ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ މަޝްރޫއުގެ އޮޑިޓް ރިޕޯޓުގައި ހުރި ކަންތައްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުއާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން ފްލެޓްތަކުގެ ހިސާބުތައް ހަދާފައިވަނީ ގޯސްކޮށެވެ.

ރިޕޯޓުގައި ބުނީ ހައުސިން ޔުނިޓަކަށް މަހަކު ދައްކަންޖެހޭ ކަމަށް 2018 ވަނަ އަހަރު ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ (މެއިންޓަނަންސް ހަރަދުގެ ގޮތުގައި -/1000 ރުފިޔާ ހިމަނައިގެން -/6600 ރުފިޔާއަކީ، އީއެމްއައި މެތަޑާ އެއްގޮތަށް ހަދާފައިވާ ހިސާބެއް ނޫންކަމަށެވެ.

ނަތީޖާއެއްގެ ގޮތުން، އެ އަދަދަކީ މަޝްރޫއު ހިންގަން ނެގި ލޯނުތަކާއި، ރީފައިނޭންސިން އަށް ނެގި ލޯނުތަކަށް ދައްކާ އިންޓްރެސްޓާއި ލޯނު އަނބުރާ ދެއްކުމަށް ދާނެ ކޭޝް ފްލޯއަށް ރިއާޔަތް ކޮށް ކަނޑައެޅިފައިވާ އަދަދެއް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ވަގުތު"އަށް މިއަދު ވިދާޅުވީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ދިރާސާކުރަމުންދާ ކަމަށެވެ. އެ މަޝްރޫއުއަކީ ބޮޑު ހަރަދެއްގައި ގެއްލުންވާ ގޮތަށް ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުއެއްކަން ރިޕޯޓުން ސާފުވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ކުރިންވެސް އަޅުގަނޑުމެން ދައްކަމުން ދިޔަ ވާހަކަ އަކީ އެއީ ހަރަދު ބޮޑުކޮށް ގެއްލުމުގައި ކުރިއަށް ގެންދިޔަ ހައުސިން ޕްރޮޖެކްޓެއްކަން" މަބްރޫކް ވިދާޅުވިއެވެ.

ހައުސިން ޔުނިޓަކަށް މަހަކު ދައްކަން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ -/1000 ރުފިޔާ ހިމަނައިގެން -/8500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް- ކޭޝްފްލޯގެ ގޮތުގައި 138 މިލިއަން ރުފިޔާގެ ޑެފިސިޓެއް ވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ޔުނިޓަކަށް މަހަކު ދައްކަން 2018 ވަނަ އަހަރު މިނިސްޓްރީން ނިންމާފައިވާ -/6600 ރުފިޔާ އާއި 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ -/6500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ހަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

ރިޕޯޓްގައި ބުނެފައި ވަނީ އެޗްޑީސީ އިން ކޮށްފައިވާ ހިސާބަކީ ކުންފުނިން މި މަޝްރޫޢުއަށް ނަގާފައިވާ ލޯނުތަކާއި، މަޝްރޫއުއާ ގުޅުންހުރި އެހެނިހެން ކަންކަމަށް ކުރަންޖެހޭ ހަރަދުތަކަށް ރިއާޔަތްކޮށް، ހަދާފައިވާ ހިސާބެއްކަމާއި، މި އަގަށްވުރެ ކުޑަ އަގެއްގައި ޔުނިޓުތައް ސަބްސިޑައިޒްކޮށްގެން ވިއްކާނަމަ، ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. މުފައްކިރު.

    9.2ބިލިއަން ގެއްލުންވަނީ ރައްޔަތުންގެ ބޯހިޔާވަހި ކަމަށް. ރައްޔަތުންގެ ބޯހިޔާވަހި ކަމުގެ ޕްރޮގްރާމަކީ ސައްތައިން ސައްތަ ފައިދާވާން ޖެހޭ ކަމެއްނޫން. ރާއްޖެތެރޭގައި މަހުކުލި 3550ރުފިޔާ އަށް ހައުސިން ޔުނިޓް ދޫކޮށްފައިވޭ. އަދި އެއަށްވުރެ ކުޑަ އަގެއްގައިވެސް ދޫކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބުނު.
    ރައްޔިތުންނަށް ފާގަތި ދިރިއުޅުމަކަށް މަގު ފަހި ކުރުމަށް ސަރުކާރުން ހޭދައެއް ކުރަން ޖެހުމަކީ ބޮލުގަ ވީދަން ޖެހޭ ކަމެއްނޫން. ގައިމު އެކަން ކޮށްފައިވާނީ ރައްޔަތުންނަށް ރަގަޅަކަށް. ރައްޔަތުންގެ ސަރުކާރު. 9.2 ބިލިއަން މައިނަސްއެވަނީ 25 އަހަރުން. އެފައިސާ 25 އަހަރަށް ބަހާލީމަ ފްލެޓަކަށް ދެވޭ ސަބްސިޑީޒް ބޮޑެއްނޫން. ކޮންމެ ކަމެއް ސިޔާސީ ނުކުރައްވަން ހަދާގެން ލިބޭނީ ލަނޑު. ރައްޔަތުން ވިސްނާގޮތް ތަފާތު.

