އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން އަންނަ ނަރުހަކު އަމިއްލައަށް މަރުވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އައިޖީއެމްއެޗްގެ ޑައިލިސިސް ޔުނިޓުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ ނަރުހެކެވެ. އަދި އޭނާ މަރުވިތާ ދެ ދުވަސް ވެފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހަކު އަމިއްލައަށް މަރުވެފައިވާއިރު، މިކަމާއި ބެހޭ ގޮތުން އެ ހޮސްޕިޓަލުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މިފަދަ މައްސަލަތަކާއި ގުޅޭ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    އޭނާ އަމިއްލަޔަށް މަރުވިނަމަ، އޭނާގެ ފިރިމީހާ ދަރިއާއި، މަންމަ ދޫކޮއް އަވަސް އަރުވައިލައިގެން ފުރަންދިޔައީ ކީއްވެ؟ އޭނާ އެއަރޕޯޓައް ގޮސް އިމިގްރޭޝަން ޗެކް ކުރަން ދިޔައީމާ އިގުނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފައިވާކަން!