މިއީ މީސް މީޑިއާއިން ގައުމު ހިންގާ ޒަމާނެވެ. ސިޔާސީ ލީޑަރަކަށް ތާއިދު އޮތްތޯ ބަލަންށާއި، މައްސަލަތަކަށް ހައްލު ގެނެސް ހުރިހާކަމެއް ވެސް ކުރަން މިޖެހެނީ ކޮންމެވެސް މީސް މީޑިއާ ވެބްސައިޓެއްގައެވެ. ގިނަފަހަރަށް ޓްވިޓާގައެވެ. ޓްވީޓެއް ކޮށްލައިގެން ނޫންގޮތަކަށް މައްސަލައެއް ވެސް ހައްލު ނުވާނެކަމަށް ބުނަނީ ކަންތައްތައް ވަމުން އަންނަ ގޮތުންނެވެ. ނަމަވެސް މިއީ މައްސަލަތައް ހައްލުކުރުމުގައި ޓްވީޓްތަކުގެ ނުފޫޒު އޮތް މިންވަރާއި ގުޅޭ ބަހުސް ކުރުމުގެ ލިޔުމެއް ނޫނެވެ.

ޓްވިޓާ ބޭނުންކުރާ މީހުންނަށް ފާހަގަ ކުރެވިފައި ވާނެ ޓްވިޓާ އެކައުންޓެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތުތަކަށް ނުހަނު ލޯތްބާއިއެކު ހިތުގެ އަޑިން ތާއިދުކޮށް ޓްވީޓް ކުރަމުން ގެންދެއެވެ. ލިމްޔާ ހަސަން ނަމަކަށް ކިޔާ ޒުވާން އަންހެނެއް ކަމަށް އެކައުންޓްގައި ލިޔެފައި އޮވެއެވެ. ފޮޓޯއިން ވެސް ފެންނަނީ ނުހަނު ޒުވާން އަންހެނެކެވެ.

ރައީސް ސޯލިހްގެ "ހިލޭ ޑިގްރީ" ސިޔާސަތުން ފެށިގެން ވަރަށް ގިނަ ކަންކަން ލިމްޔާ އަށް ކަމުދެއެވެ. އެމަނިކުފާނުގެ ސަރުކާރުގައި ގޯސް އެއްވެސް ކަމެއް ލިމްޔާއަކަށް ނުފެނުނެވެ. ރައީސް ސޯލިހު ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި، ނައިބުންނާއި އެގްޒެކެޓިވުން ލިމްޔާގެ ޓްވީޓްތައް ރީޓްވީޓް ކުރަމުން ގެންދިޔައީ ނިކަން ފަހުރުވެރިކަމާއިއެކުއެވެ.

ނަމަވެސް ކުއްލިއަކަށް ލިމްޔާ ގެއްލިއްޖެއެވެ. ލިމްޔާ ގެއްލުނީ އޭނާގެ އެކައުންޓްގައި ބޭނުން ކޮށްފައިވާ ފޮޓޯއަކީ ތުރުކީގެ ޒުވާން އަންހެނެއްގެ ފޮޓޯއެއްކަން ބޭޒާރުވި ހިސާބުންނެވެ. އެކަން ބައެއް މީހުން ޓްވިޓާގައި ސަމާލުކަމަށް ގެނައުމާއިއެކު ރައީސް ސޯލިހްގެ ސިޔާސަތައް ހުއްޓުމެއްނެތި ސަޕޯޓް ކުރަމުން ގެންދިޔަ ލިމްޔާއަށް ވީނުވީއެއް ނޭނގުނެވެ.