    47
    1
  2. ހުދހުދ

    ހިތްބުނަނީ ހާދަގަމާރޭ ބޮޑެތި ޒިމްމާދާރު މަގާމުތަކުގައި ތިބޭ މީހުންވެސް. ސަބަބކީ "ސޯޝަލް ހައުސިން" އަކީ ކޮބައި ކަމާ އެފަދަ ހައުސިން މި ހަދަނީ ކޮންބަޔަކަށް ކަމާ... މިކަން ރާވާ ހިންގަނީ ސަރުކާރުތަކުން ކަން ނޭގޭތީ.... ޕްރައިވެޓް ކުންފުނިތަކުން ލޯނުތައްނަގައިގެން ފައިދާވާ ގޮތައްވިއްކަން އަޅާ ގެ ތަކުގެ އަގުހަދާހެން ސޯޝަލް އަހުސިންގެ އަގުހަދަން ޖެހޭނެކަމަކަށް ނިކަމެތި ރައްޔިތަކު ގަބޫލެއްނުކުރާނެ.....

    52
    1
  3. ެއަސްލު ހަގީގަތް

    ބަލަން ތިބޭތި ސަރުކާރު އޮރިޔާން ވާތަން.. އަދި ދުވަސް ކޮޅަކުން ތި ހުރިހާ ހިސާބު ތަކުގެ ތަފްސީލް ސޯޝަލް މީޑިޔާގަ ހާމަވެގެން ދާނެ.. ބެނާތައް ހިފައިގެން މަގުމައްޗަ ނިކުންނަ ދުވަސް ވަރަށް ގާތް ވެއްޖެ......

    50
  4. މާލް

    ތިކަމާކޮންފިޔަވަޅެއް އަޅާކަށް، އަތައްގޮވާފަ ތިއޮތީ ކަލޭމެންގެ ނަގާބިލުކަން ހާމަވުން ނޫން ކަމެއް އެބަވޭތަ. ފިޔަވަޅު އަޅަންޏާ އެމްއެންޕީސީއާރު ފައިސާ ކޮޅުގޮހޮރަށްކައިގެން ތިބި މީހުންނަށް ފިޔަވަޅުއަޅާބަލަ. 38މ ގެ ކަޅުދަބަސް އަށް ފިޔަވަޅު އަޅާބަލަ. ޢޭއްޗެކޭ މީއްޗެކޭ ކިޔައިގެން ތިތާ އަގުހެޔޮނުކޮށް ތިބެބަލަ. މާލޭ ކުލީގެ އަގުވެއްޓެމުން ދާތީ ތެޅޭތެޅުންތީ.

    16
  5. ޙަސަނާ

    ތަމެންނައް ތިއުޅެނީ އެއްކަމެއްވެސް ނުވެގެން ކޮބާ ބުރިޖު ކޮބާ 20 ހާސްފުލެޓު ހީހީ ހާލާކެއްފަނުވާނެތް.ކަލޭމެންނާހެދި މަބުރޫކުމާވެގެންނޫޅެބަލަ ކަލެއަކީ އަމިއްލައެދުމާއިގެން މަގުމަތީ ތެޅިބޭލީ މީހެއް..

    16
  6. މާމީ

    ކޮބާތަ ކަލޭމެން ތިޔަފުލެޓުތައް ނުނިއްމާ ވިދުވަސް ތައް ތިކަމައް ފިޔަވަޅު އަޅަން ޖެހެނީ މިސަރުކާރުން ތި ފުލެޓު ތަކައް އިހުމާލުވި ވެރިންނައް ޚާއްސަކޮއް ރައީސައް

    14
  7. ކޮވިޑް

    ޖީއެމްއާރު އަށް މާލޭގެ މައި ދޮރައަށި ދިނީ މި ޤައުމަށް ކިހާ ބޮޑު ފައިދާ އެއް ވާގޮތަށް ތޯ؟ ރެހެންދި ފުލެޓުން ކަޅުދަބަސް ރައީސް މީހާ ގެންދިޔަ ކަމަށް އެ ބުނަނީ ޤައުމަށް ކިހާ މަންފާ އެއް ވާތީތޯ؟ މަބުރޫކު ދަރުބާރުގެ އަށް ހަކުރު ގަތީ ކޮފީ ވިއްކީ ޤައުމަށް ކޮށްދިން ސޮދަގާތެއް ގޮތައްތޯ؟ ރައްޔިތަކަށް ލުޔެއްވަންޏާ އެކަމެއް ވާނެ މިސަރުކާރުން ހުއްޓުވުނު ގޮތަކަށް ހުއްޓުވަން، ބޮޑުވަރު ހުވާ.

    13
  8. މާހިރު

    ހުސްދޮގު
    ތިއުޅެނީ މުއިއްޒުގެ ދުވަސް ދުއްވާލަން
    ތީ ރާވައިގެން ކުރިއަށް ގެންދެވޭ ބޮޑު ޖަރީމާއެއް

    46
  9. އޮޑިޓް

    އެހެން ބަޔަކު އައިސް ތި އޮޑިޓް ކޮއްލާ އިރު އޮންނާނީ ބިލިއަނުން ފައިދާވެފަ. އޮޑިޓް ވެސް ދަނީ އެބަޔަކު ރުހޭގޮތަކަށް ފައިދާ އާއި ގެއްލުން ވާގޮތަށް

    40
  10. ދިނަށަ

    އޯގާތެރި ދިވެހިންގެ ރައީސް ރައީސްޔާމީން ދިވެހިންނައްޓަކާ ތިޔަކޮއްދެއްވި ބުރަމަސައްކަތްޕުޅައް ފައްފަށުން ޝުކުރުދަންނަވަން މިއަދުގެ މިރިޕޯޓުންވެސް ހާމަވެގެން އެދިޔައީ މިސަރުކާރުން ރައްޔަތަކައް ކަމެއް ނުކޮއްދެވޭނެކަން ބަޔަކުމީހުން ކޮއްފަހުރިކަމެއް އަނެއްމީހާއައް އެކުރިގޮތް ނޭންގުމަކީ ތިމާމެންގެ ފެންވަރު ވަޒަންކުރެވޭކަމެއް

    13
  11. މުހައިމިން

    ހިޔާ ފުލެޓޭ ކިޔާފަ ކިތަންމެ އެއްޗެއް ކިޔަސް ކަލޭމެން އަދި 2023 ގަ އަހަރުމެން ފައިބުޑަށް ވެއްޓިގަންނާނެ. މިއީ ތިރިސްހާސް މީހުން އެކަން ހަދާނުގަ ބަހައްޓާތި

    47
  12. ހިޔާގެ ޓެނަންޓެއް

    2023 ގައި އަޅުގަނޑުމެން ވެސް ފިޔަވަޅު އަޅާނަން، އިންޝާﷲ

    48
  13. ފައުޒީން

    7000 ނިކަމެތި އާއިލާއަށް އާދައިގެ ގެދޮރެއް ހޯދަދިނުމައް މަލްޓިބިލިޔަންޑޮލަރުގެ ޓުއަރިޒަމް އިންޑަސްޓުރީއެއް އޮންނަގައުމެއްގެ ސަރުކާރަކައް 130 މިލިޔަން ރުފިޔާ ނުވަތަ 8.4 މިލިޔަން ޑޮލަރު ސަބްސިޑައިޒް ކޮއްލުމަކީ އެއީ އެއްވެސް އެއްޗެއްނޫން. އެއާއިލާތަކުގެ އަތުން ޖީއެސްޓީ ފައިސާ ނަގައިގެން ސަރުކާރުގެ ހިންގާއިރު ދެން ކޮން ގެއްލުމެއްގެ ވާހަކަތޯ ތިޔަ ދައްކަނީ. ސޯޝަލް ހައިޒިންނަކީ ވިޔަފާރިއެއްތަ.؟ އަޖާއިބު..

    15
  14. މމުސ

    މީހަކަށް ، ބަޔަކަށް އަނިޔާއެއްދިނުމަށް ރޭވުން ނުންކަމެއް ނެތީތޯ. މަކަރާހީލަތުން އައިސްފަ ތިބިބަޔަކަށް ތިނުން ގޮތެއް ނޯނާނެ. އަނިޔާވެރިނަށް ހުރިހާގޮތަކުން ވާނީ ނާކާމިޔާބު.

    14
  15. ހިޔާ ވެރީން

    ބޭނުންހާ އެއްޗެއް ނުހެދޭނެ، ސަރުކާރަށް ނޫނެކޭބުނަން ވަރަށް އަވަހަށް ނިކުންނާނެ.އެކަން އޮންނާނީ ކައުންސިލް އިންތިޙާބުން ވެސް މާލޭ ރައްޔިތުން ދައްކާފަ.ނިމުން ވަރަށް ހިތިވާނެ ތިބައިގަނޑުގެ.

