20:47

ހޮންގްކޮންގް އިން ދިވެހި އަންހެނަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

ކޮވިޑް-19 ކޮންޓްރޯލް ނުވެ ހަލުވިކަމާއިއެކު ފެތުރިގެން ދިޔަ އެއްސަބަބަކީ ޑެލްޓާ ވޭރިއަންޓެވެ. މިހާރު އަނެއްކާވެސް މިވަނީ ޑެލްޓާ ޕްލަސް ވޭރިއަންޓެއް ސައިންސްވެރިންގެ ސަމާލުކަމަށް އައިސްފައެވެ. މިވޭރިއަންޓްގެ މާބޮޑު ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް މިއީ އަނެއްކާވެސް އިތުރު ނުރައްކަލަކަށް ވެދާނެ ކަމުގެ ބިރު އެބައޮތެވެ.

ކޮވިޑްގެ ހާލަތައް ބަލާއިރު ކޮވިޑަށް ދުނިޔެ އިން ފައްސިވާ މީހުންގެ ޖުމްލަ އަދަދު މިމަހުގެ ކުރީކޮޅު ކޮންމެވެސް ވަރަކަށް މަދުވި ނަމަވެސް މިހާރު އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ކޮވިޑްގައި މަރުވާ މީހުންގެ ޖުމްލަ އަދަދު ވެސް ދަށެއް ނުވެއެވެ. އެހެންކަމުން ކޮވިޑުން އަރައި ގަނެވުނީކަމަށް ގަބޫލު ކުރަން އަދި މާއަވަހެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 1322 މީހުންނެވެ. އޭގެތެރެއިން 18 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 1796 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 86605 އެވެ. އޭގެތެރެއިން 85030 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 240 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.