އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގައި، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތިބޭ މީހުން ގޮޅިބަރީގައި ބޭނުންކުރާ ފާހަނާ ފެންނަ ގޮތަށް ކެމެރާ ހަރުކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން ހިތަދޫ ޕޮލިސް ސްޓޭޝަންގެ ގޮޅިބަރީގައި ކޮންމެ ގޮޅިއަކާއި ދިމާލުން ދާދި ފަހުން ވަނީ ކެމެރާ ހަރުކޮށްފައެވެ. ހަރުކޮށްފައި ހުރި ކެމެރާތައް ގޮޅީގެ ފާހަނާބަޔާއެކު ފެންނަ ގޮތަށް ހުރުމުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކުން އަންނަނީ އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ.

އެނގިފައިވާގޮތުން ގޮޅިބަރީގައި ހަރުކޮށްފައި ހުންނަ ކެމެރާތަކުން ރެކޯޑް ކުރެވޭ މަންޒަރު ޕޮލިސް ސްޓޭޝަންގެ ކައުންޓަރުގައި ތިބޭ ފުލުހުންނާއި ސްޓޭޝަންގެ އިސް ބޭފުޅުންގެ ކޮޓަރިތަކުންވެސް ފެންނަ ގޮތަށް ވަނީ ހަދާފައެވެ.

"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާގޮތުން ހިތަދޫ ޕޮލިސް ސްޓޭޝަންގެ ގޮޅިބަރީގައި ފާހާނާ ފެންނަ ގޮތަށް ކެމެރާ ހަރުކޮށްފައިވާ މައްސަލަ މިހާރު ވަނީ ހިއުމަންރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅާފައެވެ.

މި މައްސަލަ އެޗްއާރުސީއެމް އަށް ހުށަހެޅި ފަރާތުން ބުނެފައިވާ ގޮތުން ގޮޅިބަރީގައި ތިބޭ މީހުންނަކީ ތުހުމަތު ތަކުގައި ހައްޔަރުކޮށްފައި ތިބޭ މީހުން ކަމަށާއި، އެފަރާތްތަކާމެދު އެގޮތަށް ޢަމަލު ކުރަމުން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ހައްޔަރުކޮށްފައި ތިބޭ މީހުންގެ ކަރާމަތާއި އިންސާނީ ހައްޤަށް އުނިކަން ލިބޭފަދަ ގޮތަކަށް ޢަމަލު ކުރުމަކީ ޤާނޫނު ތަންފީޒުކުރަން ތިބޭ ފަރާތްތަކަށް ލިބިދޭ އިޚްތިޔާރެއް ނޫން ކަމަށާއި، އެފަދަ މައްސަލަތައް ސީރިއަސް ގޮތެއްގައި ބަލަން ޖެހޭނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. Obama

  ހައްޔަރުކޮށްފައި ތިބޭ މީހުންގެ ކަރާމަތާއި އިންސާނީ ހައްޤަށް އުނިކަން ލިބޭފަދަ ގޮތަކަށް ޢަމަލު ކުރުމަކީ ޤާނޫނު ތަންފީޒުކުރަން ތިބޭ ފަރާތްތަކަށް ލިބިދޭ އިޚްތިޔާރެއް ނޫނޭ ބުނާ އިރު ތިޔަ ޖަލު ތަކަށް ދަނީ މިސްކިތުގައި އޮއްވަތޯ ނޫނީ އެހެން މީހެއްގެ ހައްގަށް އަރާތީ ތޯ.

  5
  18
  • ވިސްނާލުމަށް އެދެމޭ

   ބޭފުޅާ މާދަމާ ފުލުހުންގެ ހައްޔަރަށް ތުހުމަ ތަކަށް ގެންދެވިއްޖެނަމަ ތިޖަވާބުދޭނަން ތަ...ފުލުހުންގެ ހައްޔަރުންދޫވާއިރު ތިމާމީހާގެ ބަރަހަނާ ވީޑިއޯ ފޮޓޯ މުޖު ތަމައު ތެރޭގަ އެބުރޭމަންޒަރު ބަލަންބޭނުންވާނެ ތަ.. ތިމާމީހާގެ އައުރަ އެއްމެންނަ ފެންނައެދޭނެ ތަ...ކަމެވެގެންދޯ ހަށިގަޑުގެބޭރުން ފޭރާން ލައިގެން މި ތިބެނީ.

   16
 2. ނިޒާމު

  ތިޔައީ އާކަމެއްނޫން ތިތައީ ފުލުހުން އަބަދުވެސް ކުރާކަމެކޯ...އެހެންވެ އެސޮރުމެން ޑިއުޓީއައް މަގައް ނުކުންނަން ދެކޮޅު ހަދަނީ...އަގުވެއްޓިފައޮތް މުއައްސަސަރ އެއް...ބޯޑުގެވެސް ބާރެއްނެއް މުސްކުޅިވެފަތިބި ޕޮލިހުންތަކެއްވެސް ބޭރުކޮއްލެވޭވަރު ނުވޭ އަލައްއެކުލަވާލި ބޯޑުގަވެސް ދެން ކޮންބޯޑެއް ބޮޑުމުސާރަދީގެން