    13
  16. އިބްރާހިމް

    ފްލެޓްތަށް ހަވާލުކުރުން ލަސްވެގެން ލިބުނުގެއްލުމުގެ ބަދަލުދޭނީ ކޮން ސަރުކާރަކުންތޯ؟

    10
  17. އިބްރާހިމް

    ރ ޔާމީން ސަރުކާރުގައި 3 ކޮޓަރި އެޕާޓްމަންޓް ނިންމާފައި 7500ރ ދީފައިވޭ. ނާގާބިލް ސަރުކާރު އިސްތިއުފާދެއްވާ

    14
  18. ޑެކުނު

    މޮޔަ ގޮވަނީ. ސަރުކާރުން ރައްޔަތުން ނަށް ދެއްވި ލުޔެއް އަބުރާ ނަގަން މަސައްކަތް ކުރާނީ މޮޔަ ބައެއް.

    11
  19. އެމީހާ

    ދެހާސްތޭވީހުގައި އަހަރުމެންއަޅާފިޔަވަޅު މާވަރުގަދަވެފައި މާބޮޑަށް ލަދުގަންނަވާ ލާނަން. ތިތަކުޅެނީ ނުބައި ގޭމެއް.

    11
  20. ބީރުމީހާ

    ހިޔާ ފްލެޓް ކިޔާ ރައީސް އޮފީހުން ބަގެއް ނުނެރޭތި މީހުން އުޅެން ހެޔޮނުވާތަބަކުން ކޮން އަފެއް ނަގާކަށް

  21. އަޙުމަދު

    އަޅުގަނޑު އަކީ އޮޑިޓް ގެ އެއްވެސް އެއްޗެެއް އެނގޭ މީހެއްނޫން، ނަމަވެސް ކަލްކީލޭޓަރ ބޭނުން ކޮށްގެން އެއްކޮށް ގުނަ ކުރަން އެނގޭ، ހިޔާފުލެޓް ނިއްމާ ޙަވާލު ކުރުމަށް ކުރީ ސަރުކާރުން ނިންމާފައި އޮތްތާރީޚަށްވުރެ 30 މަސްދުވަސް ފަހުން ފުލެޓް ލިބުނު މީހުން ނަށް އެތަން ޙަވާލު ކުރެވުނު ކަން ފާހަގަ ކުރެވެއެވެ. އަދި. މިތަނުގައި ހުރި 270 ފުލެޓް ވަނީ ފިހާރަ ތަކަށް ބަދަލު ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ، އެހެންކަމުން 6730 ފުލެޓް ފުލެޓެއް 6600 ރުފިޔާ މަހު ކުލި ކަމަށް ބަލައި ހިސާބު ހެދީމާ މަހަކަށް 43،745،000 ރުފިޔާ ޖެހެއެވެ.މިޢަދަދު 30 މަސްދުވަހަށް ގުނަކުރުމުން 1،312،350،000ރުފިޔާ ޖެހެެއެވެ. މިތަނުން ފިހާރަ ދީފައި ހުރި ކުލި ނޭގެއެވެ، ނަމަވެސް އެންމެ ކުޑަ ކުއްޔަކީ މަހަކު 18500ރުފިޔާ ކަމަށް ބަލާ 270 ފިހާރަ އަގުކުރުމުން 30 މަސް ދުވަހުގެ ކުއްޔަށް 149،850،000ރުފިޔާ ޖެހެވެ، ފުލެޓާއި ފިހާރަ ތަކުގެ ކުލި އެއް ކުރުމުން ލިބޭ އާމްދަނީ އަކީ 1،462،200،000 ރުފިޔާ އެވެ. މިފައިސާ ދައުލަތަށް ނުލިބި ގެއްލުން ވީ މިސަރުކާރުގެ އިހުމާލުންނެވެ، ވީމާ ރައްޔިތުން މި ކަމުގެ ޒިންމާ އުފުލަން ޖެހިގެން ނުވާނެއެވެ، މި ގެއްލުމުގެ ޒިންމާ އުފުލަންޖެހޭ މީހުން މިސަރުކާރުގެ ތެރޭގައި އެބަތިބި އެމީހުންނާއި މެދުވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް އުއްމީދުކުރަން.

    19
  22. ސސ

    ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާވެސް ކޮންމެ ބަޔަކުވެސް ބަލަނީ ރައްޔިތުންގެ ޖީބުން ކޮންމެސް އެތިކޮޅެއް ލިބޭތޯ !

  23. އަހުމަދު

    ވެންޓިލޭޓަރު ގަންނަން ނެގިލާރި ކޮބާ
    ފިޔަވަޅު އެޅީފަހަތައް

  24. ކާފަ

    ހިންނަވަރު ކެޔޮޅު އިބްރަާހިމާ! ކަލޭތީކާކު؟ ކޮބާ ކަޅުދަބަހުގައި ހުރި ފައިސާ ނިކަން ފިޔަވަޅު އަޅާބަލަ.