ކަނޑުމަތިން ބަލި މީހުން އުފުލަން ބޭނުންކުރާ ސީއެމްބިއުލާންސް ހޯދަން އިންޑިއާއިން ފަންޑު ހަމަޖައްސައިފިއެވެ.

ސީ އެމްބިއުލާންސްތައް ހުރީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށާއި، އެތަކެތި މަރާމަތުކުރަން ވެސް ވަރަށް ބަޖެޓެއް ނެތްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވެފައެވެ.

މާރިޔާ ވިދާޅުވެފައިވާ ގޮތުން 2015 ވަނަ އަހަރު އެމްއެންޑީއެފްއާ ހަވާލުކުރި، ސީއެމްބިއުލާންސްގެ އުޅަނދުތަކަކީ ގިނަ ދުވަސްތަކެއް ހާލަތު ދަށްވެފައިވާ އުޅަނދުތަކެކެވެ.

މިހާރުވެސް "ގްރައުންޑް" ކޮށްފައިވާ އުޅަނދުތަކުގެ އަދަދު އިތުރުވެފައިވާ ކަމަށާއި ބަޖެޓުގެ ދަތިކަމާއި ހެދި މުސްތަގުބަލުގައި އުޅަނދުތައް ދޫކޮށްލެވެން ނެތް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އިންޑިއާއިން މިއަދު ރާއްޖެއަށް މިއަދު ދޭން ނިންމި 36.5 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން އެމްއެންޑީއެފަށް އެމްއެންޑީއެފް އަށް ސީއެމްބިއުލަންސް ހޯދާނެ ފައިސާވެސް ވަނީ ހަމަޖައްސާފައެވެ.

ސީއެމްބިއުލާންސް ހޯދަން އިންޑިއާއިން ފަންޑު ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ދަނީ - ވަގުތު އިމޭޖްސް: އަަޝްހާދު އަބްދުﷲ

އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިވެސްކޮށްފައި ވެއެވެ. މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިިސްޓަރ އަހުމަދު ހަލީލެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ސަފީރު ސަންޖޭ ސުދީރެވެ.

އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށް އިންޑިއާއެކު ވަނީ މީގެ ކުރިން އެއްބަސްވުމެއް ހަދާފައެވެ. އެ އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި ތަރައްގީކުރާން ނިންމާފައުވަނީ ނޭވަލް ބަނދަރެކެވެ.

މުއާސަލާތީ ވަސީލަތްތަކާއި ރާޑަރުގެ ހިދުމަތްތައް ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިންޑިއާގެ ފަންނީ މާހިރުން ދިވެހިން ތަމްރީނުކޮށްދޭން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޙހހހ

    މިއަދު ކީއްވެތޯ ރާއްޖެ މިހާލަތަށްދާންވީ ، މީގެކުރިންވެސް ޤައުމު ހިންގީ ސަލާންޖަހާގެނެއްނޫން ، މިހާރު މިފެންނަނީ އޅުވެތިކަން ، އެފްރިކާގެ ފަޤީރު ޤައުމުތަކުންވެސް އޮތީ މިކަން ، ކާންބޯން ބޭނުމިއްޔާ އެމީހުން ބުނާކަންކަން ކުރަން މަޖުބޫރުވާ ހާލަތަށް ޤައުމު މިދަނީ

