ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ ލާމަރުކަޒީ އުސޫލަށް ތާއީދު ކުރުމުގެ ގޮތުން 8 ހައި އިމްޕެކްޓް ގްރާންޓް ޕްރޮޗެކްޓެއް ފެށުމަށް އެމްއޯޔޫގައި އިންޑިއާއެކު ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވީޑިއޯ ކޯލް މެދުވެރިކުރައްވާ ޔޫއެންއޭޖީއޭގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެ ވަޑައިގަތެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިިސްޓަރ އަހުމަދު ހަލީލެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ސަފީރު ސަންޖޭ ސުދީރެވެ.
މި އަހަރުގެ ޖުލައި މަހު އިންޑިއާއިން ދިން އިތުރު 340 މިލިޔަން އިންޑިއާ ރުޕީޒް(70 މިލިޔަން ރުފިޔާ) ގެ ގްރާންޓްގެ ދަށުން، މި މަޝްރޫތައް ހިންގާނީ ރަށު ކައުންސިލްތަކުންނެވެ.
ޖުމްލަ 176 އިންޑިއާ ރުޕީޒްގެ (36.5 މިލިޔަން ރުފިޔާގެ) މަޝްރޫތައް ހ އަތޮޅެއްގައި ކުރިއަށް ދާނެއެވެ. އެއީ ތ،ލ،ހއ،ނ،ކ،އދ އަދި ގދ އަތޮޅުގައެވެ.
އެ މަޝްރޫއުތަކަކީ
- ތ.ތިމަރަފުށީ އަދި ތ.ވޭމަންޑޫ ގެ މަގުތަކުގައި ބޮކި ހަރުކުރުން
- ލ.މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމްކުރުން
- އދ.ދަނގެތިގައި ކަލްޗަރަލް ސެންޓާއެއް އެޅުން
- ނ.މިލަންދޫ ކައުންސިލް ބިލްޑިންގް އެޅުން
- ގދ.ތިނަދޫ އަބޫބަކުރު ސްކޫލް،ލ.ގަން އިހައްދޫ ސްކޫލް
- ހއ.ދިއްދޫ އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެން ކްލާސްރޫމްތައް ހަރުދަނާކޮށް އިތުރަށް ތަރައްގީ ކުރުން
- އެމްއެންޑީއެފް އަށް ސީއެމްބިއުލަންސް ހޯދާދިނުން
- މާލޭގެ އޮލިމްޕަސް ތިއޭޓާ ތަރައްގީ ކުރުން
2019 މާރިޗު މަހުގެ ތެރޭގައި ހަމަޖެހުނު 85 މިލިޔަން ރުފިޔާގެ ގްރާންޓްގެ ދަށުން ކައުންސިލްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 12 ހައި އިމްޕެކްޓް ޕްރޮޗެކްޓް މިހާރުވެސް ދަނީ ހިނގަމުންނެވެ.
އޭގެ އިތުރުން އިންޑިއާއިން ދިން 106 މިލިޔަން ރުފިޔާގެ ފައިސާގެ އެހީގެ ދަށުން 18 ތަރައްގީގެ މަޝްރޫއުތައް މިހާރުވެސް ކުރިއަށް އެބަދެއެވެ. އެ 30 މަޝްރުއުގެ ތެރެއިން 14 މަޝްރޫއު މިހާރު ވާނީ ނިމިފައެވެ.
މި ހައި އިމްޕެކްޓް ގްރާންޓް ޕްރޮޗެކްޓް ތަކަކީރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް ދިވެހި ސަރުކާރުން ހޮއްވަވާ މަޝްރޫޢު ތަކެކެވެ. މަޝްރޫތައް ހިންގާނީ ރަށު އަދި ސިޓީ ކައުންސިލްތަކުންނެވެ.
މަޝްރޫއުތަކަކީ ދިރިއުޅުމާއި، ވަޒީފާގެ ފުރުސަތު އަދި ސިއްހީ ދާއިރާތައުލީމީ ،ޖެންޑާ އެންޑް ޗައިލްޑް އެމްޕަވަމެންޓް، ކުޅިވަރު އަދި ދެމެހެއްޓެނިވި ތަރައްގީގެ ތެރޭގައި ހިމެނޭ މަޝްރޫއު ތަކެކެވެ.
އިންޑިއާ އާއި ރާއްޖޭގެ ވަރުގަދަ ގުޅުމުގެ މުހިންމު އެއް ބަޔަކީ ހައި އިމްޕެކްޓް ގްރާންޓް ޕްރޮޗެކްޓްސްއެވެ. މުޖުތަމައު އަށް ބޭނުން ހުރި މި މަޝްރޫއު ތަކުގެ ސަބަބުން ރަށު ކައުންސިލްގެ ބާރުވެރިކުރެވި، ރަށުގެ ތަރައްގީ އަށް ކުރެވޭ މަސައްކަތްތަކުގައި ކައުންސިލްތަކުގެ ހިއްސާ ބޮޑުވެއެވެ.
އަދި އިތުރު މަޝްރޫތައް ހިނގުމަށް ކައުންސިލްގެ ވަސީލަތްތައް އިތުރުވެގެންދެއެވެ. ހައި އިމްޕެކްޓް ގްރާންޓް ޕްރޮޗެކްޓްތަކުގެ ތެރެއިން ރައީސް ސޯލިހްގެ ލާމަރުކަޒީ އުސޫލުތައް ފުޅާކުރުމަށް އެހީތެރިވެ ބައިވެރިވެވުމަކީ ލިބޭ ފަހުރެއް ކަމަށް އިންޑިއާއިން ދެކެއެވެ.
