ޤައުމީ އެއާލައިން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އައިޝަތު ޖެނިފާގެ ކޮޓަރިކޮޅު ސައުންޑް ޕްރޫފްކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ މޯލްޑިވިއަނުން ދޮގު ކޮށްފިއެވެ.
މީސްމީޑިއާގައި ޖެނިފާގެ ކޮޓަރު ސައުންޑް ޕްރޫފް ކުރުމަށް މޯލްޑިވިއަނުން ހަރަދު ކޮށްފައިވާ ކަމަށް ވާހަކަ ދެކެވެމުން އަންނަ ދަނޑިވަޅެއްގައި އެކަމާއި ގުޅޭ ގޮތުން "ވަގުތުން" ސުވާލު ކުރުމުން އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަން (ޕީއާރް) އަދި ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، މޯލްޑިވިއަންގެ ކުރީގެ މައި އިމާރާތް ކަމުގައިވާ ރާވެރިޔާ އިމާރާތް ބާވެގެން މުވައްޒަފުން އެކި ތަންތަނަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
ރާވެރިޔާ އިމާރާތަކީ އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މިހާދު އުޅުއްވާ އިމާރާތެވެ. އެމްޑީގެ އިތުރުން ބައެއް މުވައްޒަފުން ވެސް އެ އިމާރާތުގައި އުޅުއްވައެވެ.
"އެކިއެކި އެކި ތަންތަނަށް މުވައްޒަފުން ބަދަލު ކުރުމުގެ ތެރޭގައި އެމްޑީ ކުރިން ޑީއެމްޑީ ހުންނެވި ކޮޓަރިއަށް ބަދަލު ކޮށްފައި. އަދި ކުރިން އެކި ތަންތަނުގައި ތިބި ކުދިން އެއްތަނުން އަނެއްތަނަށް ބަދަލު ކުރީ. އެއްވެސް ގޮތަކަށް ޖެނީގެ ކޮޓަރި ސައުންޑް ޕްރޫފެއް ކޮށްފައެއް ނެތް" މޫސާ ވިދާޅުވިއެވެ.
މޫސާ ވިދާޅުވީ، ސައުންޑް ޕްރޫފް ކޮށްފައިވާ ކަމަށް ބުނާ ކޮޓަރިއަށް ކޮންމެ މީހަކު ވަނަސް އެތަނަކީ އެއީ ސައުންޑް ޕްރޫފް ކޮށްފައިވާ ތަނެއް ނޫން ކަން އެނގޭނެ ކަމަށެވެ. އަދި އެތަން ސައުންޑް ޕްރޫފް ކުރުމަށް 25،000 މޯލްޑިވިއަނުން ހަރަދު ކުރި ވާހަކަވެސް މޫސާ ދޮގުކޮށްފައެެވެ.
މޫސަ ވިދާޅުވީ، ތަނެއް މަރާމާތު ކުރުމަށް ރުފިޔާ ހަރަދުވާނެ ކަމަށާއި އެހެން ނަމަވެސް އެފަދަ ހަރަދެއް ކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
ސައުންޑްޕްރޫފް ކުރާނެތާ އެތަނުގައި ލައްވާ ހޭރުމުގެ އަޑު ބޭރަށް ނީވޭގޮތަށް
ހޯމް މިނިސްޓްރީއަށް ވީގޮތަށް މިވީ. އެއްފަހަރު ކޮއްފީމޯ،އަނެއްފަހަރު ނުކުރަމޯ. އަޅެ މި ސަރުކާރުގެ ދެ އުޅި އެއްވާ އެކަކުވެސް ނެތީތަ.
ާނިކަން އަމިއްލަ ކަށްވަޅު ސައުންޑް ޕޮރޫފް ކޮށްލެވޭތޯ މިއަދު އުޅުއްވަ ބައްލަވަ
ސައުންޑު ޕުރޫފް ކުރަންވީނޫންތޯ.. ކޮބާތޯ މައްސަލައަކީ.؟
ތިއީކީ އެއްވެސް މައްސަލައެއް އޮތްކަމެއްނޫން.
ވރ ފެލޭނެ ޖެނީ
މޫސަ ވިދާޅުވީ، އެފަދަ ހަރަދެއް ކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. ސޯ ބޭސިކަލީ ހީ ޑިޑްންޓް ޑިނައި ދެޓް.
ތިޔައީ ރައްޔިތުން ކިރިމަތީ ބަރަހަނާ ވެފައިތިބި މީހުނޭ ނޯ ރެސްޕެކްޒް..
އަޅެ ސައުނޑް ޕުރޫފް ކުރުމުގެ ބޭނުމެއް ކޮބާތަ؟ ދައްކާނެ ވާހަކަ ހުސްވެގެން ކޮންމެސް އެއްޗއްކިޔަނީ ދެން. ޗުސް....
ކޮޓަރި ތެރޭ މާ އަޑުގަދަ ވާތީ.
އޮފީސް ކޮޓަރި ނޫންތަނެއް ނެތީތަ ކުރާކަމެއް ކުރަން؟..ޒާތީވަނީ ޖެނީ އާ..އެހެރީ 5 ސްޓަރ ހޮޓާތައް ، ރިސޯޓްތައް، ރާއްޖޭން ބޭރަށްވެސް ދާންވީތާ..ސައުންޑޭ ކިޔައިގެން އެބޭފުޅާ ދެކެ ހަސަދަވެރިވާތީ ފިތުނަ ފަސާދަ އުފައްދަން ދައްކާ ވާހަކަ ހެން ހީވަނީ.
ބުލެޓް ޕުރޫފް ކު ރީ