ކްރިމިނަލް ކޯޓުގައި ޖާމިނުކޮށްދިނުމާއި ކަފާލާތަށް ގާނޫނުގައި ބަޔާން ކޮށްފައިވާ އުސޫލު ސާފު ނުވެ އުޅުއްވަނީ އެންމެ ގާޒީއަކަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް މިހެން ވިދާޅުވެ ޓްވީޓެއް ކުރެއްވީ، ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ ކޮއްކޮއާއި ދައްތައެއް ޖާމިނުވާ ގޮތަށް ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމަވާފައިވަނިކޮށެވެ.
މީގެ ކުރިން، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދެއްވީ ވެސް ގާޒީ ހަސަން ސައީދެވެ.
ޝަމީމް ވިދާޅުވީ ކަފާލާތުގައި ޖާމިނު ކުރާނެ ވަކި ގޮތެއް ގާނޫނުގައި ބަޔާން ކޮށްފައި ވަނިކޮށް، އެ ނޫން ގޮތަކަށް މައްސަލަ ނިންމުމުން ޖެހޭނީ ހައި ކޯޓަށް ދާން ކަަމަށެވެ. އެންމެ ގާޒީއެއްގެ ސަބަބުން ގިނަ ވަގުތުތަކެއް ގެއްލޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދަށު ކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނު ކުރެވޭ ގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭ ކަމަކަށް ވެއްޖެއެވެ." ޝަމީމްގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.
https://twitter.com/HuShameem/status/1451043428217724930?s=20
އަލީ ވަހީދުގެ މައްސަލަ ވެސް މަތީ މަރުހަލާގެ ކޯޓުތަކުގައި އިސްތިއުނާފް ކުރިއެވެ. އެކަމަކު އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އެ މައްސަލަތައް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
ފަހުން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ދައުވާތަކުގެ މައްސަލަ ކުރިއަށް ގެންދަން ނިންމީ އަލީ ވަހީދު އޮންލައިންކޮށް ބައިވެރިވާ ގޮތަށެވެ. އަޑުބަރޭގެ ޖާމިނު އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އޭނާއަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ރާއްޖޭގެ އިހްތިސާސް ނެތް ތަނެއްގައި ތުހުމަތު ކުރެވޭ މީހާ އޮންލައިންކޮށް ބައިވެރިވެގެން ޝަރީއަތް ގެންދާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ ސުޕްރީމް ކޯޓާ ހަމައަށް ދިއުމުން، އެ ކޯޓުން ވަނީ އަލީ ވަހީދު ހާޒިރުވާން ވެސް ހުކުމްކޮށްފައެވެ. ހާޒިރުނުވުމުން 12 ދުވަހަށް ޖަލަށް ލާން ވެސް ހުކުމް ކުރިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުން ފަދަ ސީރިއަސް ތުހުމަތުތަކެއް އަމާޒުވެފައިވަނިކޮށް އަލީ ވަހީދު ފުރައިގެން ދިއުމުގެ ފުރުސަތު ދިނުމުން، ޕީޖީއާއި ކްރިމިނަލް ކޯޓާއި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެގެން ދިޔައެވެ.
ނިކަމެތި ރައިޔަތަކު ތިހެންބުނިނަމަ ކޯޓްގެ ހުރުމަކެޑުނި މިވެރިން ބުނީމަ އޯކޯ މީ ކޮންކަހަލަ ގާނޫނެބާ
ކުރިން ކުރި ކަންމުގެ ފޫ ބައްދަންވެސް ޖެހޭތާ. އެހެންނޫނީ ހާއްސަ ގޮތަކަށް ޢަމަލުކުރީކަމަށް ބުނާނެ ޖާގަ އޮންނާނެ.
މީނައަކީ ޑީލަރެއް. ހުރިހާ ކުއްވެރިން ގާނޫނާ ޚިލާފަށް ކޯޓުން ދޫކުރާ ބޮޑު މީހާ!
ޝަމްބެއް ޕީޖީކަމަށް ކުފޫ ހަމަނުވާކަން މިކަހަލަ ކޮމެންޓްތަކުން މި އެނގެނީ. ކަންކަމަށް ފާޑުކިޔަން ރަގަޅު.
ކަފާލާތަކީ ކޮންއެއްޗެއްކަން ކަފާލާތުން ދޫކުރުމަކީ ކޮބައިކަން ނޭންގެނީ އުންސުރައް ބަލައެގެންޖެހޭނެދޯ ކިތައްމީހުން މިސަރުކާރުގަ ކަފާލާތުދިނީ ވަކިބަޔަކައްވީމަ ކަފާލާތުވެސް ދެވޭ ފަންސުރު ހަމަނުވިޔަސް
ހިތުން ފޮތް ދިރުވާލައިގެން ހުރި ރޯނު އެނދުރާ، ކަލޭ ހީކުރަނީ ކަލެއަށްވުރެ އެނގޭ މީހަކު ނުހުންނާނެ ކަމަށްތަ؟ ކަލެއަށްވުރެ މުނާފީޤް މީހަކު ނުހުންނާނެ. ކޮރަޕްޝަނުގެ ތުހުމަތު އެޅުވިފައިވުމުންވެސް މަޤާމުގައި ހުންނަނީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީމަ. ޢިންޝާﷲ ޤާނޫނު އަރާ ހަމަކުރާނެ ދުވަހެއް އަންނާނެ.
މިހާރު ހުސައިން ޝަމީމް ކިޔާ މީހަކާއި ޕޮރޮސިކިއުޓާ ޖެނެރަލް ކިޔާ މީހަކު މިއުޅެނީ މި ދެމީހުން ކުރެ ކާއްކައްތޯ ނޭގިގެން މިއުޅެނީ ކަފާލާތާއި ޖާމިން ވުން !
ދެން ތިކަންވެސް ވާނުވާ ބަލަންވެއްޖެދޯ ޖުހާ ޗަރުކޭހަކަށް މައްސަލަތައް ހަދައިގެން އުޅެގެން އިންސާފު ފެއިލްވެއްޖެ.
ފެމިލީ ކޯޓުގައި ހުރިއިރު ވަރިވާންދާ މީހުން އަތުންވެސް ރިޝްވަތުކޭ މީހެއް.
ސަމީމު ފަންސުރު ފެނިއްޖެތޯ ސުވާލު އުފެދޭ