ކ. ތިލަފުށީގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ބައްލަވާލައްވައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ "އާދައިގެ މަތިން" ތިލަފުށީގައި ހިނގަމުންދާ ކުނި މެނޭޖް ކުރުމުގެ މަސައްކަތް މިއަދު ޝައުނާ ބައްލަވާލެއްވި އިރު، އޭނާގެ އަރިހުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އަމާޒަކީ މި މަސް ނިމެންވާ އިރަށް ތިލަފުށީގައި ކުނި އެންދުންހުއްޓުމަކަށް ގެނެސް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި "ގްރީން ސްޕޭސް" އެއްގެ ގޮތުގައި ތަރައްގީ ކުރުމެވެ.

އެރަށުގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވައި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅުގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީން ވަނީ ފަށައިފައެވެ.

ޝައުނާ ކުރިން ވިދާޅުވި ގޮތުގައި ތިލަފުށީގެ ކުންޏާއި ދުމުގެ މައްސަލައަކީ އެތައް އަހަރެއްވެފައިވާ މައްސަލައެއް ކަމަށްވާ އިރު، ތިލަފުށީގެ ދުމަކީ މާލެ އާއި މާލެ ކައިރި ރަށްތަކުގެ ރައްޔިތުންނަށާއި ޓޫރިސްޓުންނަށް އޭގެ ސަބަބުން އެތައް އުނގުލެއްވަމުން ކުރިމަތިވާ މައްސަލައެއް ކަމަށެވެ.

މި މަސައްކަތުގެ ދަށުން، މާލެ، ހުޅުމާލެ، އަދި، ވިލިމާލެ، ވޭސްޓް ޓްރާންސްފާ ސެންޓަރުތަކެއް ގާއިމުކުރާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.އެ ސެންޓަރުތަކުން ތިލަފުއްޓަށް ކުނި ގެންދާއިރު، ކުނި ހުންނާނީ ކޮންޓެއިނަރައިޒް ކުރެވިފައި ކަމަށާއި، އެކަމުގެ ސަބަބުން، ކުނި މެނޭޖްކުރަން ފަސޭހަވެ، ކުނީގެ ވަސް ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތިލަފަޅޭ

    ތިލަ ފުށި ވިއްކާލަނީބާ ދޮންކަޅުމިން އަންގާނުލާ ރައްޔިތުންނަށް

  2. ހެހެހ

    ސިއްކަ މޮހަރީ!

  3. ދީދީ

    ފޮޓޯ އަބުދުމެން ، ގޮތްދަކަނީ ... ތިވެސް ރ.ޔާމީނު ފެށި ކަމެއް

  4. ތަކުރު

    ކުނިގޮނޑުވަރުވެސް އަހަރުމެންނުވި.މީމިއަދުގެ ހާލަތަކީ.ތިޔަށްވުރެން މާތާހިރު ކަމަނާގެ ބެލުމުގެ ދަށުންހިންގާ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްކުރާ ހީވަގީ މުވައްޒަފުންގެ ކަންބޮޑުވުންތަކާ އެމީހުންގެ ވަޒީފާގެ މާހައުލުގަހުރި ދަތިތައްބަލާލިޔަސް.އެތަންތަނުގެ ވެރިންގެ ދުއްތުރާތަކުން އެއުޅެނީ ވަޒީފާ އަދާނުކުރެވިގެން.