އިލެކްޓްރޯނިކް ވޯޓިން ސިސްޓަމެއްގައި އިންތިޚާބުތައް ބާއްވާ ނަމަ އޭގެ ވޯޓު އޮޅުވާލުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮންނާނެ ކަމަށް ގިނަ ދިވެހި ރައްޔިތުން ދެކޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ފުއާދު ވިދާޅުވީ އީސީގައި މިހާރު ތިއްބެވި މެންބަރުންގެ ވިސްނުމަކީ މިހާރު ވެސް ވޯޓު ލެވޭ "މެނުއަލް" ގޮތުގައި ވޯޓު ލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން އިލެކްޓޯރަލް ވޯޓިންއަށް ބަދަލު ކުރުމުގެ މަޝްވަރާތައް ކުރެވިފައިވެއެވެ. އެހެންވިޔަސް އެ ކަމަށް ބައެއް ސިޔާސީ ޕާޓީތަކުން އޭރު ވެސް ދެކޮޅު ހަދަން ފެށުމުން އެ ޚިޔާލު ދޫކޮށް މިހާރު ވެސް ގެންދާ ގޮތަށް އިންތިޚާބުތައް ބޭއްވީއެވެ.

ފުއާދު ވިދާޅުވީ އާންމު ގޮތެއްގައި އީވޯޓިން ލުމާ ދެކޮޅު ހަދަނީ އޭރެއްގައި އިދިކޮޅުގައި އޮންނަ ސިޔާސީ ޕާޓީ ނުވަތަ ޕާޓީތަކެވެ. ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ދެކޮޅު ހެދުން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިދިކޮޅަށް އެހާ ބޮޑު ޔަގީން ކަމެއް ނޯވޭ، އިލެކްޝަންސް އިން އެ ޕްރޮގްރާމްތައް ހަދާއިރު، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިޚްލާސްތެރިކަމާއެކު ކޮށްފާނެ ކަމަށް ނުދެކޭ، އެއީ ހަގީގަތަކީ،" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އޭނާ ވެސް ގަބޫލު ކުރައްވާ ގޮތުގައި، ކެންޑިޑޭޓުންގެ މަންދޫބުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ މޮނިޓަރުންނާއި، މީޑިއާތަކުގެ ކުރިމަތީގައި ވޯޓު ކަރުދާސްތައް ދައްކައިގެން ގުނަމުން ދިއުމުގެ އުސޫލަކީ މާ ބޮޑު ޔަގީން އުސޫލެއް ކަމަށެވެ.

"މި ޔަގީންކަމެއް އީވޯޓިންގައެއް ނޯންނާނެ، ބަގެއް ގެނެސްގެން، ފޯމިއުލާއަށް އޮޅުވާލުމެއް ގެެނެސްގެން ވޯޓު އޮޅުވާލަދާނެ ކަމުގެ ބިރު އޮންނާނެ،" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އީސީގެ މައިގަނޑު މަސައްކަތްތައް ވެސް އޮންނަނީ އިންތިޚާބުތަކަށެވެ. ރާއްޖޭގައި ނިޒާމު ތަރުތީބު ވެފައި އޮތް ގޮތުން އިންތިޚާބު ނޯންނަ ދުވަސްވަރެއް ނާދެއެވެ. ތިން އިންތިޚާބު ވެސް އެކި އަހަރު ބާއްވާއިރު، މަޖިލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބުގެ ބައި އިލެކްޝަންސް ދޭތެރެއަކުން ބާއްވަން ޖެހެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަވާސާ ހަމީދު

    އިލެކްޓްރޯނިކް ވޯޓިން ސިސްޓަމާއި އިދިކޮޅުގައި ތިބޭމީހުން ނުރުހެނީ ފުއާދު މެންނަކީވެސް އިޚުލާސްތެރިކަމެއްނެތީމާ، އަދި އެމްޑީޕީ އަށް ތާއިޑު ކުރާ 99% މީހުންނަކީ އިސްލާމްދީނަށް ނަފުރަތުކުރާ މީހުންނަށްވާތީ، ފުއާދަކީވެސް މީގެމީހެއްބާ؟

    17
    • ސަމްކުޅިބޭ

      ފުއާދުގެ ގޮތެއްނޭގެ. ފުއާދު އަންހެނުންނަކީ އެމްޑިޕީގެ މުއްލާއެއް.

  2. އިސްޢާފް ސަލީމް

    އީވޯޓިންނަށް މިސަރުކާރުން ދާންއުޅެނީ އޭގެ ލަގަން އިންޑިޔާއަތަށް ދީގެންނެވެ. 2018 ގެ ވޯޓުންވެސް ވަނީ އިންޑިޔާ މެދުވެރިވެ ޝަރީފްގެ ބާރާއެކު ވައްކަންކޮށްފައެވެ. ޔާމީނަށް ލިބުނު ވޯޓުގެ 10% ވޯޓު ވަނީ ބާޠިލްވޯޓުގެގޮތުގައި ގުނާފައެވެ. އަލުން ވޯޓުތައް ގުނޭގޮތަށް ސްޕްރީމްކޯޓުން އަމުރު ނެރުމާއެކު ޝަރީފް ވަނީ ވޯޓުތައް އަންދާލާ ނައްތާލާފައެވެ. ޔާމީންގެ 50000 ވޯޓުވަނީ ބާތިލްގެގޮތުގައި ފޭރިގެންފައެވެ.

  3. ހޯހޯ

    ރާއްޖޭގަ އީވޯޓިންގް ގަބޫލުކުރުމާ ނުކުރުން ސީދާ ގުޅިފައޮތީ ފުއާދުގެ އިހުލާސްތެރިކަމާ.

    އެމެރިކާގެ ސިޔާސީ މަސްރަހު ކޮޕީ ކޮށްފަ މިތަނުގަ ޕޭސްޓުކުރަން ނުހަދާ. އެގައުމުގެ ލިބަރަލް ޑިމޮކްރެޓްސް އަދި ކޮންސަވޭޓިވް ރިޕަބްލިކަންސް އެއް ނޫން މިތާ އުޅެނީ.

    އެމީހުން އެއްޗެކޭ ކިޔާއިރަށް އެއީ ދުނިޔޭގަ އަދި ރާއްޖޭގަވެސް "އަބަދު" ކަން ހިނގާގޮތޭ ކިޔާފަ ތައްގަނޑަކަށް ފައްތަން ނޫޅޭ.