  5
  4
 3. އަހުމަދު

  މިއީ ރަނގަޅު ގޮތެއް ނޫން. ހުއްދަ ނެތި މީހުންގޭގަވެސް ހަރުކުރަން ވަރަށް ފަހުން ފާސް ކޮއްފަވަނީ

  10
  2
 4. މޯޑް ޝާނީ

  ފާހާނާ ފެންނަ ގޮތަށް ކެމެރާ ހަރުކުރުން ކަޑަ. އެކަމަކު ގޮޅިތެރެ ފެންނަ ގޮތަށް ކެމެރާ ހުންނަން މަޖުބޫރު. ސަބަބަކީ ގޮޅިތެރެއަށް ފޯނު ވައްދައިގެން އެކިއެކި ޖަރީމާ ހިންގުން ދެވަނަކަމަކީ ބަރާބަރަށް މަސްތުވާތަކެތި ގޮޅިތެރެއަށް ވަށްދައިގެން އޭގެ ވިޔަފާރި ކުރާތީ. ތިންވަނަ ކަމަކީ މާރާމާރީ ގޮޅިތަކުގަ ހިންގުން.

  10
  2
 5. އުގުރި

  އެބައެއްގެ އަމަލުތައް ގިނަވި ވަރަކައް ކެމެރާ ތައްވެސް ގިނަވާނެ.

  8
  2
 6. Anonymous

  މީ ކޮންފަދަބޮޑު މުޞީބާތެއްދޯ

  7
  2
 7. އަދަބުދޭންޖެހޭ

  މިކަން ކުރި ބަޔަކަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ

  6
  2
  • ޢަހުމަދު

   ޚެމެރާ ހުއްޓަސް ފާހާނާ އިންނާނީ ސެންސަރު ކޮއްފައި

 8. ހިމް

  ގައިދީއަކަށް ވިޔަސް އެމީހާގެ އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތަންވާނެ. ބައެއް ފުލުހުންނަކީ ރައްޔިތުންނަށް އިހްތިރާމްކުރަން ނޭނގޭ ބައެއް ވީމާ ގައިދީންނަށް ކުރާނެ ވަރު އަންދާޒާ ކުރެވޭ.

  11
  2
 9. އަހުމަދުކަ

  ތިވާނީ އިމޫ އެދިގެންކަމަށް ވަރަށް ބައްލަވާ ހިތްވާނެ ކޮޓަރިކޮޅުގަ އިންނަވާއިރު ހާއްސަކޮށް ފިރިހެން ވައްތަރުތަށް

  8
  1
 10. Anonymous

  ސީލާން އިންނަ އިރުގައްޔާއި ދެމަފިރިން އެންދާން ކުރާ ވަގުތު ކެމެރާ ނުކުރާތި އިބިލީސް މީހާރު ބުރުގަންނަވަރުވެއްޖެދޮތަ

  8
  1
 11. ހިތަދޫ

  ދެން ފިލްމު ގިނަވާން ފަށައެވެ

  6
  1
 12. Anonymous

  ޢޮބާމާޔަށް ބުނަމެވެ ކުށް ނުކުރާ އިންސާނުންނެއް ނޫޅެޔެވެ އެކަމަކު އިންސާނިއްޔަތުން ބޭރުވެ ހައްދުން ނެއްޓޭކަށްވެސް ނުޖެހެޔެވެ އަދިވެސް ބުނަމެވެ ކުށްނުކުރާ މައުސޫމް މީހުންވެސް ބައެއްފަހަރު ޖަލުގައިތިބެއެވެ މައުސޫމް ނަބީބޭކަލުންވެސް ޖަލަށް ލެވުނެވެ ހެޔޮލަފާ އަޅުވެރންވެސް ހައއގަކާނުލާ ޖަލަށް ލެވުނެވެ އިންސާނީ މިންގަޑުން ބޭރުނުވާށެވެ

 13. ރިވެތި

  އަންހެންކުދިން ކުރާކަމެއް ބަލާށޯ އެހަރުކުރީ ފައްކަލޯ އެމީހުންވެސް އެބަލައިގެނޯ އެންމެ ކަމުދާ ކުއްޖަކުހޮވަނީ ދެން އެކުއްޖަކައް ވަރައްކަމޭހިތާނޭ ސަލާމަތް ކުރަންވެސް ވވ މަސައްކަތް ކޮއްދޭނޭ ސަލާމަތްވީމާ ދެނޯ އަސްލު އޮންނާނީ އިބޫގެ ވެރިކަން މީހަމަ ރައްޔިތުންގެ ވެރިކަމެއްތޯޯޯޯޯޯ

 14. ޢިޔާބު

  ގުއަންޓަނާމޭ ޖަލުތަކާ އެއްހާލަތަށް ދިވެހި ޖަލުތައް މި ދިޔައީ.

 15. ރަން ރީނދޫ

  ގައިދީންގެ އައުރަ ނުބެލިޔަސް ވެރިކަން ކުރެވިދާނެ ތޯއްޗެއް. ކިނބުލަށް. ނެޓްގަ އެ އޮތީ ބަލަން ބޭނުން ވަރަކަށް. ހިންނަވަރު ކުޑަ މޯދީ އަށް ސަލާން. އެމްޑީއެން ޙަމީދު އާއި އުރަމަތި އިމްރާނަށް ވަރަށް ވެދުން.