ރާއްޖެ އިން އިތުރު 225 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު، އިއްޔެ އިރުއޮއްސި ހަޔަކުން ފެށިގެން މިއަދު އިރުއޮއްސި ހަޔަކަށް މާލެ ސަރަހައްދުން ކޮވިޑަށް ފައްސިވެފައި ވަނީ 39 މީހުންނެވެ. މާލެ ފިޔަވައި ރާއްޖޭގެ ރަށްރަށުން ކޮވިޑަށް ފައްސިވެފައި ވަނީ 152 މީހުންނެވެ. އަދި ރިސޯޓުތަކުން 33 މީހުން މި ބައްޔަށް ފައްސިވެފައިވެއެވެ.

މިއާއެކު، ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 86،830 އަށް އަރައިފައެވެ. އަދި މި ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 1،520 އަށް އިތުރުވެފައެވެ. މިވަގުތު ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 19 މީހުންނަށެވެ.

މި ބަލި ޖެހިގެން 85،057 މީހުން ރަނގަޅުވި އިރު ބަލީގައި ރާއްޖެ އިން ނިޔާވެފައި ވަނީ 240 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދަށް ބަލާ އިރު ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ 393،000 އަށް ވުރެ ގިނަ މީހުން ޖަހައިފައެވެ. އަދި ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާފައި ވަނީ 353،000 އަށް ވުރެ ގިނަ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު