ރޭ އަންހެނަކަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވުމާއެކު، އެތައް ބަަޔަކު ކެކުނެވެ. ކަންވީގޮތް އޮޅުންފިލުވަން ބޭނުންވިއެވެ. އަނިޔާ އާ ދެކޮޅަށް ދައްކާ ވާހަަކަތަކުގެ އަޑުތައް ގަދަވިއެވެ.
މައްސަލަ ގޯސްވި ހިސާބު!
މީގެ ކުރިންވެސް އޭނާގެ އަނިޔާތަކުގެ ޝިކާރައަކަށްވިއެވެ. އެތައް ފަހަރަކު ފުލުހަށް ދިޔައެވެ. ބަޔާން ދިނެވެ. ވީކަމެއް ނެތެވެ. އެ އަނިޔާތަކަށް ހުއްޓުމެއް ނައެވެ. މިއީ ކުރީގެ ދެ ލޯބިވެރިންގެ ދެމެދުގައި ދިމާވެގެން އުޅޭ މައްސަލައެކެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރުވެސް ކުރީ އަނިޔާއެވެ. މިހާރުވެސް އެ ހާލެވެ.
މިކަން މިފަހަކުން ފެށުނީ އެ 19 އަހަރުގެ ޒުވާނާގެ ކުރީގެ ލޯބިވެރިޔާގެ ފޯނުން އަންހެން ކުއްޖަކު ރޭޕް ކުރާ ވީޑިއޯއެއް ފެނިގެން އެކަމާއި ސުވާލު ކުރި ފަހުންނެވެ. އެ ވީޑިއޯ އޭނާއަށް ފެނުނީ ލޯބީގެ ގޮތުން ދެ މީހުން ގުޅިގެން އުޅުނު އިރުއެވެ.
"އެއީ އޭނާއާ /ފިރިހެން/މީހާއާ އޭނާގެ ރައްޓެހިންތަކެއް އަންހެން ކުއްޖަކު ރޭޕް ކުރާ ތަން، އެ ކުއްޖާ ހޭ އަރަން ފެށީމަ އެ ކުއްޖާގެ މޫނު މައްޗަށް ބިއްލޫރި ފުޅިއެއް ފަޅާލަނީ، ދެން އޭނާ/އަންހެން/މީހާ ކޮންފްރޮންޓް ކުރީމަ، މީނަ ތަޅަން ފެށީ މަންމަ އާއި މާމަ ކުރީމަތީގައި". މައުލޫމާތު ވަަރަށް ގާތުން އެނގޭ މީހަކު ކިޔާދިނެވެ.
އެހެން ނަމަވެސް އެކަން އެ ދުވަހުވެސް ހުއްޓުވަން އެ މީހުން މަސައްކަތް ކޮށްފައެއް ނުވެއެވެ. އެވަރަށް އެ ދުވަހުވެސް އަނިޔާ ކުރިއެވެ. ތަޅާ ހެދިއެވެ.
މީގެ ކުރިންވެސް އެ ޒުވާނާއަށް އަނިޔާކޮށްފައި ވެއެވެ. ގެއިން ގަދަކަމުންވެސް ގެންގޮސް ހަދައެވެ. އެތައް އަނިޔާއެއް ދެއެވެ.
"މީގެ ތިން ރޭ ކުރިންވެސް، ގެއަށް ވަންނަނިކޮށް އޭނާ ހުރީ ގޯޅި ތެރޭގައި މަޑުކޮށްގެން، އޭނާ ވަނީމަ އަތުގަ ހިފައިގެން ގަދަކަމުން ބީޗާއި ހިސާބަށް ގެންދިޔައީ، ފެނިގެން ރައްޓެއްސެއް ގެއަށް ގެނެސްދިނީވެސް".
"ރޭ ކަންތައް ވީގޮތް"
ރޭ އޭނާއަށް އަނިޔާ ކުރީ ގެއަށް ވަނުމަށް ލިފްޓަށް އަރާ ހުއްޓާ އެވެ. އެތަނުން އޭނާގެ ގައިގައި މި ފިރިހެން މީހާ ތަޅަން ފެށިއެވެ.
"ލިފްޓް ތިރިންވެސް ތަޅަމުން ގެންދިޔައީ، ތިރިއަށް ގޮސްފައި، އަމިއްލަ މީހާގެ ބޯވެސް ފަޅާލިއޯ ދޫކުރާށޭ ބުނީމަވެސް، ހެލްމެޓް، ދެން ސައިކަލަށް ގަދަކަމުން އަރުވައިގެން ގެންދިޔައީ ހުޅުމާލެ އިން މާލެއަށް ހެލްމެޓްވެސް ނާޅާ".
