ކ. ގުރައިދޫ އިން އެކަނި 86 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދަކީ ރިކޯޑު އަދަދަކަށް މީހުން ކޮވިޑަށް ފައްސިވި ދުވަހެކެވެ. ދުވާލެއްގެ މައްޗަށް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 200 އަށް ނާރާ އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 225 އަށް އަރައިފައެވެ. އޭގެ ތެރޭގައި ގުރައިދޫން ފައްސިވި 86 މީހުން ވެސް ހިމެނެއެވެ.

ގުރައިދޫން ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ވާތީ އެ ރަށަށް އަރައި ފޭބުން މަނާކޮށްފައެވެ.

އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 39 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 153 މީހުން ފައްސިވީ އަތޮޅުތަކުގެ ތެރެއިންނެވެ. އޭގެ ތެރެއިން 86 މީހަކު ނިސްބަތް ވަނީ ގުރައިދޫ އަށެވެ. އައްޑޫ އިން 17 މީހަކު އަދި ގއ. ވިލިނގިލިން 13 މީހަކަށް ބަލި ޖެހިފައިވެއެވެ.

ރިސޯޓުތަކުން ކޮވިޑަށް ފައްސިވެފައި ވަނީ 33 މީހުންނެވެ.

މިވަގުތު ކޮވިޑަށް ފަރުވާ ހޯދަނީ 1،520 މީހުންނެވެ. މިހާތަނަށް 85،057 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 86،830 އަށް އަރައެވެ. މި ބަލީގައި 240 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާއަހުމަދު

    ޣުރައިދޫގަ ބަލި ފެތުރިގެން އުޅެނީ ދައުލަތުގެ ޙާއްސަ އެހީ އަށްބޭނުންވާ މީހުންގެ މަރުކަޒުގަ އެތަނުގަ ތިބި ބަލިމީހުންގެ %60 ވަނީ ޕޯޒިޓިވް ވެފަ