22:03

އިތުރު 92 މީހުން ކޮވިޑަށް ފައްސިވެއްޖެ.

17:17

ށ. ފުނަދޫއިން ކޮވިޑް-19ގެ ފަސް ވޭދަނަ ފެނި، އެ ވޭދަނަތަކާއި ގުޅިގެން އެރަށު ސްކޫލްގެ އެއް ކުލާހެއްގައި ކިޔަވަމުންދާ ދަރިވަރުންތަކެއް ކަރަންޓީނު ކޮށްފި

އާބާދީގެ ނިސްބަތުން ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކުރި ނަމަވެސް އެއީ އަދި ކޮވިޑުން ރައްކާތެރިވާނެ ސައްތައިން ސައްތަ ހައްލު ނޫންކަން ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ދަނީ ފެންނަމުންނެވެ. އިއްޔެ އަކީ ފާއިތުވި ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި ވެސް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

ކޮވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް މަތިން މިހާރު ދިވެހިން ހަނދާން ނެތިއްޖެއެވެ. މާސްކް އެޅުމަށް ސަމާލުކަންދޭ މީހަކު ނެތެވެ. ގައިދުރުކަމަށް އިސްކަންދޭ މީހަކު ނެތެވެ.

ދިވެހިންގެ ކަންކަން މިހާރު ހުރިގޮތައް ބަލާއިރު ކުރިއަށް އޮތްތަނުގައި ވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ. ކޮވިޑްގެ އަދަދުތައް އަދިވެސް ދަށްކުރެވެން އޮތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރު ސަމާލުކަމެއް ދީގެންނެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް

    ނަމްބަރުތަކުން ދައްކަނީ އިންޑިއާ އައުޓްގޮވައި މަގުމައްޗަށް ނުކުންނަ އަދަދު ގިނަވާނަމަ އޮޓަމެޓިކުން ކޮވިޑްގެ ކޭސްތަށް މައްޗަށްދާނެކަން. ކޮވިޑް ޓެސްޓްކިޓްތަށްވެސް ގުޅިފައިވަނީ މުޒާހިރާއަށް ނުކުންނަ މީހުންގެ ގިނަ މަދުމިނުގެ މައްޗަށް. މުޒާހިރާއަށް މާ ގިނަމަަބޔަކު ނުކުމެއްޖެނަމަ ޓެސްޓްކިޓްތަށް ރަތަށްގޮސް ހުރިހައި ކިޓެއް ޕޮޒިޓިވްވާނެ.