ދިވެހިން ރާއްޖެ ސިފަ ކުރަނީ އަމާން ރާއްޖެއެއްގެ ގޮތުގައެވެ. ދިވެހިންނަކީ ޒަމާނުއްސުރެ މެހެމާންދާރީ ރަނގަޅު ހެޔޮ ބައެކެވެ. ދިވެހިންގެ އިތުރުން ރާއްޖެ އަށް އެކި ބޭނުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއ ރާއްޖެ އަށް ހިޖުރަކުރާ މަސައްކަތްތެރިންނަށް ވެސް ދިވެހިން މަރުހަބާ ކިޔަމުން އައީ ހުޅުވާލާފައިވާ އަތަކާއި އެކުގައެވެ.

އެހެންނަމަވެސް ޒަމާނުއްސުރެ ދިވެހިންގެ ތެރެއިން ބައެއް މީހުންގެ ގައިގައި ވަނީ ނަސްލީ ތަފާތުކުރުމުގެ ނެއެއްގާނި ސިފަ އަށަގަނެފައެވެ. ހުޅަނގުގެ ފަތުރުވެރިން ނުވަތަ މަސައްކަތްތެރިންނަށް ދޭ އިހުތިރާމް މި ސަރަހައްދުގެ ބައެއް ގައުމުތަކުގެ މީހުންނަށް ނުދޭ މައްސަލަ މަދުން ނަމަވެސް ފެންމަތިވެފައި އެބަހުއްޓެވެ. ހާއްސަކޮށް މެދުފަންތި އާއި ބުރަ މަސައްކަތް ކުރާ ސިނާއަތްތަކުގައި މަސައްކަތްކުރާ ބިދޭސީންނަށް އިހާނެތިކޮށް ހިތުމުގެ މައްސަލަ އަކީ ރާއްޖޭގައި އޮތް މައްސަލައެކެވެ. މިފަދަ ކަންކަން އާދައިގެ ގޮތަކަށް ބަޔަކު ނެގި ނަމަވެސް މުޖުތަމައުގައި ހިނގާ މިފަދަ ބައެއް ކަންކަމަކީ ސަމާލުކަން ނުދީ ދޫކޮށްލައިފި ނަމަ އެއަށް ވުރެ ބޮޑު އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ބިދޭސީއަކަށް ދިވެހިންގެ ގްރޫޕަކުން ހަމަލާދިން ވާހަކަ މީސްމީޑިއާގައި އާއްމުވެގެން ދިޔަ ދިއުމަކީ މިފަދަ ކަމެކެވެ. މަޝްހޫރު ފޮޓޯގްރާފަރ ނައުޝަމް ވަހީދު އަކި އޭނާގެ ކުޅަދާނަ ފޮޓޯނެގުމުގެ ހުނަރުގެ އިތުރުން އިޖުތިމާއީ މައްސަލަތަކަށް ސަމާލުކަން ގެނުވަން އޭނާގެ ޕްލެޓްފޯމް ބޭނުންކުރާ މީހެކެވެ. ބިދޭސީއަކަށް ފުރައްސާރަކޮށް އޭނާ އަށް ނުހައްގު އަނިޔާތަކެއް ދިންކަން އޭނާގެ ފޭސްބުކް ޕޭޖުގައި އޭނާ ބަޔާން ކުރީ އަސަރާއި އެކުގައެވެ.

