އައްޑޫގައި ފުލުހުން ކުޑަ ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ކުޑަ ކުއްޖަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުކޮށް މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އެކަން ހިނގާފައިވާ ގޮތާއި ގުޅޭ މައުލޫމާތު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ސާފް ކުރަމުންދާ ކަމަށެވެ.

އަދި މި މައްސަލައިގައި ފުލުހުން އަމަލު ކުރަން ޖެހޭ އުސޫލުތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭނަަމަ، ފުރިހަމަ ތަހުގީގެއް ހިންގައި އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެނިގެން ދަނީ އެ ކުއްޖާ އޭނާއަށް ކުރި ފުލުހުން ކުރި އަނިޔާގެ ވާހަކަތައް ހިއްސާކޮށްފައެވެ. އެގޮތުން އެ ކުއްޖާ ބުނަނީ އޭނާގެ އަތުގައި ބިޑި އަޅުވާފައި ފުލުހުން އޭނާއާ މެދު ކަންތައް ކުރި ގޮތުގެ ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާއަލީ

    ޢެއްވެސް ކަމެއް ނުވާނެ. މިހާރުވެސް ތިކަން ހިންގަން ހުރި ވެރި މީހާ އަކީ މުހައްމަދު އަލި ދީދީ ކިޔާ މީހާ އަށް ބްލެކްމެއިލް ކުރުމުގެ ތުހުމަތު ކުރެވި މައްސަލަ ހުށަ ހެޅިފަވަނީ.

  2. ތޭރިއެމްވީ

    ހަހަހަ. ފުލުހުންނަކީ ވަރަށް މަތީގައި އުޅޭ ބައެއް. ތިމާމެން ނޫން ދެން އެހެން ބަޔަކު އުޅެން ނުޖެހޭ ކަމަށް ދެކިގެން އުޅޭ ބައެއް. މިހެން ބުންޏަސް ފުލުހުންގެ ތެރޭގައި ވަރަށް ރަނގަޅު މީހުންވެސް އެބަތިބިކަން ފާހަގަވޭ.

  3. މަ

    ތިކަމެއް ބަލާފަ ބުނާނެއެއްޗެއް މިހާރުވެސް އެބައެނގޭ ކޮންމެހެން އިތުރަކަށް ބައްލަވާނެ ކަމެއްވެސްނެއް އަދި ލަހެއް ފަހެއްވެސް ކުރާނެކަމެއްްނެއް އެކަން ފުލުހުން ޢަމަލްކުރަންޖެހޭ އުސޫލާއި، ޤަވާޢިދާ ޚިލާފުވެފައި ނެތްކަމަށް ވިދާޅުވެފަ ޢައްމުކޮށް އިޢުލާނުކޮށްލާ
    މިގޮތައް ނޫންތޯ ކަންތައްތައް ކޮށް ނިންމާފަ އޮތީ؟