އޭނާއަކީ ޕީޕީއެމް އަދި ޑީއާރްޕީ މީހެެއްގެ ގޮތުގައި، އެ ދެ ޕާޓީގެ ބައެއް މެންބަރު އަދިވެސް ސިފަ ކުރާ ކަމަށާއި، ނަމަވެސް ދެކޮޅަށް ދުވާ މީހަކަށް ވާން ބޭނުން ނުވާ ކަމަށް ޔޫތް މިނިސްޓަރ މަހްލޫފް އަހުމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ އެކްސްކްލޫސިވް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ، ކުރިން އޭނާ ޕީޕީއެމްގައި މަސައްކަތް ކުރިއިރު ރައީސް ޔާމީނާއި ވަރަށް ބޮޑަށް ހިޔާލު ތަފާތުވިކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ތެރޭގައި އުޅޭ މީހުންނާއި އޮތް ރަހުމަތްތެރިކަމުގެ ގުޅުން އޮންނަ ކަމަށް ވިދާޅުވިއެވެ.
އަދި ރަށްރަށަށް ދަތުރުކުރާއިރު، ޕީޕީއެމް ބޭފުޅުން އަދިވެސް އޭނާއަކީ، އެ މީހުންގެ މީހެއްގެ ގޮތުގައި ސިފަ ކުރާކަމަށް މަހްލޫފް ވިދާޅުވިއެވެ.
"އެކަމަކު އަޅުގަނޑު ބޭނުމެެއް ނުވޭ އެއްގޮތަކަށްވެސް އަޅުގަނޑަކީ ދެކޮޅަށް ދުވާ މީހަކަށް ވާން، އަބަދުވެސް ހަމަޖެހިގެންތާ ސިޔާސީ ގޮތުން ކުރިއަށްދާން ވާނީ. އެހެންވީމަ އަޅުގަނޑާއި ދޭތެރޭގައި ޕީޕީއެމް އިން ކަންތައް ކުރިގޮތުން ކަންތައް ވީގޮތުން އަޅުގަނޑު އޭގެން ދުރުވެގެން އައިސް މިއަދު އެމްޑީޕީއާ އެކީ، އަޅުގަނޑު މިއަދުގެ ހުރިހާ މަސައްކަތަކަށް ވާނީ މި ޕާޓީ ކުރިއަރުވައި މި ޕާޓީ އަލުން ވެރިކަމަށް އަންނަންވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން". މަހްލޫފް ވިދާޅުވިއެވެ
މަހްލޫފް ވިދާޅުވީ، އޭނާއަކީ އެމްޑީޕީ މީހެއް ނޫންކަމަށް ޕާޓީގެ ބައެެއް މެންބަރުންނަށް ސިފަވާ ކަމަށެވެ.
"އެ މީހުންނަށް ޔަގީންވާ ވަރަށް އަޅުގަނޑު މަސައްކަތް ކުރާނަން، އިރާދަކުރެއްވިއްޔާ މަސައްކަތްކޮށްގެން އެބޭފުޅުންނަށްވެސް ޔަގީންވާވަރަށް އަޅުގަނޑު މަސައްކަތްކޮށްދޭނަން، އޭގެން އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އިންތިހާބު މިހާ ރަނގަޅަށް ކާމިޔާބު ވެގެން ދިއުން އެމްޑީޕީގެ އާއްމު މެންބަރުން އަޅުގަނޑަކީ %100 އެމްޑީޕީ މެންބަރެއް ކަމަށް ގަބޫލުކޮށްފި" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ، ޕާޓީ ތެރޭގައިވެސް މާޔޫސްވާ ކަންތައްތައް ދިމާވާ ކަމަށާއި، ނަމަވެސް އާއްމު މެންބަރުން ބަލައިގަންނަ ނަމަ ފަހަތަށް ނުބަލާ ކުރިއަށްދާނެ ކަމަށެވެ.
މަހްލޫފް ފުރަތަމަ ސިޔާސީ ހަޔާތް ފެށީ ޑީއާރްޕީ އިންނެވެ. އޭގެ ފަހުން ޑީއާރްޕީގެ ޒެޑް ފެކްޝަނުން ޕީޕީއެމް އުފެއްދިއިރު ޕީޕީއެމް އަށް އޭނާ ބަދަލުވިއެވެ. އޭގެ ފަހުން ޕީޕީއެމްއިން ވަކިވެ ދެން ގުޅުނީ އެމްޑީޕީ އާއިއެވެ.
ތީ ރަގަޅު ވާހަކަ އެއް ލަދުކުޑަވިއަސް ބޮޑުވަރު އަންނައުނުލަނީ ކީކުރަންބާ؟
މިއީ ހަމަ ކާޅެއް
އޯ ކިތައްވަނަ ޕާޓީގަ ތޯ މިހާރު ތިހުރީ. އަދި ތިޕާޓީވެސް ބަދަލުކުރާނެ.
