"އިންޑިއާ މިލިޓަރީ އައުޓް" ނަމުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ހިންގާ ހަރަކާތަކީ އިންޑިއާ ސަރުކާރުގެ ޚާރިޖީ ސިޔާސަތާ ދެކޮޅަށް ހިންގާ ހަރަކާތެއް ކަމަށާއި އިންޑިއާގެ ރައްޔިތުންނާ ދެކޮޅަށް ކުރާ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

"ޗެނަލް 13" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ޝިޔާމް ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން އިސްވެ ހިންގާ ހަރަކާތުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ޚާރިޖީ ގުޅުމަށް ބުރޫއު އަރާފާނެ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެ ހަރާކާތުން ދެކޮޅު ހަދަމުން ދަނީ އިންޑިއާ އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު އަދި ދިފާއީ ސިޔާސަތުތަކަށް ކަމަށެވެ. އެ ސިޔާސަތުތަތަކީ ދިވެހި ރައްޔިތުންގެ އިތުރަށް އިންޑިއާ ރައްޔިތުން ވެސް ދެކޮޅުވާނެ ސިޔާސަތުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ނުދެކެން އިންޑިއާ ސަރުކާރުގެ ސިޔާސަތަކީ ވެސް އިންޑިއާ ރައްޔިތުން ވެސް ބޭނުންވާނެ ހެނެއް. ވަޒީފާއަށް ވެސް، ފަތުރުވެރިއެއް ގޮތުގައި ވެސް، ސެލެބްރިޓީސް ވެސް އެބަ އާދޭ [ރާއްޖެއަށް]، އެ މީހުން ބޭނުން ނުވާނެ ރާއްޖެ އަޅުވެތި ކުރާކަށް،" ޝިޔާމް ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުގެ ސިޔާސަތުތަތަކުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާތީއާއި އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ ދިވެހިން ދެކޮޅު ވާނެ ކަން އިއްޔެ ކުރިއަށް ގެންދިޔަ ހިނގާލުމުން ވެސް ފެންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އިންޑިއާ މިލިޓަރީ އައުޓް" އަދި "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ހަރަކާތެއް އިފްތިތާހްކޮށް، އޭގެ ކެމްޕޭން ހަރަކާތްތައް ބާރަށް ކުރިއަށް ގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިންޑިއާއިން މަސައްކަތް ކުރަނީ ރާއްޖޭގައި އެ ގައުމުގެ ޖާސޫސީ މީހުން ވެސް ތިބޭ ގޮތަށް އަސްކަރީ މަރުކަޒެއް ގާއިމް ކުރަން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް އެ ކަން ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އިންޑިޔާ އެއީ ދިވެހިންނަށް ހެޔޮއެދޭ ބައެއްނޫން އެމީހުން އުޅެނީ ދިވެހިން އަޅުވެތިކުރަން ، މިހާރު ބަގުލަދޭސް ވެސް ގެރި މޯދީގެ ނުފޫޒުން އިސްލާމްދީން އެއީ އެގައުމުގެ އަސްލުދީން ނޫންކަމަށް އެނިންމަނީ މުޅި ގައުމު ހަލާކުގެ ތެރެޔަށް ވައްޓާލީ

  2. ހާލިދާ

    އިންޑިޔާގެ ފަސްޓް ސެކެޓަރީ ގޮވާގެން ސަލަތައި ތެރޭގައި ކޮފީބޯންޝިޔާމްއިންނައިރު އިގޭ އިންޑިޔާގެ އުގުތެރޭގަ އިދިކޮޅު ޑީލަރުން ތާޝިވެފައި ތިބި މިންވަރު

    2
    1