ކ. ގުރައިދޫ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ.

ގުރައިދޫ ޕިކްނިކް އައިލެންޑް މަތިން ނަގާފައިވާ ފޮޓޯއެއް - އެމްޓީސީސީ

އެ ކުންފުނިން މިއަދު ބުނީ، އެ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި، ހިއްކި ސަރަޙައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް މިދިޔަ މަހުގެ 11 ވަނަ ދުވަހު ނިންމާލާފައި ވާ ކަމަށެވެ.

އެ ކުންފުނިން ބުނެފައިވާގޮތުގައި، މި މަޝްރޫއުގެ ދަށުން، 1.7 ހެކްޓަރުގެ ބިންހިއްކުމާއި، 278 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިން ރިވެޓްމެންޓް ޖެހުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތްތައް ކޮށްފައި ވެއެވެ.

ގުރައިދޫ ޕިކްނިކް އައިލެންޑް މަތިން ނަގާފައިވާ ފޮޓޯއެއް - އެމްޓީސީސީ

13.4 މިލިއަން ރުފިޔާގެ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓް ނިންމާލާފައިވާ، މިއީ ލޯކަލް ޓޫރިޒަމް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އެރަށު ވިިޔަފާރިވެރިންނަށް ރަށް ޕްރޮމޯޓް ކުރަން ވަރަށް ރަނގަޅު ދޮރަކަށް ވެގެން ދާނެއެވެ. އަދި ކައިރި ރިސޯޓްތަކަށްވެސް މިއީ ހަމަގައިމުވެސް ހަމަޖެހުމެއް ކަން ޔަގީނެވެ.

މިއި އެރަށު ރައްޔިތުންގެ އެދުމުގެ މަތިން އެރަށް ކައިރީގައި ތަރައްގީ ކުރި ޕިކްނިކް އައިލެންޑެކެވެ. އެހެންކަމުން މިއީ އެރަށު ރައްޔިތުންނަށްވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަހަހަހަހަ

    ތިތަން ދެން ވަރަށް އަވަހަށް ވެރިކޮށްލާނީ ކައިރި ރިސޯޓަކުން. ގުރައިދޫމީހުން ދަހިވެފަ ތިބެން ޖެހޭނީ

  2. ވާނުވާ 1

    މިއޮތީ މިސަރުކާރުން ތިމާވެއްޓަށް އަހަންމިޔަތުކަން ދޭ މިންވަރު ފެންނަން. ގުދުރަތީ ގޮތުން ހެދިައިވާ ރަށެއް ހަމަ ނެތީތޯ؟ ކޮންމެހެންވެސް ފަޅުހިއްކުން މުހިންމުތޯ؟ ދައްކާވާހަކައައީ އަމަލާ ދިމާނުވޭ!

  3. އަދުނާން

    ގުރައިދޫ މީހުން އެކަނިތަ ޕިކުނިކް އައިލަންޑަށް ދާންވީ ހިތް އުފާ ކޮށްލަން އާއިލާއާ އެކު؟ވެރިކަން ހޯދަން ބޭނުންވަނީ ގުރައިދޫ މީހުންގެ ވޯޓް އެކަނިތަ؟ގުރައިދޫ މީހުންނަށް އެކަނި ކަންކަން ކޮށްދީގެން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ލޯބި ލިބޭތަ؟ބަލަގަ އަގަރުމެން މިއުޅެނީ އަހަރުމެން ރަށު ކުރިމަތީއޮތް ކުޑަ ފަޅުރަށެއް ރައްޔިތުން ދަތުރުދާން ހަމަ ނުޖެއްސިގެން.ކިތެއް ދުވަސް އާދޭސްކުރާތާ؟

  4. ޢަދުރޭ

    އެމްޑީޕީ ސަރުކާރުން މިކަންކޮށްފަ ބުނާނީ. ޕީޕީއެމް ސަރުކާރުން މާކުރިން ފަށާފައޮތް ކަމެކޭ މީ / މާލޭ ރައްޔިތުންނަށް ކަމެއް ކޮށްދޭނީ ތިމަންމެންނޭ ! މިވާހަކަ ޤަބޫލުކުރާ ގޮތަށްތޯ ތިތިބީ އެއީ ސުވާލަކީ