ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަޝްރޫއުގެ ތެރެއިން ސްޓެލްކޯ މުވައްޒަފުންނަށް ހާއްސަކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތަކުގެ ލިފްޓުގެ ސްޕީޑް، ހިޔާ ފްލެޓްތަކަށްވުރެ ބޮޑު ތަނުން ރަނގަޅުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވެއްޖެެއެވެ.

ސްޓެލްކޯ މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގާ ބޯހިޔާވަހިކަމުގު މަޝްރޫއުއާ ގުޅޭ ގޮތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން މުގުނީ ވިދާޅުވީ އެ ފްލެޓްތައް ނިންމަން ކުރިން ދީފައި އޮތް ތާރީހަށްވުރެ މުއްދަތު ފަހަނައަޅާފައިވާ ގޮސްފައިވާ ކަމަށެވެ. އެ ކުންފުނިން 15 ބުރީގެ ދެ ޓަވަރެއް އެޅިއެވެ. އެއީ ޖުމްލަ 384 އެޕާޓްމަންޓެވެ.

މަޝްރޫއު ނުނިމޭ ސަބަބެއް ކަމަށް ވިދާޅުވީ ކޮވިޑް-19އާ ހެދި ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބައެއް ސާމާނުތައް ގެނައުމުގައި "ޝިޕިން ޑިލޭތައް" ދިމާވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް 93 އިންސައްތަ ނިމިފައިވާކަން އޭނާ ހާމަކުރެއްވިއެވެ. ފްލެޓް ލިބުނު މީހުންނަށް އެތަނުގައި ދިރިއުޅެވެން ފެށޭނެ ސީދާ ތާރީހެއް ވިދާޅެއް ނުވެއެވެ.

"ކޮންކްރީޓްގެ ހުރިހާ މަސައްކަތެއް ނިމިއްޖެ" މުގުނީ ވިދާޅުވިއެވެ.

މުގުނީ ވިދާޅުވީ ގޮތުގައި ފްލެޓްތަކުގެ ޑިޒައިނަށްވެސް ގެނެވެން ހުރި ބަދަލުތައް ގެނައުމުގެ މަސައްކަތްކޮށް މިހާރު ބައެއް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

"އެތެރޭގެ ޑިޒައިންއަށް ބަދަލު ގެނައިން. ދޮރުތައް ބަދަލުކުރިން. އަދި އެތެރޭގެ ވަސްހުރި ކަންކަމާއި ގުޅުންހުރި ކަންކަން އަގު ބޮޑު ނުވާނެ ގޮތަށް ބަދަލު ގެނައިން" މުގުނީ ވިދާޅުވިއެވެ.

"ލިފްޓުވެސް ރަނގަޅުވާނެ. ހިޔާގެ ލިފްޓްތަކާއި ބަލާއިރު ސްޕީޑްވެސް ރަނގަޅުވާނެ"

ހިޔާގެ ކޮންމެ ޓަވަރެއްގައި ހުންނަނީ ތިން ލިފްޓެވެ. މި ވަގުތު މީހުންނަށް ހާއްސަކޮށްފައިވަނީ އެންމެ ލިފްޓެކެވެ.

މުގުނީ ވިދާޅުވީ ބަދަލުތަކެއް ގެނައި ފްލެޓްތަކުގެ ސައިޒު ކުޑަވުމާއި އެއް ކޮޓަރީގެ އެޕާޓްމެންޓަކީ ދާއިމީކޮށް ދިރިއުޅެވޭނެ އެޕާޓްމެންޓްތަކަށް ނުވާތީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައެއް ބަދަލުތައް ނުގެނައީ އަގުތަކަށާއި ޖާގައަށް ބެލުމަށް ފަހު ކަމަށެވެ.

ސްްޓެލްކޯގެ ފްލެޓްތަކުގެ މައްސަލައެއް އެސްއޯއީ ކޮމިޓީން މީގެ ކުރިން ބެލިއެވެ. ބައެއް މުވައްޒަފުންނަށް ފްލެޓް ދިނުމުގައި ގޯސްތަކެއް ހުރި ކަމަށް ވާތީވެ ކޮމިޓީން އެދުނީ ފްލެޓް ދިނުމުގެ އުސޫލު މުރާޖައަ ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ށަލޮ

  ބުލީ

  15
  1
  • ދީޑީ

   ފްލެޓްތަކުގެ ލިފްޓުގެ ސްޕީޑް، އޭ.... މި އުޅެނީ މުބާރާތެއްގަ ތޯ؟

 2. ހަވާސާ އިބޫ

  ހިޔާ ފުލެޓާއި އަޅާކިޔަން ނުޖެހޭދޯ؟ ހިޔާ ފުލެޓަށްވުރެން ސްޓެލްކޯ ފުލެޓުތައް ހެދުމުގައި ކުރި ވައްކަންވެސްބޮޑުދޯ؟

  21
  3
 3. ކިސަޑު

  ފްލެޓްތަ ބުލީކުރަނީ

  17
  1
 4. ރ

  ހިޔާ ލިފްޓް ތަކަކީ ހަގީގަތުގައި ސްޕީޑް އަވަސް ލިފްޓް ތަކެއް ރޮކެޓް ސްޕީޑް ގައި ދެވުނަސް އިންސާނުންނަށް އޮންނާނީ ލަސްވެފައި މަނިކުފާނު ސްޓެލްކޯގައި މަނިކުފާނުގެ ރޫމްގައި ހެދި ފާޚާނާގެ އަގު ހާމަ ކޮްށްލަން ކެރޭނެތޯ ތަށީގެ އަގުވެސް ރާއްޖެގައި މިވަގުތު ހުރި ފާޚާނާ ކުރާ އެންމެ އަގުބޮޑު ތަށި ނޫންތޯ އަގަކީ 70 ހާސް ދިވެހި ރުފިޔާ

 5. ރ

  ފާޚާނާ ތަށީގެ އަގު ބުނެލަން ނުކެރުނުދޯ މަޖްލީހުން މިކަން ވެސް ޖަެހޭ ބަލަން
  އެންމެ އަގުބޮޑު ފާޚާނާ ތައްޓެއް މިގައުމުގައިހުރީ ސްޓެލްކޯގައި އަގަކީ 70 ހާސް ދިވެހި ރުފިޔާ

 6. ޒެޑޭ

  މުގުނީ ފޮނި ނުކަނޑާ ކައެ ތިތަނަށް އައި އިރުވެސ ނިންމާފަ ހުރި ފްލެޓް ތަކެއް ތީ.. ނެއް ކުރެޑިޓް ނެގޭކަށް

 7. ހުސޭނުބޭ

  ކިހިނެއްތަ ސްޕީޑް ރަގަޅީ؟ ވައްކަންކުރުމުންތަ؟ ސަޕީޑް ރަގަޅުނަމަ މިހާރު ތި ތަނުގައި މީހުން އުޅޭނެ

 8. އަހްމަދު

  މުޣުނީ އެނގޭތަ ބުރިޖްހަލީފާގެ ލިފުޓުތައް ހާދަސްޕީޑުބާރޭ ކީއްވެތަ އެއާ އަޅާކިޔާނުލީ

 9. ނާރު

  އަޅުވާކިޔާ ސަރުކާރު ދެވޭނެ ދުވަހެއް ހަމަ ނޭގުނު ޝެޑިއުލް ކޮބާ

 10. ނާތަހުޒީބު...

  ޖެޓް ސްޕީޑް ތަ؟ މީނަމީ ހަމަ މީހެއްތަށް. ދެއްކޭ ނުދެއްކޭ ވާހަކަ އެނގޭބާ؟

 11. ކިނބޫ

  ސްޓެލްކޯ ބިލުތަކަށް އަރުވާލާ ވަރު، ހިޔާ ފްލެޓް ކުއްޔަށްވެސް އަރުވާނުލާ ކުޑަ ކޮށްލިނަމަ ރަނގަޅުތާ!

 12. މއކ

  ހުސް މަމޮޅު.