މެޑިކާ ހޮސްޕިޓަލް ކައިރީގައި މާރާމާރީއެއް ހިންގައި ބިދޭސީއަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި މި މާރާމާރީ ހިނގި ސަރަހައްދުގައި މިހާރު ފުލުހުން ދަނީ ހަރަކާތްެރިވަމުންނެވެ.

ފުުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާރާމާރީ ހިނގާފައި ވަނީ ދިވެހި ފިރިހެނަކާއި ބިދޭސީ ފިރިހެނެއްގެ ދެމެދުގައި ކަމަށެވެ.

އަދި މާރާާމާރީގައި އަނިޔާވެފައިވަނީ ބިދޭސީ މީހާއަށް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައިގައި ދިވެހި މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މާލޭގައި މާރާމާރީއެއް ހިނގާފައިވާއިރު، އިއްޔެ ހަވީރު މާލޭގައި 18 އަހަރު ނުފުރޭ ކުޑަކުދިންތަކެއް މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ.