ދޫނިދޫ ޖަލުގައި ގައިދީން ހަލުތާލު ކުރަން ފަށައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަ ދޫނިދޫ ޖަލުގައި ގައިދީން ހަޅުތާލު ކުރަމުން ދަނީ ރިމާންޑް ޖަލަކަށް އެ މީހުން ބަދަލު ނުކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ކުރިންވެސް މި މައްސަލައިގައި ގައިދީން ހަޅުތާލުކޮށްފައި ވެއެވެ.

އަދި މިއަދު އަނެއްކާވެސް ހަޅުތާލު ކުރަމުންދާއިރު، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދޫނިދޫ ކަސްޓޯޑިއަލްގައި ތިބި ބަޔަކު ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ބަދަލުނުކޮށްގެން ހިތްހަމަނުޖެހުން ފާޅު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަދީފު

    ދޫނިދޫ ޖަލުގެ ޚަބަރު އެހެން އެއްވެސް ނޫހެއްގަ ނެތިފަ، އެއްވެސް އަޕްޑޭޓެއް ވަގުތު ނޫހުން ގެނެސް ނުދޭތީ މީ އަނެއްކާ ސައްޙަ ޚަބަރެއްތޯ؟