އެއްގޮތަކަށްވެސް ނުދުވޭ
ރައީސް ޔާމީންއާ ޚިޔާލު ތަފާތުވީ އޭނާ އެދުނުވަރައް ރައީސްޔާމީން ރީލޯޑު ކޮއްނުދިނުމުން ދެން އެއްޕާޓީން އަނެއްޕާޓީއަކައް ނުދުވޭތާ މިހާރު ބޮޑުޕާޓީއަކައް ނުގޮސް ހުރީ ހަމައެކަނި ޖުމްހޫރީ ޕާޓީކަންނޭންގެ
ވަގުބެ ފައިސާއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. މމޕއރސ ގެ ވަގުބެ
މަނިކުފާނު ކިތައް ޕާޓީއަކަށް ވަޑައިގެންނެވިއްޖެތޯ؟
އެޔެއް އެނގޭނީ ރިލޯޑް ކުރާ ވަރަކުން ދޯ ؟؟ ޙެހެހޭ
ޑީއާރު،ޕީ ، ޒެޑްފެކްޝަން ، އަދީބްބުރޯގެ ޑޮލަރު ފެކްޝަން ، ޕީޕީއެމް ، އެމްޑީޕީ އަންނި ފެކްޝަން ، އެމްޑީޕީ އިބޫ ފެކްޝަން. .
މިހާވަރަށް ޕާޓީތަކަށް މީހަކަށް ދުވޭނީ،، ދޮނގު ހެދިޔަސް ، މޮޔަކަން ނުފިލިޔަސް ބޮޑުވަރު...
ސަާބަސް މިނިސްޓަރ... ތި އެންމެގާބިލު ހިންގުންތެރި މިނިސްޓަރު👌👏👏
ރަގަޅުވާހަކައެއް އެއްޕާޓީންއެނެއްޕާޓީއަކައްނުދުވާނެ ދުވާ ނީ ދިއްކޮއްލާ ލާރިކޮޅެއްގެފަހަތުން ރީތިވާނެ އަނގަ ނުހުޅުވާ މަޑުމަޑުންހުރިއްޔާ އަހަރެމެންގެ ދުލުގައި ހިފާ ނުދަމާ އަދިވަރައްގިނަވާހަކައެބަހުރި
ޓިސްޓިސް ލިބޭ ދިމާއަކަށް ދޯ ދުވަނީ. އެމްއެމްޕީ އާރު ސީ ގެ ލާރިގަނޑަކީ މީގެ ދަލީލެއް
ޕާޓީގައި ތެޅެމަރުވިއަސް ހަމަ ގައިމު މަށެއްނުދެކެން ތީއެމްޑީޕީ މީހެއްކަމަށް ތީ އެމްއެމްޕީއާރުސީގައި ބެދި ޕާޓީއިން ޙިމާޔަތް ދީފައިވާ މީހެއް އިސްތިއުފާ
ބޭނުން ނުވިޔަސް އެހެން ވެފަ އޮތީ… ދެންވެސް ދުވާނީ ހަމަ ވައި ހުރި ކޮޅަކަށް..
މިހާރު މީނަޔަކީ މިގައުމުގެ މުއްސަންދިންގެ ތެރޭގަ ހިމިނޭ މީހެކޯ އެއީ ތެދެއްބާ؟
އެއްގޮތަކަށްވެސް ނުވެސް ދަންނާނެ ދުވަން ! ކަލޭއަށް ހީވަނީ މިގައުމުގެ ރައްޔިތުން ތިބީ ދެލޮލަށް އެއްޗެއް އެޅިފަ ކަމަށްތަ؟ ކުރިން ހުރީ ކޮން ޕާޓީއަކުތޯ؟ މިހާރު ކޮން ޕާޓީއަކުތޯ ތިއުޅެނީ ؟
މީލަންކާ މީހެއްތޯ ނޫނީ ބަގްލާދޭޝް ނޫނީ އިންޑިއާމީހެއްތޯ އެއީ މީނާއަކީ ޑީއާރޕީއޭކިޔާޕާޓީެއްގެ އުޅެފައި އެމްޑީޕީއޭކިޔާޕަޓީއަކައް ރޭގަނޑެއްގެ ދަންވަރު ގޮއްސަ އަނެއްކާ ދީއާރޕީއާގުޅިގެން އުޅެފައި އަނެއްކާ ޕީޕީއެމްކިޔާޕާޓީއެއްގައި އުޅެފައި އަނެއްކާ އެމްޑީޕީއޭ ކިޔާޕާޓީއަކައް ވަދެގެން އުޅެ ދިވެއްސެއްނޫންތޯ މިއުޅެނީކިގަރުނެއްވެގެންނެއްނޫން ދެއތޯ ވީކަންތަކެއް ހަދާންނެތިގެން އަލައްދުނިޔެ އައް އައިސްގެންނެތް ކީއްތޯކުރާނީ ކުއްޅަވައްފަލު ރަނިން ނަންވާނީ
މިފަހަރުލިބުނުއަދަދަށްވުރެ މަދުންލިބިގެންނާއި މިނިސްޓަރެއްގެ ވަޒީފާ ހަމަނުޖެހޭނަމަ ނުދާނަމޭތޯތިޔަވިދާޅުވީ؟ ދައުވާކުރަން ފޮނުވައިފިނަމަސަރުކާރު" ބަރަހަނާ" ވާނެކަމަށްބުނެ ބިރުދައްކައިގެންނޫންތޯ މިހާރުވެސްތިޔަހުންނެވީ! ވީމާ، ބާޒާރުގައަގުއުފުލޭތޯތިކުރާމަސައްކަތްބަލަން ރޯގާނުޖެހިސަލާމަތުންތިބިމީހުން މިޤައުމުގަމަދެއްނޫން!!!!!!
ކަލޭރީލޯޑުކުރެވޭނެ ކޮންމެ ޕާޓިީއަކުންވެސް
ދިލޯޑެއް ކޮށްލީ ދުއްވައިގަތީ
ޑީއާރުޕީން ޕީޕީއެމްއަށް ދެން އެމްޑީޕީ ކިތައް ޕާޓީ ވެއްޖެ