މިދިޔަ ހޮނިހިރު ދުވަހު ހަވީރު މާލެއިން ފުރައިގެން ވ. އަތޮޅަށް ދިޔަ ލޯންޗުން ގެއްލުނު ކުއްޖާ ހޯދުމަށް ސިފައިން ކުރަމުންދިޔަ މަސައްކަތް ސަސެޕެންޑްކޮށްފިއެވެ.

މި ހާދިސާގައި ހޯދަމުން ދަނީ ހަތަރު އަހަރުގެ ކުއްޖެކެވެ.

އެ ކުއްޖާ އަދިވެސް ނުފެނެއެވެ. އެ ކުއްޖާގެ އާއިލާ އާއި ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުން ކޮށްފައިވެއެވެ. އަދި އެ އޮޕަރޭޝަނަށް ޑޯނިއާ މަތިންދާބޯޓުވެސް ބޭނުން ކުރިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ލޯންޗަށް ރާޅެއް އަރައި ކުޑަކުއްޖަކު ގެއްލުނު ހާދިސާގައި ކޯސްޓްގާޑުން މިހާތަނަށް ކަނޑުމަގުންނާއި ވައިގެ މަގުން 4706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ .އަދި ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައި ނުވާތީވެ، ހޯދުމުގެ މަސައްކަތް ސަސްޕެންޑްކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މާލެއިން ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައި ފުރި ލޯންޗަށް ދިޔަވެ ލޯންޗްގައި ތިބި މީހުންގެ ތެރެއިން ތިން މީހުން ކަނޑަށް ވެއްޓުނީ އޮޅުވެލި ރިސޯޓު ކައިރިން އެ ދުވަހު ހަވީރު 17:00 ކަންހާއިރުއެވެ. އެހާދިސާގައި އަންހެނަކު ވަނީ ނިޔާވެފައެވެ. އެއީ ގެއްލިގެން ހޯދަމުންދާ ކުއްޖާގެ މަންމަ އެވެ.

މި ހާދިސާ ހިނގާފައިވަނީ އޮޅުވެލި ރިސޯޓުގެ އިރު ދެކުނުން އެއް ނޯޓިކަލް މޭލު ބޭރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގެރިމަސް

    ބޮޑު މީހެއްގެ ދަރިއަކަށް ނުވީމަތަ ހުއްޓާލީ

    37
    15
  2. މައިލީން

    ޕްލީޒް ޑޯންޓް ގިވްއަޕް... އިންޝާ ﷲ ކުއްޖާ ސަލާމަތުން ހުއްޓާ އަދި ފެންނާނެ... .. މާތް ﷲ އާއިލާއަށް ކެތްތެރިކަން ދެއްވާށި... އާމީން

    70
    1
  3. Anonymous

    ހާދަ ދެރަވެއޭ
    އެބައްޕައަށާއި ޢާއިލާއަށް ހާދަ އަސަރެއް ކުރާނެއޭ
    ޢާއިލާއަށް ކެތްތެރިކަމާއި ހިތްހަމަޖެހުން މިންވަރު ކުރައްވާނދޭވެ. އާމީން
    އިރާދަކުރެއްވިއްޔާ ﷲގެ ހެޔޮރަޙްމަތްފުޅުން އެތުއްތު ދަރިފުޅު ސަލާމަތް ކަމާއެކީ ފެންނާނެގޮތް މިންވަރު ކޮށްދެއްވުން ދުޢާއަކީ.

    30
  4. ކެރަފާބެ

    ކަނޑައެޅިފައިވާ އުސޫލުން ތިކަން ހުއްޓާލި ގޮތަށް އެކަށައެޅިފައިވާ އުސޫލުން ކައްޕިއަށް ފިޔަވަޅު ނާޅާތީ ވަރަށް ދެެރަ! ކައްޕި ހަމަހެވިފަ މިހާރު ދަތުރު ފަށައިފި. ވ ސަލާމް

    21
    2
    • Anonymous

      ކައްޕި އެކަނިތަ ކުއްވެރިވަނީ ތިލޯންޗުން ދަތުރުކުރި އެންމެންނަކީ ކުއްވެރިން ބަޔަކު ކަނޑުވެގެން ދިޔައިރުވެސް އެހީތެރިވުމަށް އަތްވެސް ދިއްކޮއްލީނޫން.އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ހަމަ ނެތީބާއޭ ހިތަށް އަރަނީ

  5. ޒފ

    ބަލަ އެއީ ގުދްރަތީ ކާރިޘާ އެކޭ. ކައްޕި ބުނެގެން އެރި ރާޅެއްނޫނޭ. އެހެންނޫނަސް ތިބެޔައް ކިހިނެއްތަ އަނގެނީ ކައްޕަ ހެވިދިލިފަ ކަމެއް ހުންނަނީ. ބެއްޔާ މުޅި ދުވަސް ހޭދަކުރަނީ ކައްޕިޔާ އެއްކޮއްތަ؟އެއް އިންސާނަކު އަނެއް އިންސާނަކާ އެހާ ޖެހޭކައް ނުވާނެ. ވަރަށް ދެރަ .ދުޢާ އަކީ ހަމަ އެކަލާންގެ ވާގިފުޅާއި މިންވަރުފުޅުން އެކުއްޖާފުޅު ހެޔޮހާލުގައި އެ އާއިލާޔައް ދެއްވެވުން. އާމީން.

  6. ވސްނާ

    ހާދަވަރަކައް ކައްޕިއާ ޖައްސާލައިގެން ތިއުޅެނީ ތިބޭ. ތިބޭ އަތުންވެސް ކަމެއް ވެދާނެ. ގުދުރަތުގެ ނިޔާއާ ދެކޮޅު ހެދޭނެ އެކަކުވެސް ނުހުންނާނެ. އޭގަ އޮންނާނީ އެއީ ލިބުނު އިބުރަތެއް ކަމައްބަލައި ކުރިއައް ދިޔުން. ދުޢަާކުރނީ އެކުއްޖާފުޅު ހެޔްހާލުގައި ފެނުމައް.