އިންޑިއާ ސަރުކާރުގެ އެހީތައް ދެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ލާމަރުކަޒީ ސިޔާސަތު ތަންފީޒު ކުރުމުގެ އެހީއެއް ގޮތުގައި އަތުޅުތެރޭގެ މާލީ ހާލަތު ވަޒަންކޮށްގެން ކަމަށް ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ، މިއަދު އަށް މަޝްރޫއެއް ރާއްޖޭގައި ހިންގުމަށް 36 މިލިއަން ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުމެއް އިންޑިއާ އަދި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވެ.
ޝާހިދު ވިދާޅުވީ މި އަށް މަޝްރޫއުގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށް ތަރައްގީ ކުރަން ރައީސް ސޯލިހް ގެންގުޅުއްވާ ތަސައްވުރު ހާމަވެގެން ދާނެ ކަމަށެވެ. އަތޮޅުތައް ތަރައްގީ ކުރުމުގެ އިތުރުން ގޭބިސީތަކުގެ ނުވަތަ އާއިލާތަކުގެ އާމްދަނީ އިތުރު ކުރުމުގެ ތައްސަވުރު ވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.
"ހާއްސަކޮށް އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމަށް ވަޒީފާތައް އިތުރުކުރުމާއި، އިގްތިސާދީ ހިންގުންތަކަށް ފުރުސަތު ދިނުމާއި، ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ހިތްވަރުދިނުމާއި، މި ހުރިހާ ކަމެއްގެ ޒަރިއްޔާއިން ގޭބިސީތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ އެމަނިކުފާނުގެ ތަސައްވުރު." ޝާހިދު ވިދާލުވިއެވެ.
މި މަޝްރޫއުތަކުގެ ސަބަބުން ރަށު އަދި އަތޮޅު ކައުންސިލްތަކުގެ މަސައްކަތްތަކަށް ވެސް ބޮޑު ލުޔެއް ލިބިދިގެން ދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. މި އަށް މަޝްރޫއުގެ އިތުރުން މަސްވެރިކަމާއި ފަތުރުވެރިކަން އަތޮޅުތަކުގައި ކުރިއަރުވަން 12 މަޝްރޫއެއް ހިނގާ ކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.
"މި ޕްރޮޖެކްޓުތަކަކީ، އަތޮޅުތެރެ ޑީސެންޓްރަލައިޒް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ހެއްކަކަށް ވެގެންދާނެ. ރައީސް ސޯލިހްގެ ހިންގުންތެރި ކަމަށާއި، ރާއްޖެއަށް ފާގަތި މުސްތަގުބަލެއް ހޯދައިދެއްވުމަށް ގެންގުޅުއްވާ ތަސައްވުރަށް އަޅުގަނޑު ޝުކުރު ދަންނަވަން." ޝާހިދު ވިދާޅުވިއެވެ.
މިއަދު އިފްތިހާހް ކުރެވުނު މަޝްރޫއުތަކަކީ މުޖުމަތައެއް އިޖްމާއީ ފެންވަރުގައި ބިނާކޮށް ބާރުވެރި ކުރުމުގެ އަޒުމުގައި ފެށި މަޝްރޫއުތަކެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ، އިޖްތިމާއީ ފެންވަރުގައި މީހުން ބާރުވެރި ކުރުމަކީ ރާއްޖެއާއި އިންޑިއާއިން ގެންގުޅޭ ވިސްނުމެކެވެ.
"އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ މާލީ އަދި ތަރައްޤީއަށް ބޭނުންވާ އެހީތެރިކަމަކީ، އަތޮޅުތެރޭގެ މާލީ ހާލަތު ވަޒަންކުރެވި، ރަށްތަކުގެ ތަރައްޤީއަށް މި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި އިސްދައުރެއް އަދާކުރާ ކަމެއް." ޝާހިދު ވިދާޅުވިއެވެ.
މިއަދު ސޮއިކުރި މަޝްރޫއުތައް
- ތ.ތިމަރަފުށީ އަދި ތ.ވޭމަންޑޫ ގެ މަގުތަކުގައި ބޮކި ހަރުކުރުން
- ލ.މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމްކުރުން
- އދ.ދަނގެތިގައި ކަލްޗަރަލް ސެންޓާއެއް އެޅުން
- ނ.މިލަންދޫ ކައުންސިލް ބިލްޑިންގް އެޅުން
- ގދ.ތިނަދޫ އަބޫބަކުރު ސްކޫލް،ލ.ގަން އިހައްދޫ ސްކޫލް
- ހއ.ދިއްދޫ އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެން ކްލާސްރޫމްތައް ހަރުދަނާކޮށް އިތުރަށް ތަރައްގީ ކުރުން
- އެމްއެންޑީއެފް އަށް ސީއެމްބިއުލަންސް ހޯދާދިނުން
- މާލޭގެ އޮލިމްޕަސް ތިއޭޓާ ތަރައްގީ ކުރުން
2019 މާރިޗު މަހުގެ ތެރޭގައި ހަމަޖެހުނު 85 މިލިޔަން ރުފިޔާގެ ގްރާންޓްގެ ދަށުން ކައުންސިލްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 12 ހައި އިމްޕެކްޓް ޕްރޮޗެކްޓް މިހާރުވެސް ދަނީ ހިނގަމުންނެވެ.
އޭގެ އިތުރުން އިންޑިއާއިން ދިން 106 މިލިޔަން ރުފިޔާގެ ފައިސާގެ އެހީގެ ދަށުން 18 ތަރައްގީގެ މަޝްރޫއުތައް މިހާރުވެސް ކުރިއަށް އެބަދެއެވެ. އެ 30 މަޝްރުއުގެ ތެރެއިން 14 މަޝްރޫއު މިހާރު ވާނީ ނިމިފައެވެ.
މި މަޝްރޫއުތަކުގެ އިތުރުން، މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ މާލެ ސަރަހައްދުގެ ރަށްތައް ގުޅުވާލުމުގެ މަޝްރޫއުއާއި ގުޅިފަޅުގައި މާލެ ސަރަހައްދުގެ ވިޔަފާރި ބަނދަރު ގާއިމް ކުރުމުގެ މަޝްރޫއު ވެސް ހަވާލުކޮށްފައި ވަނީ އިންޑިއާއަށެވެ.
ކަލޯ މަނިކާ އިންޑިއާގައި ހާލުގައި އުޅޭމީހުންގެ ކަންކަން ފުރަތަމަ ހައްލުކުރާށޭ ބުނެބަލަ ފެން ނުލިބޭ ފާހާނާ އެއް ނުހުރޭ
ދެން މަނިކެމެން މި ގައުމު އިންޑިއާ އާއި ހަވާލު ކުރިއްޔޭ ބުނަންވީނު
މިކަލޭގެ ދެބަންދިހާރުކަން. ބަލަ އެއީ ބާޓިނު ވިއްކުމޭ. އެވެސް 4 ގުނަ އަގުބޮޑުކޮށް. ބައްޔެއްނު މިހިރަ ބުރާންޗަކާހެދި. ގައްދާރުންގެ ނިމުން ނިކަން ހިތިވާނެ. މަގުމަތީ ދެމޭތަން ފެންނަކަހަލަ.
ކޮން މިނިސްޓަރެއްތަ ތީ އދ ރައީސެއްނޫންތޯ އިންޑިޔާ ގެ ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމަކުރުވާ
އިންޑިޔާއިން އެހީތެރިވަނީ މިގައުމަށް ދަހިވެތިވެފަވާވަރުން ދިވެހިގައުމު އިންޑިޔާގެ މުށުތެރެޔަށް ލާންބޭނުންވާތީ ، ފައެްލި ސާހިދުމެން ތިޔައީ އިންޑިޔާގެ ޕަޕެޓުން ، ސާހިދުމެން ތިތިބީ އިންޑިޔާޔަށް ވިކިހުސްވެފަ
އަދި ނުހިމެނިވާ ބައެއްކަންތަށް.
1) ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ އަސްކަރީން ތިބޭގޮތަށް އެއްބަސްވުން
2) އިންޑިއާ އައުޓް ގޮވާ އެންމެނަށް އަދަބުދިނުން
3) އިންޑިއާ އާއި ދެކޮޅަށް ލިޔާ ނޫސްތަކާއިމެދު ފިޔަވަޅުއެޅުން
4) ރ ޔާމީނަށް ނުޙައްޤުން އަނިޔާދިނުން
4) އިންޑިއާއިން އަންގާތޮތަށް ޙުކުމްޖެހުން
އިންޑިއާ އެހީދެނީ ކަލޭމެން އެމީހުންގެ އަޅުންނަށްވީމަ!
ކޮން އަތޮޅުތެރޭގެ މާލީހާލަތަކޭތަތިޔަކިޔަނީ.. މިއީ ޔުނިޓަރީ ދައުލަތެއް ރިޔާސީ ނިޒާމެއް އޮންނަ.. މިތާގަ ބަޖެޓު އޮންނާނީ ސަރުކާރުގަ..އެއީ ދިވެރި ރާއްޖޭގެ ބަޖެޓު އަދި މާލިއްޔާ. ދިވެހި ދައުލަތައް ވަންނަ ފައިސާއަކީ ރާއްޖޭގެ ރައްޔިތުންގެ ފައިސާ.. އެބަލަހައްޓަނީ ސަރުކާރުން.