އަދި މިފަހަރުވެސް ފިރިހެން މީހާގެ ގެއަށް ގެންގޮސް އޭނާއަށް އަނިޔާ ކުރިއެވެ. އެ އަންހެން މީހާއަށް އަނިޔާކޮށްފައި ވަނީ ފިރިހެން މީހާގެ މަންމަ އާއި މާމަ ކުރިމަތީގައެވެ. އެ މީހުން އަޅައެއްވެސް ނުލައެވެ. އެ މީހުންވެސް އޭނާއާ ދިމާލަށް ހަޅޭލަވައިގަތީއެވެ.
"ދަތް އަޅައި، ކަންތައް ކުރި، ކަރުގަވެސް ހިފިއޯ ބުނީ".
އެ އަންހެން މީހާ ހޯދަން ފުރަތަމަ އޭނާގެ އާއިލާއިން ގުޅީ ފިރިހެން މީހާގެ މަންމައަށެވެ. ގުޅުމުން ބުނީ ނެތް ކަމަށެވެ. އެކަމަކު އާއިލާ މީހުން އެގެއަށް ދިޔައިރު އެ ފިރިހެން މީހާގެ މަންމަވެސް އެތަނުގައި ހުއްޓެވެ.
އެންމެ ފަހުން މިކަން ހަމައަކަށް އެޅުނީ، ފުލުހަށް ގުޅައިގެންނެވެ.
މީގެ ކުރިންވެސް އެތައް ފަހަރަކު މި މައްސަލަ ފުލުހަށް ހުށަހެޅިއެވެ. އެކަމަކު ބަލާފައެއް ނުވެއެވެ.
"އެއިރު ހަމަ ބަޔާން ނަގާފައި ފޮނުވާލީ".
މި މައްސަލައާ ގުޅިގެން ފުލުުހުން ވިދާޅުވީ، އުމުރުން 19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާކަން ކަށަވަރު ކޮށްދިނުން ފިޔަވައި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ފުލުހުން ވިދާޅުވީ މައްސަލަ އިތުރަށް ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ.
އަންހެނުންނަށް ކުރާ އަނިޔާގެ މިފަދަ މައްސަލަތައް ފަރުވާ ކުޑަކޮށް ދޫކޮށްލުން މިއީ އެ މީހުންނަށް ދެވޭނެ ވަރަށް ބޮޑު އަނިޔާއެކެވެ. މިފަދަ މައްސަލަތައް ހުއްޓުވުމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން ސަމާލުވާން ޖެހެއެވެ. އަދި ވަގުތުން ވަގުތަށް ފިޔަވަޅު އެޅެން ޖެހެއެވެ. މިއީ އެންމެންނަށްވެސް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދޭން ޖެހެއެވެ.
އަޅާ ނުލިޔަސް ދިވެހި ރައްޔިތުންގެ ފައިސާއިން އެމީހުނަށް މުސާރަދީ ، ކާންބޯންދީ ރައްޔިތުންނަށް ނޯންނަ އެތައް އިނާޔަތެއް ދޭވިއްޔަ. ދެން ކޮންމެހެން ނިކަމެތި ރައްޔިތުންނާ އަޅާލުމުގެ ބޭނުމެއް ނެތެއްނު؟
ބުރޯ. ކަލޭމެންގެ ލާރިއޭބުނާއިރު އެއީ އެމީހުންގެ ވެސް ލާރި.. ބުރޯ ހީކުރީ ފުލުހުން އެއީ އިންޑިޔާ އިން ގެނެސްފަ ތިބި ބައެއް ކަމަށް ތަ.
އަންހެނުންނަށް ކުރާ އަނިޔާއަށް އަދަބުނުދީގެެން އުޅެނީ ސަބަބެއް އޮވެެގެން.
ވަކިބަޔަކަށް އަދަބުދީފިއްޔާ މަޖިލިސް ބައެެއް މެމްބަރުންގެ ގޮނޑިވެެސް ގެއްލިދާނެ.
އަންހެން ކުއްޖާގެ ބެލެނިވެރިންވެސް އަންހެން ދަރިއަކު އެހާވަރަށް ދޫކޮށްލީމަ އެހެން ވާނެ.
ޢްން ހެުން ދޫކުރީމަަ ދޮ ގޭގަޔާ ވަޒީފަ ގަ ވެސް ތިއްބާ އެ ރޭޕް ކުރަނީ.ވަރައް ގަމާރު ވިސްނުމެއްގެ ބައެއް މި ދިވެހިންނަކީ.ކޮންމެ ފަހަރަކުވެސް ރޭޕް ކޮއް އަނިޔާ ލިބޭ މީހާގެ މައްސަލަ އެއްގެ ވާހަކަ ދައްކާނި.މިކަހަލަ ވިސްނުން ހުންނާތި ރޭޕް މިގައުމުގަ އާންމު ވެގެން ދަނީ
އަންހެންކުއްޖާތަ އަދިވެސް ހިފަހައްޓަންވީ ފިރިހެންމީހާ އެހެރީ ވަލުޖަނަވާރުންނަށް ވުރެވެސް ދަށު ދަރަޖައިގަ ފުރަތަމަ އޭނަގައިގަ ހިލިހިލާ ޖަހަންވީ.
