ހދ. މަކުނުދޫގައި ބަލި މީހަކު ބަރޯއެއްގައި ސިއްހީ މަރުކަޒަށް ގެންދިއުމުން މެމްބަރު މުހައްމަދު ރާއީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި އަދާލަތު ޕާޓީއަށް ފާޑުވިދާޅުވެއްޖެއެވެ.

ބަލި މީހަކު ބަރޯއެއްގައި މަރުކަޒަށް ގެންދިޔަ ފޮޓޯއާއި ވީޑިއޯ މީސް މީޑިއާގައި އާއްމުވުމުން ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ސަރުކާރަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކުން ސަރުކާރު ދިފާއު ކުރުމަށް ނިކުންނަވާފައި ވަނީ އެދާއިރާގެ މެންބަރު ރާއީއެވެ.

ބަރޯއެއްގައި ބަލި މީހަކު އުފުލުމުން އެކަމަށް އިޝާރާތްކޮށް މެމްބަރު ރާއީ ވަނީ މިކަމަކީ ސަރުކާރު ކޯލިޝަންގައި އަދާލަތު ޕާޓީ އޮވެ އަދާލަތުން އިދިކޮޅު ފަރާތްތަކާއި ގުޅިގެން ހިންގި ކަމެއް ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި އަދާލަތު މަސައްކަތް ކުރަނީ ސަރުކާރުގައި އޮވެ އެޕާޓީގެ ވަރުހުރިކަން ދެއްކުމަށް ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

"ނަމަވެސް އެކަން ނުކުރެވޭނެ. އަދި އިތުބާރުނެތް ކަމުގެ މައްސަލަ ވައްދާނަން." ރާއީ ވިދާޅުވިއެވެ.

ރާއީ މިއަދު ވިދާޅުވީ ސަރުކާރުން މިހާރު ރާއްޖެ ގެނެސްފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން އެމްބިއުލާންސެއް މަކުނުދޫއަށް ފޮނުވާނެކަމުގެ ޔަގީންކަން ސަރުކާރުން އޭނާ އަށް ދީފައިވާ ކަމަށެވެ.

 

ރާއީ މީގެ ކުރިން ވެސް ވަނީ މަޖިލީހުގައި އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރާއީ އާއި އިމްރާންގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ އެއްމައްސަލައަކީ ހދ.ނޭކުރެންދޫގައި ޖަލެއް އެޅުމުގެ މަޝްރޫއުއާއި ގުޅިގެންނެވެ. އެމަޝްރޫއު ކުރިއަށް ގެންދަން ރާއީ އިންވެސްޓަރުންތަކެއް ގޮވައިގެން ދިޔަ ކަމަށް އިމްރާން މަޖިލީހުގައި މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢހ

    މަޖިލީހަށް ވައްދާފަ ވޯޓަން އަހަންވާއިރަށް ތިޔަ ގަމާރު ރާއީ ބުނާނެ ސޭކް ފަހަރި އަށް އިތުބާރު އެބައޮތޯ.... މީ އެެއްމެން ދަންނަ ކަމެއް. ތިކަހަލަ ހިމާރުންނާއި، ގަމާރުން މަޖިލީހަށް ވެއްދީމަ މިހިރަ ފެންނަނީ ވަމުންދާގޮއި. ޥ ވާހަކަ.

  2. ބިންގޯ

    ރާއި ކަލޯ އެމް ބިއުލަންސް ދުއްވަން ދޭބަލަ

  3. ބަރުލަމާނީ

    ރާއީ ކޯލިސަން ސަރުކާރުން މަހުލޫފާ ޖައްސާލިހެން މިހާރު އެއުޅެނި އިމްރާނާ ޖައްސައިލައިގެން މީ ސިޔާސީ ކުޅިގަނޑެއް އިމްރާނުގެ އަނގައިގައިގައި ޓޭޕް އަޅުވާނެ ބަލަންތިބޭ

  4. ރާއޯ

    ތިޔަރާއޯމެން ހޮވިމީހުން ޒިންމާވާންޖެހޭނީ އެއީ އެކަހަލަނާގާބިލްމީހަކު ހޮވިކަން މިކަހަލަ މަޖްލިސް އައް އޭސަހަރޯ ގައުމުމެއްނެތް

  5. ބީރުމީހާ

    މޮޔަ ކަލޯ ތިޔާބުނާ އެންބިއުލާންސް ގެންދާނަމޭ ބުނީތާ އަދި ނުގެންދޭނު ގެންދަންދެން ބަލިމީހާ ގޭ ބާއްވަންވީތާ
    މަށަށް ގޯހީ މިނިސްޓަރު ނަސީމީ ޕާކް ނަސީމޯ

  6. ސަލާމް

    ބޮލަށް ފިތިފަތިބި މަޖިލިސް މެމްބަރުން ތިބެންޏާ ވާނީ މިހެން.ބަލި ގަބޫލެއްނުކުރާނެ.