ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި 1.2 ބިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރަން ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ،ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ބަޖެޓުގައި ހިމަނައިގެން، ސީދާ ބަޖެޓުން ޚަރަދުކޮށްގެން، 1.2 ބިލިއަން ރުފިޔާގެ ބަޖެޓަކާއެކު، އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކުޅުދުއްފުށީގައި ހައުސިން ޔުނިޓް އެޅުމަށް 400 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރުން ރާއްޖެއިން ބޭރުގެ އަމިއްލަ ފަރާތަކާ ގުޅިގެން ކުޅުދުއްފުށީގައި އިތުރު 1،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށަން މަސައްކަތް މަޝްވަރާކޮށް، އެކަން ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސުއައިބު

    މާތްކަލާކޯ އިބުރާހިމާ އަގަމަޑުކުރައްވާ!ނޭޅޭނެ،ވާނެކަމެއްނޫން ރ. ޔާމީނުގެ ސަރުކާރުން އެޅުއްވި ހިޔާ ފުލެތައ ވެރިކަމަށް 3 އަހަރުވީ އިރުވެސް ތިޔައުޅުއްވަވަނީ ދޫނުކުރެވިގެން މައިދޮރޯށިގައި އެޅުއްވި ރަންވޭ ވެރިކަމަށް 3 އަހަރުވީ އިރުވެސް ތިޔައުޅެނީ ހުޅުވާ ނުލެވިގެން! އާ ޓާމިނަލްވެސް އެހުރީ ހުރިގޮތައް!

    3
    1
  2. ރައްޔިތުދޭސީ އަހަންމަދު

    ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި 1.2 ބިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ. އެހެންވީމަތާ މިހާރު އެކިޔަނީ މުޅިރާއްޖޭގެ ހުރިހާރަށެއްކަހަލަ ގޮތަކައް ބޯހިޔާވަހިކަމުގެ ދަތިފޯރާފައޭވަނީ ބަލަ އެއީ ވެރިކަމުގެ ދަހިވެތިކަމުގަ ރައްޔިތުން އަޅުވެތިކޮއް ފަސޭހަކަމާއެކު ވޯޓްހޯދަން ހުރިހާސަރުކާރުތަކަކުންވެސް ރާވައިހިންގާ ނާތަހުޒީބު ފިނޑިއަމަލެއް ހުރިހާރައްތަކެއްގަހެން ބިންތައް ހިސޯރްކޮއްނުދީ ދަތިކުރީ ތިޔަކިޔާފުލެޓް ވިޔަފާރިކޮއްރައްޔިތުމީހަ އަބަދުވެސް ދަރުވާލާފައިބައިތިއްބައް އޭރުންނޫންތޯ ރުފިޔާދިނީމަ ރައްޔިތުންއަތުންވޯޓްގަނެވޭނީ އޮޅުވާލައިގެން ބޯހިޔާވަހިކަމުގެ ނަމުގައި ވިޔަފާރި މެކުހައް

  3. މާހިރާ

    މީގެ ބަދަލުގައި އޮފީސް އިމާރާތްތަކެއް އަޅަން ވިސްނާނީ ކޮން އިރަކުންބާ؟

  4. މއކ

    ދެން 3.6 ބިލިޔަން ރައްޔިތުން އަތުން ފެލާލާ

  5. އަހުމަދުކަ

    1.2 ބިލިއަން އެއީ މިގައުމުގެ އެންމެބޮޑުވެވަ އޮތް ކަންތަކަށް ކޯޗެއް ސައި ވެސް ބޯނުލެވޭންނު ތިވާނީ އެމީހުން ހައުސިން އަޅާ ތަންތަނަށް ބިންގާއަޅަން ދާ ފްލައިޓް ހަރަދާ ސައި ހަރަދު ކަމަށް، ބުރިޖު ވެސް ފެނުން މައްޗަށް ނުފެނެއެއްނު އެކަމަކު ޖަލްސާތަށް އޮވޭ އިރުއިރު ކޮޅާ ހޮޓެލް ޖެންގަ އާ ރާޖޭން ބޭރުގަ ވެސް ދޯ

  6. ހެހެހެ

    ސަރުކާރުން އަންނަނީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

  7. ރައީސް

    އަޅުގަނޑުމެންވެސް ވާނެ ފޯމްތަކެއް ލާފަ.. މީގެ ދެއަހަރުކުރިން... ލިބިފައިވާ ބިންކޮޅުގައި އެއްބަސްވާ ގޮތެއްގެ މަތިން ދިގުމުއްދަތަށް ބަހައިލައިގެން ދައްކާ ގޮތަށް ގެދޮރުވެރި ކޮށްދޭނަމޭ ބުނެގެން.... ކޮބާތޯ އެ މަސްރޫޢު....ތި އެއްބިލިއަންރުފިޔާގެ ތެރޭގައި ހިމެނޭތޯ

  8. ސސ

    ހިންގަވަނީ... ހިންގަވަނީ....! ދުވަހަކުވެސް ވާތަނެއްނުފެނޭ.. ހުސްވައުދު ތައް ވުން ހުއްޓާލާކައް ނުވޭތޯ؟ މިހާރައްޔިތުން ތި ބަލައިނުގަނޭ...

  9. ސުއާން

    ވެރިކަމުގެ އިރުއޮއްސޭން ގަޑިއިރަކައްވީމަ ދެން މޮޅެތި ވާހަކަ ދެއްކޭތޯ އުޅޭށެވެ.