ހޮންގްކޮންގް އިން ދިވެހި އަންހެނަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އޭނާ ކޮވިޑަށް ފައްސިވެފައި ވަނީ އިއްޔެއެވެ.

ހޮންގްކޮންގް އިން މިހާތަނަށް 12،314 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އިއްޔެ އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ތެރޭގައި ރާއްޖެ މީހަކާއި ފިިލިޕީންސް މީހަކު ހިމެނެއެވެ. ދެ މީހުންނަކީވެސް އަންހެނުންނެވެ. އޭގެ ތެރެއިން ދިވެހި މީހާގެ އުމުރަކީ 31 އަހަރެވެ. އަނެެއް މީހާގެ އުމުރަކީ 43 އަހަރެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ހޮންގްކޮންގް އިން ފައްސިވި މީހާގެ ގައިން ބަލީގެ އަލާމާތްތައް ފެނިފައި ވަނީ އޮކްޓޯބަރު 19 ވަނަ ދުވަހުއެވެ.

އަދި ދެ މީހުންވެސް ފައްސިވެފައި ވަނީ އެލް452އާރް ވޭރިއަންޓަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދަ ސެންޓަރ ފޯ ހެލްތް ޕްރޮޓެކްޝަން އިން ބުނީ، ފައްސިވި ދިވެހި މީހާއަކީ ކޮވީޑުން ދިފާއުވުމަށް ޖަހަމުންގެންދާ އެސްޓްރާޒެނެކާގެ ދެ ޑޯޒް ޖަހާފައިވާ މީހެއް ކަމަށެވެ. އަދި ފިލިޕީންސް މީހާ ޖަހާފައި ވަނީ ސިނޮވެކް ވެކްސިންގެ ދެ ޑޯޒް ކަމަށް ބުނެފައި ވެެއެވެ.

 

ކިޔުންތެރިންގެ ހިޔާލު