ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، "އޭޑީ އެސްޓްރާ: ރައިދާސް މޯލްޑިވްސް ސްޕްރިންގ ސަމަރ ކަލެކްޝަން 2022" އިފްތިތާޙުކުރުމުގެ ޙަފްލާގައި ރޭ ބައިވެރިވެވަޑައިގެންފިއެވެ.

ދަ މެރީނާ އެޓް ކްރޮސްރޯޑްސްގައި ބޭއްވެވި މި ޙަފްލާއަށްފަހު ރައީސްގެ ދެކަނބަލުން ވަނީ 'ރައިދާސް މޯލްޑިވްސް ފިހާރަ ވެސް ބައްލަވާލައްވާފައެވެ. އެ ދެކަނބަލުންގެ އަރިހުގައި ފިހާރައިގެ ވެރިފަރާތް އަދި މަޝްހޫރު ޑިޒައިނަރެއް ކަމުގައިވާ ރައިދާ ޝަފީގް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައިދާސް މޯލްޑިވްސް އަކީ 2015 ވަނަ އަހަރު ވުޖޫދަށް ގެނައި ދިވެހި ފެޝަން ލޭބަލްއެކެވެ. މި ލޭބަލް ހާއްސަކުރެވިފައި ވަނީ އަންހެން ބޭފުޅުންގެ ތަފާތު ވައްތަރުގެ ހެދުންތަކަށެވެ. ފާއިތުވި އަހަރުތަކުގައި ރައިދާސް މޯލްޑިވްސްގެ ހެދުން ކަލެކްޝަންތައް ވަނީ އެކި ގައުމުތަކުގައި ދައްކާލައި، ފެޝަންގެ ދުނިޔޭގައި މީހުންގެ މަގްބޫލުކަން ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޥަގުތު

    މި ރައީސް ހީވަނީ ކުރާނެ މާ ބޮޑު މަސައްކަތެއް ނެތި ވަގުތު ގިނަ ވެގެން އުޅޭހެން.

  2. ދޯދި

    ރައީސްގެ އަނބިގޮއްޔެ ލާން ރަނގަޅު... އެގޮއްޔެ ނިދާހެދުން ލައިގެނވެސް ރަސްމީޔާތަށް ދާހެން ހީވޭ....