އއ. މަތިވެރީގެ ބިމުގެ ޖާގައިގެ ދަތިކަމުގެ ޝަކުވާތައް ރައްޔިތުން ފަރާތުން އައްސަވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެރަށު ރައްޔިތުންނަށް އުފާވެރި ހަބަރެއް ދެއްވައިފިއެވެ.

ރައީސް އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަތިވެރި ރައްޔިތުންނާއި، ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ރަށުގެ ރައްޔިތުންނާއި ކައުންސިލާއި، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެވެސް އެންމެ ބޮޑު ޝަކުވާއަކަށްވީ ރަށުގެ ބިމުގެޖާގައިގެ ދަތިކަމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިހާރު އޮތް ދަތިކަމުގެ ވާހަކައެވެ. އަދި ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ބިމުގެ ޖާގައިގެ ދަތިކަމުގެ ވާހަކައެވެ.

މި ވާހަކަތަކާއި ގުޅިގެން ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި މަތިވެރީގެ ބިން ހިއްކުމުގެ މަޝްރޫއު ހިމަނައިދެއްވާނެ ކަމަށެވެ. އަދި، އެމްޓީސީސީއަށް ރާއްޖޭގެ ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް ސަރުކާރުން ބޭނުންވާ އެހީތެރިކަން ދެއްވައިގެން މަސައްކަތް ކުރިޔަށް ގެންދަވާނެކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ،ރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ސިއްހީ ހިދުމަތް ދޭ ވަގުތު އިތުރުކުރުމާއި، ސްކޫލްގައި 11 އަދި 12 އަށް ކިޔަވައިދިނުމުގެ ކަންކަން ހަމަޖެއްސުމަށް އެދިފައެވެ.

އަދި ރަށުގެ ކައިރީގައި އޮތް މަތިވެރި ފިނޮޅު ރަށުގެ އިހްތިސޯސްގެ ތެރޭގައި ހިމެނުމަށް ދެންނެވިއެވެ. ރަށުގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރު އިންފްރާސްޓްރަކްޗަރތަކާއި، ރަށުގެ ކަރަންޓްގެ ހާލަތު ވަނީ ކައުންސިލުން ހިއްސާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އިތުރު ކަމެއްކޮންދޭނެ ކަމެއްނެތް އަލަން އުފަންވާ ކުއްޖާގެ ހަނދިޔާފޮށިދީ ، ލަދުހަޔާތްނެތިގެން ނޫޅޭ ސޯލިބޭ

  2. ބެރެބެދި މާ

    ޑޮކްޓަރުން ނާއި ނަރުހުންގެ މުސާރަބޮޑުކުރާނެކަމަށް ތިޔަ ތިބީ އުފާވެފައިތަ؟ ނުވާނެ އިރު އަރާތަ އިރު އޮއްސޭތަ ތިކަމެއް ނުވާނެ ޔަޤީން. ކޮބާ ވިލިމާލެ ބުރިޖް ކިތަށް ކިތަށް ތާރީޚް ރައްޔިތުންނަށް ދީފިތަ ވެއްޖެތަ ނުވާނެ ސެލްފީ ނެގިދާނެ އެކަން ވާނެ ޔަގީން މިވަގު ސަރުކާރަށް ބުރީޖް ނޭޅޭނެ އެގޭނީ މިއަންނަ އަހަރު މިއަންނަ މަހު އަމަލީ މަސައްކަތް ފެށެވަރުވާނެ މިގޮތަށް ދޮގުހަދަން.

  3. މަތވެރިރައްޔިތުމީހާ

    މަތިވެރީގެ ބިމުގެ ޖާގައިގެ ދަތިކަމުގެ ޝަކުވާތަކާއެކު، ރައީސް ދެއްވީ އުފާވެރި ހަބަރެއް! މާލޭގެ ރައްޔިތުންނައް ތިއުފާވެރި ޙަބަރދީގެން ވެރިކަމައް ވަޑައިގެންނެވުނީވެސް ދެން މަތިވެރިމީހުންނައް ކޮންއުފާވެރިޙަބަރެއތޯ މިހާރު އެދަނީ 2023ގެ ކެންޕޭންވައުދު ނުފުއްދުނަސް ހެޔޮ ބަލަނެކަމެއްނެތް ހީވާކަހަލަ ރައްޔިތުންވޯޓްދޭނޭ އަދިވެސް މިކަހަލަ ކަރާތައްފެޅިވަރަކައް