވަނީ ތިމާބޭނުނުްނުވާމީހަކައް ވެއްޖެއްޔާ އިންސާފު އަންނާނީ އެކޮޅުކޮޅުން މިދުވަސްވެސްﷲއިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ހިގައިދާނެ

  15
 9. އަހްމަދު

  މިއަދު ބާރުއޮތީތީ ބޭނުންގޮތަކަށް ކަންކަން ކުރެވިދާނެ ނަމަވެސް ﷲގެހަޒުރަތުގައި އިންސާފައް ހުރަސްއެޅޭނެ އެއްވެސް އަލީޒާހިރެއް ސޯލިހެއް ނަޝީދެއް އަދި ހިސާނެއްވެސްނުހުންނާނެ

 10. އާސިދާ

  އޯލް ބްލެޑީ ފޭކް ...ޖަސްޓިސް..

 11. ފްރީ ޔާމީން

  މީ ދެން ކޮން ގޮތެެއް. އިންސާފެއް ނެތް ޝަރީއަތްތަކެއް. މިގައުމު ދުށް އެންމެ ހިދުމަތްތެރި ރައީސް، ޔާމީން އަބްދުލް ޤައްޔޫމް މިނިވަންކުރޭ!