އެ ޕޯސްޓުގައި ނައުޝަމް ވަނީ އޭނާ އާއި އިތުރު އެކުވެރިޔަކު ރޭ ގެއަށް ދިޔަ މަގުމަތީގައި ބިދޭސީ އަކު ބްރިޖް ވިއު ޕްލެޓްފޯމް ކައިރީގައި ޒަހަމްވެފައިވާ ހާލުގައި ހުރި މަންޒަރު ފެނުނު ކަމަށް ބުނެފައެވެ. އޭރު އޭނާގެ ގައިގެ އެކި ތަންތަނުން ލޭ އަންނަމުން ދިއުމާއި އެކު އޭނާގެ ހާލާއި މެދު ކަންބޮޑުވުން އުފެދުނު ކަމަށާއި އެ ބިދޭސީ މީހާގެކައިރި އަށް ގޮސް ކިހިނެއްވީތޯ ސުވާލު ކުރިކަމަށް ނައުޝަމް ވަނީ އޭނާގެ ޕޯސްޓުގައި ބުނެފައެވެ. އެ ބިދޭސީ މީހާގެ ވާހަކަތަކުން ނައުޝަމް އަށް އެނގުނީ އޭނާގެ އެ ހާލަތުގެ ޒިންމާވާން ޖެހެނީ ދިވެހިންތަކެއް ކަމެވެ. ނައުޝަމް އާއި އޭނާގެ އެކުވެރިޔާ ވަނީ ވަގުތުން އެ ބިދޭސީ މީހާގެ ޒަހަމްތަކުގައި ބޭސް އަޅާ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެ ޕޯސްޓާއި އެކު ބިދޭސީ މީހާގެ މޫނު ނުފެންނަ ގޮތަށް އޭނާގެ ވީޑިއޯ އެއްވެސް ވަނީ ހިއްސާކޮށްފައެވެ.

މި ހާދިސާއާއި މެދު "ވަގުތު" އަށް މައުލޫމާތުދެމުން ނައުޝަމް ބުނީ އެ ބިދޭސީ މީހާ މަގުމަތިން ފެނުނީ ރޭ މެންދަމު 03:30 ހާއިރު ކަމަށެވެ. އެ މީހާ އަށް ހަމަލާ ދިނީ ފަސް ދިވެހިންގެ ގްރޫޕަކުން ކަމަށާއި ހަމަލާ ދިނީ އޭނާ ރާޅުގަނޑު ސަރަހައްދުގައި ހުރި ތަނެއްގައި ނިދާފައި އޮއްވާކަމަށް އެ ބިދޭސީ މީހާ ވަނީ ނައުޝަމް އަށް ކިޔާދީފައެވެ.

ބަލާބެލުމަށް އެ ބިދޭސީ މީހާ އަކީ ޒުވާނެއް ކަމަށް ވެސް ނައުޝަމް ވަނީ ބުނެފައެވެ. އޭނާ އަށް ހަމަލާ ދިން ސަބަބެއް ނޭނގޭ ކަމަށާއި އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ނުވާކަމަށް ބިދޭސީ މީހާ އާއި ހަވާލާދީ ނައުޝަމް ކިޔާދިނެވެ.

" ތަޅައިގަތީމަ ދުއްވައިގަތީމަ ވެސް ފަހާ ކޮށްޕާލިކަމަށް ބުނި. މޫނުގައި ލޮލާ ދިމާ އިން އިން ވެއްޓިފައި ހުރި ކަހަލަ ގޮތަކަށް ހުރި ޒަހަމްވެފައި. އަތްތިލަ އާއި ފަޔާއި މަށައިގެން ގޮސްފައި. ފަހަތުން އައިސް ވައްޓާލީމަ އަނިޔާވި ކަމަށް ބެލެވެނީ ބޮޑަށް. އޭނަ ތުރުތުރު އަޅާ އޭރު. ބިރުން ހުރީ ވަރަށް ބޮޑަށް" އޭނާ ބުންޏެވެ.

ނައުޝަމް ބުނީ، އޭނާގެ ގައިގެ އެކި ތަންތަނުން ލޭވެސް އައިސްފައި ހުރި ކަމަށެވެ.

