އުމުރުން 19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކުރި ކަމަށް ފުލުހުން މިއަދު ވިދާޅުވެފައި މިވަނީ ރޭ އަންހެން ކުއްޖަކު ރަހީނުކޮށް އެކުއްޖާއަށް އަނިޔާކުރި ކަމަށް މީސް މީޑިއާގައި ޚަބަރު ފެތުރެމުން ދަނިކޮށެވެ. އަންހެނަކު ރަހީނު ކުރިކަމަކަށް ފުލުހުން ވިދާޅެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ ރޭ 01:30 ކަންހާއިރު ކަމަށެވެ. މިމައްސަލަ އާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާކަން ކަށަވަރު ކޮށްދިނުން ފިޔަވައި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން ވިދާޅުވީ މައްސަލަ އިތުރަށް ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަލީމު

    ފިރިހެނުންނަށް އަނިޔާކުރުމުގައި ބައެއް އަންހެނުން ހައްދުން ނެއްޓިފައިވާއިރު ދުވަހަކުވެސް އެފަދަ އަންހެނަކު ހައްޔަރުނުކުރަނީ ކީއްވެ؟

    • މޯދީ ވަސވާސް

      މިފަދަ ވިސނުން ހުންނަ މީހުން އަންހެނުންނައް އަނިޔާކުރާނެ އާންމު ކޮއް