ކ. މާފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފުރިހަމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި 1،100 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ޕްލޭނިން މިނިސްޓްރީންނެވެ.

މި މަޝްރޫއަށް 118 މިލިއަން ރުފިޔާ ހަރަދުކޮށްފަައިވެއެވެ.

ކ. މާފުށި ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައި. --- ފޮޓޯ: އެމްޓީސީސީ

މާފުށީގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތް ކުރި އިރު، އެމްޓީސީސީން ދާދި ފަހުން ވަނީ ކ. ގުރައިދޫގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ވެސް ފުރިހަމަކޮށްފައެވެ. މި މަޝްރޫއުގެ ދަށުން އެ ރަށް ކައިރީގައި ޕިކްނިކް އައިލެންޑެއް ވެސް ހެދިއެވެ.

ކ. މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް 27 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ނިމިއްޖެ.

މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިންހިއްކުމާއި، 1,100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނޭ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 118.07 މިލިއަން ރުފިޔާގެ މަޝްރޫޢެއް.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޯކާބެ

    މާފުށި ބިން ހިއްކުމުގެ މަސައްކަތް ފުރިހަމަކޮށްފި މިކަމަކުން ރައްޔިތަކައް ކުރަނެ ފައިދާއެއްނެތް އެއީ ތިޔަ ހިއްކިބިން އޮންނާނީ ކާޅާއި ވާލާއި ސީލާ ފިތުރޯނުޖަންގަލި ހައްދަން މިހާރު ތިކަން ކޮއްފައި ތިޔަ އޮތީ ރިޔާސީ އިންތިހާބް ވޯޓްހޯދަން ބިމުގެ ހުވަފެންދައްކާފައި ވޯޓްލާނިމޭ އިރައް މުއްސަދިންނާއި ބޭރުގެ ފަރާތް ތަކައް ބިންތައްދީ ފުލެޓް ގެނަމުގައި ގެސްޓް ހައުސް އަޅައިގެން ރައްޔިތުންނައްބޮޑު އަގުގައި ކުއްޔައްދީ ރައްޔިތުމީހާ ކުރާމަސަތްކަތުން ހޯދާމަދު ރުފިޔާކޮޅު ކުލިގެ ގޮތުގައި އަތުލާ ރައްޔިތުމީހަނިކަމެތިކުރުން މީމާސްޓަރ ޕުލޭނެއްގެ ދަށުން އެދިގުރާސްތާ 30 އަހަރުފެއްޓިނާތަހުޒީބް އަމަލެއް މިހާރުތާ މިއިނގެނީ އެކިޔާޑިމޮކްރަސީގެ އަޅުވެތިކަން މަސަތްކަތެއް ކުރިޔަސް ފެންފޮދެއްބޯލިޔަސް ފޯނެއްކޮއްލިޔަސް %6 ޖީއެސްޓީނަމުގައި (ޖިޒީ) ވެރިންނައް ދައކައިގެން މަންމަގެ އުގުންފެށިގެން ކައްވަޅައްދަންދެން ދައްކާލަ ދައްކާލަ އެފައިސާއިން ވެރިން ހިތުހުރިގޮތަކައް މުސާރަޔާ އިނާޔަތް ނަގައިގެން ފިނިކޮޓަރިތަކުގަ އަރާމްކުރަން އެންމެ ކުޑަމިނުން ރައްޔިތެއްގެ މުދާވެސް ހިމާޔައް ކޮއްނުދެވި އެބުނާ ތަހުޒީބް ގައުމުތަކުގައި މީހުން އުޅޭނެގޮއް މިއިނގެނީ

    6
    1
  2. އެހެންދީ

    މާފުށީ މީހުންގެ އަމިއްލަ ލާރިން އެ ހިއްކާލީ….ސަޅި…

    2
    1