ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހދ. ކުޅުދުއްފުއްޓަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހް ކުޅުދުއްފުއްޓަށް ކުރައްވާ ދަތުރުފުޅަކީ މި އަހަރު ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެ ރަށަށް ވަޑައިގެން ރައީސް ވަނީ ޓާފް އެޅި ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. އަދި ދަނޑު ހުޅުވުމަށް ފަހު ކުޅުދުއްފުށިން ހޮވާލެވޭ ޓީމަކާއި ރާއްޖޭގެ ގައުމީ ޓީމު ބައްދަލުކުރާ މެޗް މިހާރު ދަނީ ކުރިއަށެވެ. އެ

ކުޅުދުއްފުށީގައި މިރޭ އޮންނަ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވައެވެ. މި ޖަލްސާގައި ޒުވާނުންގެ ގައުމީ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު