އދ. ދަނގެތީ ގެއަކުން 9000 ޑޮލަރު (139,140.00 ރުފިޔާ)ގެ ސާމާނު ވަގަށް ނަގައިފިއެވެ.

ފުލުހުންގެ މީީޑިއާ އޮފިޝަލް ވިދާޅުވީ، ދަނގެތީ ގެއަކުން ވައްކަންކޮށްފައިވާ މައްސަލައެއް މިިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ހުށަހަޅާއިފައިވާ ކަމަށެވެ.

އަދި ވަގަށް ނަގާފައިވާ ފަރުމަސްވެރިކަމުގައި ބޭނުން ކުރާ ސާމާނުތަކެއް ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ވަގަށް ނެގި އެ ތަކެތީގެ އަގު 9000 ޑޮަރަށް އަރާނެ ކަމަށް ތަކެތީގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާއިރު، މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޟމމމ

    ވައްކަން ކުރާތީ ތަޅާ އަނިޔާކޮށް އެމީހުންގެ ސައިކަލްގަ ހުޅުޖަހާ އަންދާލި މައްސަލަ ބަލާނެ ބައެއްނެތް ކުރިން ހައްޔަރު ނުކުރެވި ހުރެފަ ބަޔަކު އެމީހުން ގެނައީމަ ހައްޔަރު ކުރި ކުރުމާއި މެދު ސުވާލު އުފެދޭ އެމީހުން ނެތަސް ހަމަ ވައްކަން ކުރާ މީހުން އެބަ ވައްކަން ކުރޭ ކައުންސިލުން ޤަބޫލު ނުކުރިޔަސް ކޮންމެ ރައްޔިތަކަށްވެސް ހަމަ ހަމަ ކަމާއިއިއެކު އިންސާފު ލިބެންޖެހޭނެ

  2. ބަޔަކުން 5

    ތޮއްޑޫއިން އައި މީހުންގެ ކަމެއްތީވެސް

    5
    1
  3. ޑިރާސާ

    ރަށުގައި ކުށްކުރަމުން ދުވަމުންދާ މީހުންކަމަށް ދަނގެތީ ރައްޔިތުން ތުހުމަތު ކުރާ މީހުން ރަށުން ބާލައިފި. ދެނއ ކީއްވެ ތިވަރުގެ ވައްކަން ހިނގަނީ.. ދަނގެތީ ރައްޔިތުން ދަނގެއްޗަކީ މާ ކުށްމަދު ، އަމާން ރަށެއްކަމަށް ބުންޏަސް މިހާރު ދަނގެއްޗަކީ އަމާން ކުށްމަދު ރަށެއްކަމަށް ގަބޫލެއް ނުކުރެވޭ.. ތިޔަ ވައްކަމާއި މަހްމޫދުބެގެ މަރާއި ގުޅުމެއް އޮންނާނެ.. ފުލުހުންނާއި ރައްޔިތުންގެ ފޯކަސް އެހެން ދިމާލަކަށް އަނބުރައިލަން ހިނގާނެ ތިކަހަލަ ކަންކަން..