ނައުޝަމް ވަނީ ބިދޭސީންނާއި މެދު މިފަދަ އިހާނެތި ގޮތަކަށް އަމަލުކުރާތީ އެކަމާއި މެދު މީސްމީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ. އަދި އާއިލާ ދޫކޮށް އެތައް ހާސް މޭލެއް ދުރަށް އައިސް އާމްދަނީ ހޯދަން ބުރަ މަސައްކަތް ކުރާ ބިދޭސީންނަށް މިފަދަ ފުރައްސާރަ ކުރުމަކީ ކިޔަވައިގެން ތިބި ތަހުޒީބީ މުޖުތަމައުއަކުން އަމަލުކުރަން އެންމެ ހެޔޮ ގޮތްތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ.

އަދި ދިވެހިން އެބުނާ "އަމާން ދިވެހިރާއްޖެ ކޮބާތޯ؟" ވެސް އޭނާ ވަނީ ސުވާލުކޮށްފައެވެ.

ނައުޝަމްގެ އެ ޕޯސްޓާއި އެކު އާއްމުންވެސް ވަނީ އެ އަމަލު ކުށްވެރިކޮށްފައެވެ. ހިތާމައަކީ ދިވެހިންގެ ތެރެއިން މަދު ބަޔަކު ކުރާ މިފަދަ ކަންކަމުގެ ސަބަބުން ދިވެހިންގެ ރީތި ނަން ކިލަނބު ވާއިރު އެއްބަޔަކު މިއީ މައްސަލަ އެއް ކަމަށް ނޫނީ ހިނގާ ކަމެއްކަމަށް ގަބޫލު ނުކުރާކަމެވެ. މިފަދަ އަމަލުތައް ހުއްޓުވާ އެ ކަންކަމާއި ދެކޮޅަށް އަޑު އުފުލުމުގެ އިތުރުން އަމިއްލަ އަށް ބިދޭސީންނަށް ހެޔޮކޮށް ހިތުމުގެ ބަދަލުގައި އެފަދަ އަމަލުތައް ހިންގާ ދިވެހިން ދިފާއު ކުރާ މީހުން މަދުން ނަމަވެސް އެބަތިއްބެވެ.

ރާއްޖޭގައި ގޭތެރޭގެ މަސައްކަތް ކުރުމަށާއި އެހެން ބޭނުންތަކަށް ބިދޭސީން ގަވާއިދާއި ހިލާފަށް ގެނައުމާއި، ޒަރޫރީ ބޭނުންތައް ފުއްދާދޭން ދެކޮޅު ހެދުމާއި، އިންސާނުން އުޅެން ހެޔޮ ނުވާވަރުގެ ސާފުތާހިރުކަން ކުޑަ ތަންތަނުގައި ގިނަ އަދަދެއްގެ ބިދޭސީން ތޮއްޖެހިގެން އުޅުން ފަދަ މައްސަލަތައް ވަނީ ދިމާވެފައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މިގޮތަށް ހިނގާ ކަންކަމުގެ ސަބަބުން ބިދޭސީން ކުށުގެ މާހައުލަށް ހުށަހެޅި ބިދޭސީން ކުށްކުރާ މިންވަރު އިތުރުވާ ކަމެވެ. އަދި އެންމެ ބިދޭސީ އަކު ކުށެއް ކުރި ނަމަވެސް އެ ކަމުގެ ރުޅި އެހެން ބިދޭސީންނަށް "ބާލާ" މަންޒަރު ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮރަލް

    ފުލުހުން ބޭނުންނަމަ ތިޔަ ސަރަހައްދުގަ ހުރި ކެމެރާ ތައް ބަލައިގެން ކަން ކުރި ބަޔަކު ހޯދޭނެ އެވެ. ވ ފަހުން ސިޔާސީ މީހެއްގެ މައްސަލައިގާ އެތައް ސަތޭގަ ގަޑި އިރތެއްގެ ފުޓޭޖް ބަލައިފި އެވެ.

