މިއަދު ރާއްޖެ އިން އިތުރު 55 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެވެ.

މިއަދު މާލެ އިން ވެސް އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ވެސް ފައްސިވީ 21 މީހުންނެވެ. އިތުރު 13 މީހަކު މިއަދު ރިސޯޓްތަކުން ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 3063 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވީ %1.80 މީހުންނެވެ.

މިއަދަކީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި ރާއްޖެ އިން އެންމެ މަދުބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 112 މީހުން މިއަދު ކޮވިޑުން ރަނގަޅުވިއެވެ. މިއަދަކީ ފާއިތުވި ދިހަ ދުވަސް ތެރޭގައި އެންމެ ގިނަ ބަޔަކު ކޮވިޑުން ރަނގަޅުވި ދުވަހެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބީ 1322 މީހުންނެވެ. އޭގެތެރެއިން 18 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 1796 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 86605 އެވެ. އޭގެތެރެއިން 85030 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 240 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު