އޭޑީކޭއިން ރާޢްޖެއަށް މެޑިކަލް ޓޫރިޒަމް ތައާރަފް ކުރުމަށް ނިންމައިފިއެވެ.

މެޑިކަލް ޓޫރިޒަމް ތައާރަފްކުރުމަށް މިއަދު އޭޑީކޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އޭޑިކޭ އިން ވަނީ މެޑިކަލް ޓޫރިޒަމް ތައާރަފް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެމްވީ މެޑިކަލްސް އާއެކު އޭޑީކޭއިން މިއަދު ސޮއި ކުރި އެއްބަސް ވުމުގެ މައިގަނޑު މަގުސަދަކީ މެޑިކަލް ޓުއަރިޒްމް ރޭވިގެން ރާޢްޖޭން ބޭރުން މީހުން ރާޢްޖެ އައިސް ބޮޑެތި ހިދުމަތްތަށް ހޯދުމަށް މަގުފަހިކޮށްދިނުން ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަައްފާލް ވިދާޅުވިއެވެ.

އަައްްފާލު ވިދާޅުވި ގޮތުގައި އެކަމަކީ ވަރަށް ޗެލެންޖިން ކަމަކަށް ވެގެންދާނެ ކަމަށާއި އޭޑީކޭއިން ވަނީ އެކަމަށް ތައްޔާރުުމުގެ ގޮތުން ދިރާސާާތަކެއް ކޮށްފައި ކަމަށެވެ.

އެގޮތުން 2017 ވަނަ އަހަރު ބައެއް ކަހަލަ ބޮޑެތި ކޮންޑިޝަންތަކާއެކު އޭޑީކޭ ހޮސްޕިޓަލުގައޮ އެޑްމިޓް ކުރެވި ފަރުވާދެވިފައިވާ ބޭރުގެ ފަރާތްތަކުގެ ދިރާސާއެއް ހެދިފައިވާކަމަށް އައްފާލް ފާހަގަ ކުރެއްވިއެވެ.

އެމްވީ މެޑިކަލްސް އާއެކު ވެވުނު އެއްބަސް ވުމުގެ ދަށުން ބޮޑަށް އަމާޒު ކުރެވިފައިވަނީ ބޮޑެތި ދާއިރާތަކުން މީހުން މެޑިކަލް ޓޫރިޒަމްގެ ހިދުމަތް ހޯދުމަށް ރާޢްޖެއަށް މީހުން ގެނައުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މެޑިކަލް ޓޫރިޒަމް ގެ ދަށުން އޭޑީކޭ އިން ހިދުމަތް ދޭން ފަށަނީ ތިން ދާއިރާއަކުން

އޭޑީކޭ ގެ މެނޭޖިން ޑިރެކްޓަރު އައްފާލް ވިދާޅުވިގޮތުގައި އޭޑީކޭ އިން މެޑިކަލް ޓޫރިޒަމް ގެ ހިދުމަތް ފަށައިގަންނަނީ ތިން ދާއިރާއަކުންނެވެ. އެއީ އޯތަޕެޑިކްސް ، ކާޑިއޮލޮޖީ، އަދި ނިއުރޮލަޖީ އެވެ.

އައްފާލްް ފާހަގަކުރެއްވިގޮތުގައި ހިދުމަތް ފަށައިގަންނަ މި ތިން ދާއިރާއަކީ ދުނިޔޭގެ އެހެން ކަންކޮޅުތަކުގައިވެސް އެންމެ ގިނައިން ފަރުވާ ހޯދާ ދާއިރާތަކެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ދާއިރާ ތަކުންވެސް މެޑިކަލް ޓޫރިޒަމް ގެ ހިދުމަތް ދެވިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އެމްވީ މެޑިކަލްސް ގެ ފަރާތުން ވާހަކަ ދައްކަވަމުން ޖަލީލް ވިދާޅުވީ އެމްވީ މެޑިކަލްސްވެސް ހާއްސަ ކުރެވިފައިވަނީ މެޑިކަލް ޓޫރިޒަމް އަށް ކަމަށެވެ.

"ކުރީގަ އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔައީ ރާޢްޖޭން އެ ހިދުމަތް ލިބެން ނެތިގެން ރާޢްޖެއިން ބޭރަށް ދަތުރު ކުރައްވާ ފަރާތްތަކަށް މަގު ތަނަވަސްކޮށްދިނުމަށް " ޖަލީލް ވިދާޅުވިއެވެ.

އޭޑީކޭގައި މެޑިކަލް ޓުއަރިޒަމް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްވީ މެޑިކަލްސް އިން ވަނީ އެބޭފުޅުން އެފުރުސަތު ފަހިކޮށްދެއްވި ކަމަށްޓަކާ އޭޑީކޭ އަށް ޝުކުރު އަދާ ކުރައްވާފައެވެ.