22:03
މިއަދު ފައްސިވީ 55 މީހުން.
BREAKING NEWS: Miadhu Fassivee 55 Meehun https://t.co/ycoREjzvIF
— Vaguthu Online (@VaguthuOnline) October 22, 2021
21:36
އަލަށް ފެނުނު ކޮވިޑްގެ ވައްތަރު މާފަަސޭހައިން ފެތުރޭކަމަށް ލަފާކޮށްފި.
UK In Fenunu Covid Aa Vahtharu Maafaseyhain Fethurey Kamah Lafaakoffi https://t.co/Vr4jZuOSBe
— Vaguthu Online (@VaguthuOnline) October 22, 2021
މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ޖެހިޖެހިގެން ތިން ދުވަހު މައްޗަށް ގޮސް، މާލޭގެ ހާލަތާއި މެދު ވިސްނަން މަޖުބޫރު ވެއްޖެއެވެ.
މިއަދު މާލެ އިން 44 މީހުން ފައްސިވިއެވެ. މިއަދަކީ މާލެ އިން މިމަހު އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު ރާއްޖެ އިން ޖުމްލަ 131 މީހުން ފައްސިވިއެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 77 މީހުން ފައްސިވިއެވެ. މިއަދު ރިސޯޓްތަކުން ހަތް މީހުން އަދި ސަފާރީތަކުން ތިން މީހުން ފައްސިވިއެވެ.
މިއަދަކީ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.
މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 1379 އަށް އަރައެވެ. މިއަދަކީ މިމަހުގެ 05 ވަނަ ދުވަހަށް ފަހު ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ މައްޗަށް ދިޔަ ދުވަހެވެ.
ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ކޮވިޑުން ރަނގަޅުވީ 62 މީހުންނެވެ.
މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 1741 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 86550 އެވެ. އޭގެތެރެއިން 84918 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 240 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ.
BREAKING NEWS: Male' Adhadhu Mahchah: Jumla 131 Meehun Fassi https://t.co/wNmjxn25fb
— Vaguthu Online (@VaguthuOnline) October 21, 2021
ކޮވިޑާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
މިފަހަރު ދެން ރައީސުލް ޖުމްހޫރިއްޔާއަށް ކޮވިޑުގެ ޑެލްޓާވޭރިއެންޓު ޖެހި ވެންޓިލޭޓަރައް ލައުމައްދާންދެން އިތުރު ފިޔަވަޅެއް އެޅުމެއް ނެތް. އެހެންނުން އެޗްޕީއޭ.؟
މާލޭގެ ހާލަތު ރަގަޅުވީ ކޮންއިރަކުތޯ ؟ މީ ދޫނި ރާއްޖެ ހުރިހާ އެއްޗެއް ހިޖުރަކުރަން އަންނަ ފިނޮޅު މިތަނަށް އައީމަށް ބައްޔައްވެސް ހިމާޔަށް ލިބުނީ ! މީ ސޭކުސްތާނުގެ ދޫނި ރާއްޖޭގެ ބޯގޯސް އެއްގޯސް ރާއްޖެ!
ރަގަޅު. އަދި މިރޭ އުސްފަސްގަނޑުގަ އޮންނަ މިއުޒިކު ޝޯއައް ފަހު، ދެން ނުބިދިއޮތް ރިކޯޑު ބިދޭނެ.