އަންހެނުން ނުޖެހޭ ގޭގަ ކަސްތަޅު އަޅުވާފަ ބައިތިއްބާކައް.
ރޭޕް ކުރާމީހުން ހޯދައި ހަރުކަށި އަދަބު ދޭންވީ.ރޭޕ ކުރުމުގެ ސަގާފަތެއް މި ގައުމުގަ އާލާ ވިޔަ ނުދޭން ވީ.
ކޮންމެހެން އަނހެނުން ކޮންޓްރް ކުރާކައް ނުޖެހޭ،
ފިނޑި ރަނޑާލި ސޮޑެއް ދޯ އަންހެނަކަށް އަނިޔާ ކުރާނި….
ޔެސް ބުރޯ. މާ ބޮޑަށްވެސް ރަނޑާލި. ފިރިހެން މީހާ އުމުރަށް ޖަލަށް ލާންވީ. އަދި އޭނާގެ މަންމަ އާއި މާމަ އަށްވެސް ބޮޑުތަނުން އަދަބު ދޭންވީ. އަސްލު ވަރަށް ދެރަވޭ މިކަހަލަ ހަބަރު އިވިފަ. މީ ހަމަ ޕްރައިމަރީ އެޑިއުކޭޝަން ކަޑަ ވީމަ ވާނެ ގޮތް. ގައުމެއްގެ ތަރައްގީގެ ބެލެންސް އަކަށް ވާނީ އިންސާނާ ވެސް ތަރައްގީވެ ހޭލުންތެރި ވެގެން. ޑިމަކްރަސީ މީ ހަމަ ހަލާކު.
ޖެންޑާރ މިނިސްޓްރީ އޮތީ ނިދާފަ އެވެ.
އަނިޔާކޮށްގެން ނުވާނެ .ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ..އެނަސް ތިސްޓޯރީ ކިޔާލުމުން ތިވަރުގެ ބޮޑު އަނިޔާވެރިއެއްގެ ކިބައިން ސަލާމަތް ވުމަށް އަންހެންމީހާ އުޅުނަސް، ކޮންމެވެސް ގުޅުމެއްވެސް އޮންނަހެންވެސް ހީވޭ..ފުލުހުން އަޅާނުލިތާގަ އަންހެން މީހާޔަށް ތަކުރާރުކޮށް ތިއަނިޔާ ލިބެމުންދާ އިރު އަންހެންމީހާވެސް އަދި އާއިލާއިންވެސް ތިކަމަށް ފާރަވެރިވާން ޖެހޭ ވަރަށް ފާރަވެރިވެވިފަ ނެތްހެންވެސް ހީވޭ.. ކޮންމެއަކަސް މިއަދު ދިވެހިރާއްޖޭގަ ހިގަމުން މިދާ ހިތާމަވެރި އަނިޔާވެރި މައަސަލަތަކަށް ރިޔާޔަށްކޮށް ދަންނަވާލަން ޖެހެނީ ، އަންހެންމީހާ ދާތަނަކަށް ގެންދިއުމަށާޢި ބަލާ ދިއުމުގަވެސް ފަރުވާތެރިވާ ހިސާބުގަތާ ތިކަންކަން ހިގަމުން ތި ދިޔައީ..މިމުޖުތަމައު ރައްކާތެރި ތަނަކަށް ހަދަން ޖެހޭ މީހުން ފިނިކޮޓަރިތަކުގަ ތިބެ ކުއްވެރި ކުރުމުގެ ބަދަލުގަ ދިވެހި މުޖުތަމައު އަމާންތަނަކަށް ހަދަން ހަރުކަށި އަވަސް ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ....
ޏޭންގިނަމަ ވެސް ރޭޕައް ހިއްވަރު ދޭ ގަމާރެއް.އަބަދުވެސ ޖިންސީ އަނިޔާ ލިބޭ ފަރާތުގެ ބޮލުގަ އަޅުވާ.މިވިސނުން ދިވެހިންގެ ނާތަހުޒީބު ބޮލުން ނައްތާލަން ޖެހޭ.
