މާލެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ސޯސަން މަގު، ކެކްޓަސް ގޯޅިގަނޑު ތެރޭގަައި ހުންނަ ގެއެއްގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހ. ދޮންޖޭމުގޭގެ ފަސް ވަނަ ފަންގިފިލާގައެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ގެކޮޅެވެ. އެހެން ނަމަވެސް އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ އެގޭގައެއް ނޫނެވެ.

އަލިފާން ރޯވި ގޭގައި ސިފައިން ހަރަކާތްތެރި ވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އުމުރު ވިދާޅުވީ، އަލިފާން ރޯވީ އޭނާގެ ބޭބެ ދިރިއުޅޭ ބައި، ދޮން ޖޭމުގެ އިރުމަތީ ބައިގައެވެ.

އަދި އެ ގޭގެ ފަސްވަނަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެފައިވެއެވެ.

އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު 13:27 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިޔާދު

    ތީ ހަމަ އަންނި މާލެ އެރީމަ ވާ ކަންކަން. އޭ އައިފަހުން
    - މަގުތައް ބަންދު ކުރަން ފަށައިފި
    - ސާފްއިން ބަލިވެއްޖެ
    - ވައިގަދަ ވެއްޖެ
    - ވިއްސާރަކުރަން ފަށައިފި
    - 3 ތަނެއްގަ އަލިފާން ރޯވެއްޖެ
    އައިފަހުން އަދި މަހެއް ހަމައެއް ނުވޭ