ކޮބާ ކަލޯ ޝާހިދު އިންޑިޔާއަށް އަނެއްކާވެސް އެޔާޕޯޓުދޭން މުންޑު ބަންދެލައިފިން ދޯ.. ކަލޭމެންނައް އަބަދުވެސް ކުރެވޭކަމަކީ ކޮންމެވެސް ތަނެއް ބޭރުގައުމަކައް ހަވާލުކޮއްލާގަ އެމީހުންނައް ހުޝާމަތުކޮއްލުންވިއްޔާ. ކަލެޔައް އަދިވަކިން ތިކަން ކުރުން ލާޒިމްވެސްވާނެތާ އަލިފުދާލުގެ ގޮންޑި ހޯދައިދިނީ އިންޑިޔާގެ ނުފޫޒުންވީމަ. ދެން އެހެން ނޫނަސް ތިޔަ އަލިފުދާލު ގިޑީގަހުރެ މަހަކު 20000 ޑޮލަރު މުސާރަ ނަގައިގެން ކާރާއި ބޮޑީގާޑުންލައިގެން ހިނގާބިނގާ ހަދަމުން ރެސްޓޯރެންޓުތަކުން ކައިފަ ބޮއެފަ އެތަކެތީ ފާޚާނާއަށް ފަނާކޮއްލަން ކިތަންމެވަރަކައް ބޭރުކުރިޔަސް ދިވެރި ރައްޔިތަކައް އޮތީ ކޮންމަންފާއެއްތޯ؟
މިއޮއް މުއްސަނދި ޤައުމު ސަލާންޖައްސަން މަޖުބޫރުކޮށްފިޔޭ ، ހެޔޮވާނެތޯ ،
ދިވެހިން ކަރަށް މަޅިގަނޑެއް މަހާލެވޭގޮތަކަށް ނޫނީ ތިޔަ ވަގު ގެރި އަތުން ކިރު ތިއްކެއްވެސް ނުލިބޭނެ. އިސްތިއުފާ 2 ވަޒީފާ އަދާ ކުރެވޭ ތަ މިނިސްޓަރު.
ތިބޭފުޅާ އަށް ސަރުކާރުފެލުންވަރު ކުޑައީދޯ އިންޑިއާގެ ކުދިއަވައްތަޖުގެ ހާލުނޭގި މޯދީއަށް ރާއްޖެތެރޭގެ ހާލުއެގި އެހީވަނީއޭކިޔައި ރާއްޖޭގެ އަޅުވެތިކުރަން އުޅެނީ
ކަންނަން ނޫރު ރާޖާގެ ވެރިކަންތޯ ؟ މީގެ ކުރީގައިވެސް ގައުމު އަޅުވެތި ކުރީވެސް މިފަދަ މީހުން ދަރިން ހޭލަމާ !
ކަލޭތީ އިންޑިއާގެ އަޅެއް ޢައްދާރު
ވަގުތުނޫސް ވެސް މިހާރު ހާދަހާ އިންޑިއާވެގެންނެ އުޅެނީދޯ…
ލޮލަށްމިރުސްފެންއެޅިފަހުރީމަތަ މިއަށްވުރެމާހާލުގައުޅޭއަމިއްލަ ގައުމުގެމީހުންގެހާލުނެފެންނަނީ؟ ބަނޑުފުރާކައިގެންހުރީމަ ތިބޭޅާއަށްފެންނަގޮތާ ހައިހޫނުކަމާއެކުއަމިއްލަވަންތަކަންގެއްލިދާ މީހުނަށްފެންނަގޮތާވަރަށްތަފާތުވާނެ! ނާށިގަނޑު ހިފައިގެން މަގުމަތީސަލާންޖަހަމުންދަނިކޮށް އިސްކޮޅަށްވުރެބޮޑުގޮނޑިއެއްގަ ބައިންދާފަ ނާށިގަނޑަށްކާއެތިކޮޅެއްއަޅާދިނީމަ އަމާގެފައްޓަރުބައިވެސްދޭނެ! ވެފަތިޔަހަރީއެހެން!
ދައުލަތުން އަތޮޅު ތެރެއަށް ޚަރަދު ނުކުރަމޭތަ މިކިޔަނީ؟ މިގައުމުގެ އެންމެން ޓެކްސް ދައްކަނީ މީރާއަށް. މިގައުމަށް ލިބޭ ހުރިހާ ފައިސާއެއް މިނުލަފާ ދައްޔޫދުން އަމިއްލަ ޖީބަށް ކަހާލާފަ ރަށެއްގެ މަގުބައތި އެއްޖަޙަންވެސް އިންޑިޔާއިން ލޯނު މިނަގަނީ.
މިކުޅޭ ކުޅިއަކީ އަތޮޅު ތަކުގެ ރައްޔިތުން ގަމާރުވާނެކަމަށްބަލާ އިންޑިޔާއަށް އަތޮޅުތަކުން ސަޕޯޓް ހޯދަނީ.
ކައުންސިލްތަކުން އިންޑިޔާގެ ލޯނުގެ އަޅުވެތިކަމާ ދެކޮޅުހަދާ ސަރުކާރު ބަޖެޓުން އަތޮޅުތެރެއަށް ފައިސާ ދޭން ޑިމާންޑްކުރޭ! މިނުބައި ސަރުކާރުގެ ނުބައި ރޭވުމުގަ ދިވެހިން ޖެހުން ހުއްޓާލަންވެއްޖެ. #އިންޑިޔާބއައުޓް
@އިންޑިއައުޓު
ޕްރިޕެއިޑް ޔަގީން ވެގެން
ތިޔައް އަހަރެމެން ކިޔަނީ ލޯން. ޢިންޑިޔާއިންނެއް ނެތް ދުވަހަކުވެސް ހިލޭ އެހީ ދީފައެއް. ޢަބަދުވެސް ދެނީ ލޯން އެހީ.