މިހާރު ކަށަވަރު ވެފައިވާ ކަމަކީ ރައީސް ސޯލިހްގެ ދިފާއުގައި ޓްވީޓް ކުރަމުން ގެންދިޔަ މީހަކީ ހަގީގަތުގައި ފޮޓޯ އިން އެފެންނަ މީހާ ނޫންކަމެވެ. އޭނާ އަކީ އެއްވެސް ވަރަކަށް ރާއްޖެއާއި ގުޅުމެއް އޮތް މީހެއް ނޫނެވެ. ތުރުކީ އަންހެނެއްގެ ފޮޓޯ ބޭނުންކޮށް ޝަހްސު އޮޅުވާލުމުގެ ތެރެއިން ހިންގަން އުޅުނު ކެމްޕޭން މިފަހަރު އަތައް ގޮވީއެވެ.

ސުވާލަކީ ދޮގާއި މަކަރުގެ ފަރުދާއެއްގެ ފުރަގަހުގައި ތިބެގެން ސަރުކާރު ޕްރޮމޯޓް ކުރަން ޖެހޭ ހެއްޔެވެ؟ ކުރާ ރަނގަޅު ކަންކަމުގެ ވާހަކަ އަމިއްލައަށް ނިކުމެ ބުނަން ފަސް ޖެހޭ ހިސާބަށް ކަންކަން ދިޔައީ ކީއްވެ ހެއްޔެވެ؟ ބޮޓް އެކައުންޓް ތަކަކުން ސަރުކާރު ވެސް ނުވަތަ އެހެން ސިޔާސީ ލީޑަރަކު ވެސް ޕްރޮމޯޓް ކުރަން ޖެހޭ ހެއްޔެވެ؟ ކޮންމެ ކަމެއް ނިންމުމުގައި މީސް މީޑިއާއަށް ސަރުކާރުންނާއި ކަމާބެހޭ މުއައްސަސާތަކުން ބަރޯސާ ވަނީ ކީއްވެ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޓުވިޓަރ

    ހަސަން ކުރުސީގެ ވާހަކަވެސް ލިޔަންފެނޭ

    12
    1
  2. ނަކަސްބެ

    ސާބަހޭ ލިމްޔާ ތިކުރެއްވި އަގުހުރި ޚިދުމަތަށް.

    4
    15
    • ބޮޓުން

      ލިޔާން ކިޔާގެން ޓުވިޓްކުރީ އެމްޑަިޕީގެ ލާދީނީ ސިޔާސަތު ބޭނުންވެގެން މަގުމަތީ ތެޅޭ ބޮޓެއް އަންހެނެއްގެ ފޮޓޯ ބޭނުންކުރީމަ މޮޔަބޮލަށް އަރާތިބި ބަޔަކު ރިޓުވިޓްކުރަނި ބޮޑުވަރު ޔަހޫދީނގެ ފަލްސަފާ އެއީ މަކަރާ އޮޅުވާލައިގެން މީހުންގެ ސަޕޯޓް ހޯދުން ދެން ބާރަށްއަތްޖަހާ 3އަހަރުވީއިރު އިސްލާމްދިނަށް މިގައުގާ މީގެ ކުރިން ދުވަހަކުވެސް ނުކުރާވަރަށް ފުރައްސާރަކުރާމީހުނަށް މިނިވަންކަމާއެކުގަ އުޅެވޭ. މިނިވަންކަން ގެއްލޭހިސާބަށް މިއޮތީ އިންޑިޔާގެ އުގައް ވެއްޓިފާ ކިހާ ހެޔޮވެރިކަމެއް ކޮންމެ ގޮތެއް ހެޔޮވެރިކަމެއް އެހެންވިމަ ތިކަހަލަގެ ބޮޓުން އެކަމަށް ސަޕޯޓް ކުރާނެ ޓުވޓް ކުރާނެ

  3. އަހުމަދު

    ތި އމޑޕ ގަ އިސްކޮށް ތިބޭނީ މަކަރު ވެރި ދޮގުވެރި މުނާފިގުން. ހަމައެކަނި ގޮވާނީ އަ ތަކަށް ނޫން ގަޔަށް ވެސް ގޮވާނެ.

