ހއ. ބާރާށުގައި ދާ އަޅައިގެން މިޔަރު ހިފާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް މިއަދު ވިދާޅުވީ ދާ އަޅައިގެން މިޔަރުގެ މަސްވެރިކަންކުރި މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.
އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ ރަށު ފަޅުތެރެއިން ދާ އަޅައިގެން މިޔަރު ހިފަން އުޅޭ ފޮޓޯއެއް ޓްވިޓާގައި ވަނީ އާންމުވެފައެވެ. އެމީހާ، މިޔަރު ބާނަމުން އަންނަތާ ގިނަ ދުވަސްތަކެއްވެއްޖެ ކަމަށް އެ ފޮޓޯ ޓްވިޓާއަށް ލީ މީހާ ވަނީ ބުނެފައެވެ.
އެކަމާ ގުޅޭ ގޮތުން ބާރަށު ކައުންސިލަށް ގުޅާލުމުން ކައުންސިލްގެ މެންބަރަކު ވިދާޅުވީ އެ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ. ޓްވިޓާއަށް ފޮޓޯ ލީ މީހާވެސް ފޯނަށް ޖަވާބު ނުދޭތީ އިތުރު ތަފްސީލު ލިބޭގޮތް ވަނީ ނުވެފައެވެ.
ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުމަކީ މަނާކޮށްފައިވާ ކަމެެކެވެ. ދާ އަޅައިގެން ހިފުން މަނާ ބާވަތެއް ހިފައިފިނަމަ ފުރަތަމަ ފަހަރަށް 2000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. ތަކުރާރުވާ ކޮންމެ ފަހަރަކު، އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް -/500 ރުފިޔާ އިތުރަށް ޖޫރިމަނާ ކުރެވޭނެ ކަމަށް މަސްވެރިކަމުގެ އާންމު ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ބާރަށުން، މިޔަރު ހިފާ މައްސަލައެއް ފެންމަތިވެފައިވާއިރު ދާދި ފަހުން އެ ރަށަށް ހިޖުރަކުރި ފްލެމިންގޯއެއް ހިފައި އެ ވިއްކަން އުޅުނު މައްސަލައެއްވެސް ފުލުހުން ދަނީ ބަލަމުންނެވެ.
ދާ އަޅައިގެން ކިހިނެތްތަ ބާނަނީ
ތީ އަދި މުޅިދުނިޔެެއަށްވެސް މުޅިން އާ ވައްތަރެއްގެ މަސްވެރިކަމެއް.މީގެ ކުރިން މުޅިންވެސް ދާ އަޅައިގެން މަސް ހިފަނީ.ދާ އަޅައިގެން ނުއެއް ބާނާ
ނެތެއްނު ސަލާމަތެއް ، މިޔަރުގެ ސަބަބުން ޤައުމުގެ ލޭނާރުކަމަށްވާމަސްވެރިކަމަށް ލިބޭ ގެއްލުން ބަލާ މީހަކު ނޫނީ ތަނެއް އުޅޭތަ ،
ދިވެހި ރާއްޖޭގާ މިޔަރު މަސވެރިކަން ކުރުން ހުއްދަކުރަންޖެހެއެބަ
ތިޔަ މިޔަރަކާއި ހުރެ މަސްވެރިންނަށް މަހެއް ދޯނަޔަށް އެރުވޭވަރެއްނުވޭ. ތި ހިމާޔަތް ކޮއްގެން ކީއްކުރަނީ، . އިންޑިއާއަށް އާމްދަނީ ލިބޭ އެއްމެބޮޑު އެއްމަގު މިޔަރު އުރަހަ ވިއްކާއިގެން. އެމީހުންވެސް ނޫޅޭ ތި ހިމާޔަތް ކޮއްގެން..ަ ތި ހުސްކުރަން ވީ ، އިންސާނުން ހިމާޔަތް ނުކުރެވިގެން މިއުޅެނީ.. ތި ނޫން އެހެން ކަަމަކާއި އުޅެބަލަ.
މިމައްސަލަ ނުބަލާ މިކަމަށް ރިކޯޑް ފޮތުން ޖާގަ ދޭންވީ….އެއީ ދަލަކުން މަސްބޭނުން އެއީ ވަރަށްވެސްނުކުރެވޭ ކަހަލަ ކަމެއް…..
މިޔަރާ ނުކުޅޭ ހޯހޯ ކަމެއް
މަޑިޔާ ނުކުޅޭ ހޯހޯ ކަމެއް
ދެ ނައީމާ ނުކުޅޭ ހޯހޯ ކަމެއް
ބަލަ މިހާ ތަދުމަޑު ދުވަސްވަރެއްގައި ﷲ ދެއްވި ރިޒުޤު ކައިގެން ކޮން މައްސަލައެއްތޯ ބަލަނީ، !
ތިޔައެއްޗިއްސަކީ އިންސާނުންބޭނުންކުރުން ޙރާމްއެއްޗެއްތަ؟ މިޔަރުގެބިރުވެރިކަން އިންތިހާއަށްބޮޑު.
އަހަރެންގެ ކެނޯއެއްގަ މަސްބާނަންގޮސް މަސްފަތިމޫދުގައޮއްވާ އައިމިޔަރަށް މަސްތައް
ނުދޭންވެގެން ކެނޯއަށް މަސްފަތިލުމުން ފުންމައިގެން އެރީކެނޯއަށް. ކިރިޔާ އޭނަ ސަލާމަތްވީ. ބިރުވެރިކަމެއްނޫންތަ؟