ތިޔަވާނީ ރޯޔަލް އާއިލާގެ ފިރިހެން ސޮރަކަށް . ޢެހެންވީމަ ފުލުހުން އަޅައެއް ނުލާނެތާ . މީޑިއާއަށް ތިލަަ ވީމަ ތިޔަ ހައްޔަރުކޮށްލީ . މާދަން ދޫކޮށްލާނެ ކަމީ ޔަގީން ކަމެއް.
އަނިޔާކުރުމާ ކަނޑައެޅިގެން ދެކޮޅު
ގިނަ އަންހެންކުދިން ފިރިހެނަކު ހޯދާއިރު އަޚްލާޤްގެ ބަދަލުގައި ބަލަނީ ހުންނަ ދެއްކުންތެރިކަމަށް. އޭގެ ހިތި ނަތީޖާ ތި ފެންނަނީ
ލޯތްބޭ ރައްޓެހިވެގެންނޭ ކިޔައިގެން ހަރާން ގުޅުންތައް ހިންގުމުން ނުކުންނަނީ ނުބައި ނަތީޖާ.
ހިޖުރަކުރާ ދޫނިތައް ހިމާޔަތްކޮށް އޭގެ ހާލުބެލުމަށް ވަގުތުން ޑޮކްޓަރުންވެސް ހަމަޖެއްސޭނެ އަދި ވިލާތުން ޢާއި ކާޅެއް ހިމާޔަތްކޮއްގެން ހަތާވަށާއިގެން ކުޅަދުރު އާއިނެއް އުޅޭހެން އުޅެން ލަދުގެކަންފުޅެއްވެސްނެތް ނިކަމެތިމީހާ ޓަކިދޭނެ ދޮރެއް ނުމެނެތްތާގާއި ގާނޫނޭ ވަޓަލަށްޕަނޭ ކިޔާއިގެން އަޑުއެރުވިދާނެ .
ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް
ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް
ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް
ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް
ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް
ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް
ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް
ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް
ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް
ޢިންޑިއާ މިލިޓަރީ އައުޓް ޢިންޑިއާ މިލިޓަރީ އައުޓް
އަނިޔާ އެއްކިބައިގަ އޮށްވަ ތިޔަ ފިރިހެންމިޙާ އާއި އޭނަގެ ރައްޓެހިން ކުރި ގޭންގް ރޭޕް އޯ؟ އޭގެ ޝިކާރައަކަށްވީ ކުއްޖާ ކޮބާ؟ އެކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދީފިތަ ޖެންޑަރުން
ކިހާ ދެރަވެއްޖެ ކަމެއް
ފުލުހުންގެ މުސާރަ ބޮޑު ކުރަން ފެނޭ. ޢަދި އިތުރަށް ވެސް ޕޮލިހުންނަށް ފްލެޓް ވެސް ދޭންވާނެ
ވެރިންނައް ވެރިކަމުގަ ތިބެވެނިކޮއް އެނިމުނީ ވަރިހަމަ އަނބިދަރިން އަޅުވެތިކޮއްފަވިޔަސް އެހެންވީމަ އޭގެ ހިތިކަން އުފުލަންޖެހެނީ ނިކަމެތި ރައްޔިތުމީހާ އަމިއްލަދަރީގެނަމުގައި ޓެކްސް ނަގާތަނައް ނަންކިޔާފައި ރައްޔިތުންކުރާމަސަތްކަތުންލޫދާމަދުފައިސަކޮޅުން ނަގާޓެކްސް ރުފިޔާއިން މުސަރަނަގައިގެން އަގުބޮޑު ހޮޓާތަކުގެ ފިނިކޮޓަރިތަކުގަ އަރާމްކުރުން ނޫންކަމެއްވޭބާ ލަދުވެތރިކަމެއްނެތި
ތީ ކުރީ ސަރުކާރުގެ މައްސަލަ.ސިދާތާ ވަކިކުރީމަ ވަކި ރަނގަޅު ވެއްޖެތަ؟
ފިޔަވަޅު އަޅަންވީ! އެޑިއުކޭޓް ކުރުން، އެވެއަރ ކުރުން، މިއިން އެއްޗެއް ކިޔާ އަދިވެސް ބޭކާރު އަނގަތަޅަން ފުރުސަތު ހޯދާނީ. ސަރުކާރުގެ މުނާފިގު ގޮތަކީ ހައްލު ފެންނަން އޮއްވަ އެނޫން އެއްޗިހި ތަކެއް ކިޔާ މައްސަލަ ބެލުން ލަސްކުރުން. މީހުން ކުރިމަތީ ކަމެއް ކުރާ ކަމަށް ހެދުން. ކަންބޮޑު ވާކަމަށް ދެއްކުން. މި ނުހައްގު އަނިޔާ އަށް ހަމައެކަނި އޮތް ހައްލަކީ ފިޔަވަޅު އެޅުން. ހައްގު އަދަބު ދީ!