  2. މަޖީދު

    މަރާމާތު ނުކުރެވެނީކީ ނޫން. ސާމާނާ މީހުން ހެން ހީވަނީ ނުލިބިގެން ތިޔަ އުޅެނީ؟

  3. Anonymous

    ގައުމަށް ލިބޭހާ ފައިސާ އެއް ކޮންތާކަށް އަޅަނީ! އަމީރު އެކައުންޓަށް؟
    މިގައުމަށް މިވަރުގެ ކަމެއްވެސް ކޮށްނުދެވޭ ބޭކާރު ސަރުކާރެއް ރައްޔިތުން ބަލައިގަނެގެން މިތިބެނީ ކީއްވެފަތަ. 2 މިލިއަން ރުފިޔާއަކީ އެއްދުވަހުން އެއަރޕޯޓުން އެކަނި ލިބޭ ފައިދާ. ޖީއެސްޓީއާއި ބެޑް ޓެކްސްއާއި ބީޕީޓީއާ ޓީޖީއެސްޓީއާއި ދައުލަތުގެ ބިންތަކާ ފަޅުރައްތަކަ ރިސޯޓުތަކުގެ ކުއްޔަށް ލިބޭ ހުރިހާ ފައިސާ އިންޑިޔާއަށްދީފަ ބުނަނީތަ ކަލޭމެން ދޭ އެއްޗެއްގެ ގޮތުގަ ހުރިހާއެއްޗެއްހަދާށޭ. އޭރަށް ރައްޔިތުން އިންޑިޔާގެ އަޅުވެތިކަމަށް ރުހޭނޭ.
    އެހެންހީވާނަމަ އަމީރު ތިހުރީ ހޭބަލިވެފަ. ތިކުރާކަންތަކުން މިސަރުކާރާ އިންޑިޔާއަށް ކުރާ ނަފްރަތު އިތުރުވަނީ!

  4. ދީދީ

    36.5މިލިއަން ރުފިޔާގެ ގްރާންޓް އެހީއޭ ކިޔާފަ ދެން އަތުލީ ފަޅެއް ތޯ ބަލާތި .... ނޫނީ ތި ގުރާޓް ހޯދަން ވެސް އައިސް ދާނެ

  5. ޒިން

    މިގައުމުގަ މިއޮތީ ބޭކާރު ސަރުކާރެއް. ދައުލަތަށް ލިބޭ ހުތިހާ ފައިސާއެއް ކައިފަ، ފީއިލޮށިކޮޅެއް ގަންނަންވެސް ދުޝްމަނުންގެ އަތުން ލޯނުގެ ނަމުގައި ކްރއޑިޓަށް މުދާ މިނަގަނީ. 2023 ގެ ފަހުން ދައްކަން ޖެހޭގޮތަށް ދައުލަތުގެ ހުރިހާ ހަރަދަކަށް ދަރަނި މިނަގަނީ. މި ބޭކާރު ސަރުކާރު ބޭރުކުރަންވެއްޖެ.

  6. އަލިބެ

    ތިލޯންޗާއެކު ކިތައްސިފައިން އަންނާނެބާ؟

    11
  7. ގަމަރު

    މީނަގެވެރިކަން ދެމެހެއްޓޭނީ މިތާގަ އިންޑިއާސިފައިން ބައިތިއްބައިގެން ކަމަށް ހީކުރުމަކީ ގޯހެއް ހަމަހިލާ ތިކަމެއް ނުވާނެ ސޯލިހަށް ސަލާމް.

  8. ނައީމު

    ސީ އެމްބިއުލައިންސް ނެތީކީނޫން ތިޔަ ދުއްވާނެ މީހުންނެތީ...ތިޔައުޅެނީ އއްޗެކޭ ކިޔައިގެން އަނެއްކާ އިންޑިއާއައް ލާރިގަނޑެއްދީ ބައިއަޅަން..

  9. ފަސީހު

    ލާންޗު ބަލަހައްޓަން ކޮންމެ ލާންޗަކައް އިންޑިޔާގެ ސިފައިންގެ މެކޭނިކުން 75 އަހަރައް ރާއްޖޭގައި ތިބެވޭގޮތައް ތަ އަނެއްކާ.

  10. ހަދީޖާ

    ޑާބަރު އާމްލާ ބުރޭންޑުގެ ލާންޗުތަ ދެނީ.. އަޝޯކްލޭލަންޑު
    ޓޫ ސުޓުރޯކު އައުޓުބޯޑު އަޅުވާފަ.

  11. އަބުދުﷲ

    ޔާމީނު މިނިވަން ވާކައްނުޖެހޭ..!!!!!!؟ އެކަމަކު ރާއްޖެ މިނިވަން ކުރުމައްޓަކާ ޕޕއެމް އާއެކު މިސަރުކާރާ އިންޑިޔާއާ އިދިކޮޅައް ނުކުންނަންޖެހޭ.

    1
    1