    33
    2
  4. ޙހހހ

    ވަގުސަރުކާރަކުން މުޅިންވެސްކުރާނީ ވަންކަންދޯ ،

    30
    1
  5. ސްނޭޕް

    ހަހަހަހަ.
    މަޝްހޫރު ފިލްމީ ތަރިން އަދި ފުޓުބޯޅަ ކުޅުންތެރިންގެ ފޮޓޯ ބޭނުން ކޮއްގެން ޕްރޮފައިލް ހަދާ އެންމެންވެސް ތީގެ ތެރެއަށް ދާނެ އެހެންވީމާ...

    21
    1
  6. އުގުރި

    އެމްޑީއެން އުތެމާ ގެ މައްސަލަ ކޮބާތޯ؟

    25
  7. ޖަބޯ

    ދޮގުހަދާ ގެން ސަރުކާރެއް ހޯދީ އެހެންވީމާ ދޮގުވެރިންނަށް ވާގިދީ ދޮގުހަދާނީވެސް ހަަމ އޭގެ މިޙުން. ލަނޑަޔާ ވާނީ ލަނޑަޔާ . މިވަރު ސޯލިހުއަށް ވެސް އެނގޭނެ! ނިމުން ކައިރިވަނީ! އިނޝާ ﷲ

    29
    1
  8. ޢަލީ

    ރައްޔިތުން ސަރުކާރަށް ތާއީދު ނުކުރާތީ ކޮންމެވެސް މިނިސްޓަރަކު ލައްވާ މިކަންކުރެވޭނެގޮތަކީ އެއީތާ

    28
    1
  9. މަ

    އެ ކީއްވެތަ މީނާއަށް ޞޯލިޙް މިކިޔަނީ ފުރަމަނަމަކަށް އިބްރާހިމް ދެވަނަ ނަމަކަށް މުޙައްމަދު ތިންވަނަ ނަމަކަށް ޞޯލިޙް މީނާއަށް ކިޔަން މާގުޅޭ ނަމަކަށް އަޅުގަނޑަށް ފާހަގަކުރެވޭ "ސޮހޮލު" މިނަންވެސް.
    މިހެން މިދެންނެވީ މީނާއެކޭ ސޮހޮލެކޭ އެއްވެސް ތަފާތެއްނެއް

    22
    1
  10. ށ

    ޙެހެ އެ ކުއްޖާ އާ ހާދަވަރަކަށް ތިއަ ޖޭވީ

    4
    10
  11. ނާދިރާ

    މޑޕ މީހުން ކުރާނެ ތިބާވަރުގެ ފިތުނަވެރި ކަންތައް. އެއުޅެނީނު ވައްތަރެއްގެ އެލެކްސް އެކޭ ކިތައިގެންވެސް މުނާފިގުން

    28
    2
  12. Anonymous

    ތިއީ އަބަދުވެސް ހާލަތު މިލާދީނީ ސަރުކާރުގެ

  13. ކީލި

    މީގެ އަނެއް އެކަުނޓް އަކިީ "އެލެކުސް އަހުމަދު"

  14. ޥސ

    ތި ވާނީ ރައީސް ސޯލިހް ކިހިލިފަތް ދަށުގަ

  15. ހަސަނާ

    ހެހެހެ އިންޑިއާ ރޯވ ގެ ކަންތަށް.

  16. މާޔާ

    ހަހަހަހަަ އެހެން ގޮތެއް ނެތީ ގޮތް ހުސްވީޔޯ ދިވެހިންނަށް މިވެރިން ކުރާކަންކަން ރަނގަޅަށް އެނގޭ ނޫސްވެރިންގެ މިނިވަންކަން މިވަނީ ކުޅުދުއްފުށީ ސިޓީ ފެނިފައި... ހުރިހާ އާރާބާރެއް އަތަށްލައިގެން ބަގުޅިކޮށްގެން މިއުޅެނީ ވައްކަން އިންތިހާއަށް ކުރަމުން ގެންދަނީ... ޑޮކްޓަރ ޢިޔާޒް އަށް ކިހާ ފައިސާއެއްބާ ދީގެން މިއުޅެނީ... ޝައިޚް އިލްޔާސްކޮބައިބާ؟