    16
  2. ޙަލީ

    މަސްތުވާތަކެތި އިތުރުވާވަރަކަށް ޒުވާނުންގެ އަޚްލާގު ދައްވެ ޖަރީމާތަށް ގިނަވާނެ ،

    11
  3. ޑައެލޯގް

    ދިވެހިރާއްޖެ އަމާންތަނަކަށް އޮތްއޮތުން ނިމުމަކަށްއައީ އެމްޑީޕީ އުފެދި ޑިމޮކްރަސީއައިފަހުންނެވެ.

  4. ސިރުހާން ބޮންދު ޝަމީމް

    ފުލުހުން ކުރާ ބުރަ މަސައްކަތް ފެނަށް ދުއްވާލަނީ ސިޔާސީ ފަރާތްތަކާއި ކޯޓުތައް.. 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގަ ހައްޔަރަށް ގެންދިޔަ ސިރުހާން ބޮންދު ދޫކޮށްލީ..

  5. ސުވަޒް

    ސަރުކާރުން ވަކިގޮތެެއް ނިންމަންދެން ދިވެހިން އެބަޖެހޭ ގޮތެއް ހަދާލަން.

  6. ސުވަޒް

    ގޮތެއް ހަދާލީދޯ.

  7. ސިންބެ

    މާރަނގަޅުވެގެން މާމެހުމާންދާރީ އަދާކުރާބަޔަކަށްވެގެން ރާއްޖެއަށް އަރާހާ ބިދޭސީންނަށް ޤައުމު ހަލާކުކުރަން ފުރުސަތުދީގެން ތިބެންވީތޯ

    2
    2
  8. Anonymous

    hus dhogu

  9. އައްޓަމަސް

    (ނައުޝަމް ބުނީ އެ ބިދޭސީ މީހާ މަގުމަތިން ފެނުނީ ރޭ މެންދަމު 03:30 ހާއިރު ކަމަށެވެ. އެ މީހާ އަށް ހަމަލާ ދިނީ ފަސް ދިވެހިންގެ ގްރޫޕަކުން ކަމަށާއި ހަމަލާ ދިނީ އޭނާ ރާޅުގަނޑު ސަރަހައްދުގައި ހުރިތަނެއްގައި ނިދާފައި އޮއްވާކަމަށް އެ ބިދޭސީ މީހާވަނީ ނައުޝަމް އަށް ކިޔާދީފައެވެ.)
    ޖަވާބު: ރާޅުގަނޑުގައި ނިދަނީކީއްވެ؟ ވަގަށް އެތެރެވެގެން އުޅޭމީހެއް ކަމަށްވާނީ؟! މެހުމާންދާރީ އަދާކުރެވޭނީ މެހުމާންދާރީ އަދާކުރާގޮތަށް އުޅުނީމައި، ނައުޝަމްއަށް އެނގޭތަ މިތަނުގައި ޢުޅޭ ބޭރުމީހުންގެ ތެރެއިން އެންމެ ބަލާބޮޑު ބަޔަކީ ބަންގާޅީންކަން؟! ދުނިޔެ ގަބޫލުނުކުރާ ބަޔެއް އެއީ؟ ކިތައް ދިވެހިން މަރައިފި އެވެރިން؟1 ކޮބާ އަދި 2 މަހެއްނުވޭ ދަނގެތީގައި ބަންގާޅިއަކު ދިވެއްސެއް މަރާލިތާ؟ ކޮބާ އިހަވަންދޫ މައްސަލަ؟ ކޮބާ ޒުހާ މަރާލި ސުމޮން؟ މިހެން ލިޔެވިދާނެ ބައިވަރު! އެހެންގަވްމު ތަކުގެ މީހުން ބަންޣަޅިން ކުރާވަރާ ގާތށްވެސް ކުށެއްނުކުރޭޔޭ؟! ވަގަށް އެތެރެވަނީ ނިދަނީ ޕާރކުތަކުގައި ކޮބާ ހައްލަކީ؟!