މާލޭގެ އިމާރާތެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެެވެ.

ރޯވެފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ދިރިއުޅޭ ގޭގައެވެ. އެހެން ނަމަވެސް ރޯވެފައި ވަނީ އޭނާ ދިރިއުޅުއްވާ އެޕާޓްމެންޓް ހުންނަ ފަންގިފިލާގައި ނޫނެވެ. ރޯވެފައި ވަނީ ޑޮނާޑްގެ ގުދަނެް ހުންނަ ފަންގިފިލާގައެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ހަނާ ވިދާޅުވީ، ޑޮނާޑް ގާމެންޓް ހުންނަ އިމާރާތުގެ ތިން ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ 16:49ގައެވެ.

އެ އިމާރާތުން ވަރަށް ބޮޑަށް ދުން އަރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ އިމާރާތުގައި ދިރިއުޅެމުންދާ މީހުން އެތަނުން ނެރުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.

އެ އިމާރާތުގައި ރޯވާން މެދުވެރިވި ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ އިމާރާތުގެ ތިން ވަނަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީ 17:09ގައި ކަމަށެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަޓޯ

    ކަޑައެއްނު ؟

    8
    4
  2. ހުސޭނުބޭ

    ބަދަލުގައި ދައުލަތުގެ ޚަޒާނާއިން އެއްޗެތިތަކެއް ނުނަގާނެބާ!

    19
  3. އަހުމަދުބޭ

    އަލިފާން ނުހިފީއްޔާ ދެރަ .....އުޅޭވޭގޮތް ވިސްނާލަބަލަ އަދި އޮތީ ހޫނު ދުވަސްތަކެއް

  4. ފަގީރުކޮއެ

    އަވަހަށްގެންގޮސް ފުލެޓަކާ ގެހަދާނިމެންދެން ދައުލަތުން ހރަދުބަލަހައްޓައިދީ

  5. އެދުރު

    ސަރުކާރުން ބޮޑު ބަދަލެއް ދޭން ޖެހޭނެ، އަޅެ މައުމޫނު ވެރިކަމުގައި ހުރިނަމަ ދޯ .....ޚަޒާނާ ....

  6. އިލްޔާސް ވަހީދު

    ތިގެ ތީކިތައްވަނަފަހަރު ރޯވީ މިހާރު ސިގްރެޓް ގޭގަނުބޯން ވެއްޖެއެއްނުންތަ ..........

  7. އައްޓަމަސް

    ރޮޒެއިނާ ދިރިއުޅުއްވާ ގެޔޭ،