މިއަދު ކީއްވެތޯ ރާއްޖެ މިހާލަތަށްދާންވީ ، މީގެކުރިންވެސް ޤައުމު ހިންގީ ސަލާންޖަހާގެނެއްނޫން ، މިހާރު މިފެންނަނީ އޅުވެތިކަން ، އެފްރިކާގެ ފަޤީރު ޤައުމުތަކުންވެސް އޮތީ މިކަން ، ކާންބޯން ބޭނުމިއްޔާ އެމީހުން ބުނާކަންކަން ކުރަން މަޖުބޫރުވާ ހާލަތަށް ޤައުމު މިދަނީ
36 މިލިއަން ރުފިޔާއިން ތި ހުރިހާ ކަމެށް ކުރެވޭނެހެން ހާދަ ހީނުވެޔޭ. މާލޭގަ 1500 އަކަފޫޓުގެ ބިމެއްގަ 10 ބުރިޔަށް އިމާރާތެއް އަޅާ ނިންމަންވެސް 20 ނޫނީ 25 މިލިއަން މިހާރު ހަރަދުވޭ. މަގުތަކުގައި ބޮކި ހަރުކުރުމާ އައިސް ޕްލާންޓެއް ގާއިމްކުރުމާ ކަލްޗަރަލް ސެންޓާއެއް އެޅުމާ ކައުންސިލަކަށް ބިލްޑިންގްއެއް އެޅުމާ 3 ސްކޫލެއްގެ ސެން ކްލާސްރޫމްތައް ހަރުދަނާކުރުމާ ސީއެމްބިއުލަންސް ހޯދާދިނުމާ އޮލިމްޕަސް ތިއޭޓާ ތަރައްގީ ކުރުން ކިހިނެއް އެންމެ 36 މިލިއަނުން މި ޒަމާނުގަ ކުރާނީ؟
ގައުމަށް ލިބޭހާ ފައިސާ އެއް ކޮންތާކަށް އަޅަނީ! އަމީރު އެކައުންޓަށް؟
މިގައުމަށް މިވަރުގެ ކަމެއްވެސް ކޮށްނުދެވޭ ބޭކާރު ސަރުކާރެއް ރައްޔިތުން ބަލައިގަނެގެން މިތިބެނީ ކީއްވެފަތަ. 2 މިލިއަން ރުފިޔާއަކީ އެއްދުވަހުން އެއަރޕޯޓުން އެކަނި ލިބޭ ފައިދާ. ޖީއެސްޓީއާއި ބެޑް ޓެކްސްއާއި ބީޕީޓީއާ ޓީޖީއެސްޓީއާއި ދައުލަތުގެ ބިންތަކާ ފަޅުރައްތަކަ ރިސޯޓުތަކުގެ ކުއްޔަށް ލިބޭ ހުރިހާ ފައިސާ އިންޑިޔާއަށްދީފަ ބުނަނީތަ ކަލޭމެން ދޭ އެއްޗެއްގެ ގޮތުގަ ހުރިހާއެއްޗެއްހަދާށޭ. އޭރަށް ރައްޔިތުން އިންޑިޔާގެ އަޅުވެތިކަމަށް ރުހޭނޭ.
އެހެންހީވާނަމަ އަމީރު ތިހުރީ ހޭބަލިވެފަ. ތިކުރާކަންތަކުން މިސަރުކާރާ އިންޑިޔާއަށް ކުރާ ނަފްރަތު އިތުރުވަނީ!
އިންޑިޔާއިން ޓިނުވިއްކަންވީދޯ. މިސަރުކާރަށް ރަށެއްގަ ބޮތްކެއްޖަހާލެވޭވަރުވެސް ނުވޭ! ސަރުކާރުވައްޓާލަންވެއްޖެ. ދައުލަތަށް ދުވާލެއްގެ މައްޗަށް 40 މިއަން ރުފިޔާ ނިސްބަތުންވަދޭ 36 މިލިއަން ދަރަންޏަށް މިނަގަނީ ހަމަ ދިވެހިން އަޅުވެތިކުރަން މިނުބައި ސަރުކާރުން ހިންގާ ބޮޑު ޖަރީމާގެ ދަށުން.
36.5 މިލިއަން ރުފީސް ތޯ؟؟
މިގައުމުގަ މިއޮތީ ބޭކާރު ސަރުކާރެއް. ދައުލަތަށް ލިބޭ ހުތިހާ ފައިސާއެއް ކައިފަ، ފީއިލޮށިކޮޅެއް ގަންނަންވެސް ދުޝްމަނުންގެ އަތުން ލޯނުގެ ނަމުގައި ކްރއޑިޓަށް މުދާ މިނަގަނީ. 2023 ގެ ފަހުން ދައްކަން ޖެހޭގޮތަށް ދައުލަތުގެ ހުރިހާ ހަރަދަކަށް ދަރަނި މިނަގަނީ. މި ބޭކާރު ސަރުކާރު ބޭރުކުރަންވެއްޖެ.
މަސްނިމެންވާއިރަށް މުސާރަދެވެންނެތިގެން ކޮންމެވެސްއެއްޗެށްކިޔާފަ ލާރިކޮޅެއްހޯދީދޯ
ދަރަނި ދަރަނި ދަރަނި
ބަދަލުގަ ކިތައް އިންޑިޔާސިފައިން ރާއްޖެގެންނަން ޖެހޭތަ؟