ސިހުރު ހެދުމާއި ޖުވާ ކުޅުމަކީ ޤާނޫނީ ކުށްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް ސަރުކާރުގެ ފަރާތުން އިސްލާހް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ޤާނޫނުލް އުޤޫބާތަށް ހުށަހެޅި އިސްލާހްތަކުގެ ތެރޭގައި މި ދެ ކުށުގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ހިމެނޭއިރު، އަދަބު ދޭ ތާވަލަށްވެސް ބޮޑު ބަދަލެއް ގެންނަން ހިމަނާފައިވެއެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގައި އިއްވާފައެވެ.

މި އިސްލާހުގައި ވާގޮތުންނަމަ، ޖުވާ ކުޅުމާއި ސިހުރު ހެދުމަކީ ޖުނަޙްގެ ތިންވަނަ ދަރަޖައިގެ ކުށްތަކެކެވެ. މި އިސްލާހުގައި ވާގޮތުން މި ދަރަޖައިގެ ކުށްތަކުގެ އަސާސީ އަދަބަކީ 4 މަސް ދުވަހުގެ ޖަލު ހުކުމެކެވެ. މިދަރަޖައިގެ ކުށްތަކުގައި އަދަބު އެންމެ ބޮޑުވާ ހާލަތްތަކުގައި 10 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވޭއިރު، އަދަބު އެންމެ ލުއި ކުރެވޭ ހާލަތްތަކުގައި އެއްމަސް ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެއެވެ.

ކުށްތަކުގެ ގޮތުގައި ސިހުރު ހެދުމާއި ޖުވާ ކުޅުމުގެ އިތުރުން މި ބިލުގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ޖާސޫސް ކުރުމާއި ދިވެހި ދައުލަތަށް ހިޔާނާތްތެރިވުމުގެ އަމަލެއް ފޮރުވުމާއި، ނަސްލީ ތަފާތުކުރުންތަކާއި، ހުޅުޖެހުމާއި، އުފަންވާ ކުޑަކުދިން ވަގަށް ނެގުމާއި، ފޮރުވުމުގެ އިތުރުން ކޯޓުގެ ހުރުމަތް ކެނޑުމާއި، ރަޔަޓް ކުރުމާއި މަދަނީ ހަމަނުޖެހުން ހިންގުމާއި، އިޤްތިޞާދަށް ގެއްލުން ދިނުން އަދި ރަމަޟާން މަހު ރޯދަ ނުހިފުން ހިމެނެއެވެ.

މީގެ އިތުރުން އިސްލާމް ދީނާ ދެކޮޅު ހަރަކާތްތަށް ހިންގުމާއި، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ އަމަލުތަކާއި، ދައުލަތަށް ހިޔާނާތްތެރިވުމާއި، އެފަދަ އަމަލެއް ފޮރުވުމާއި، ދައުލަތާއި ދެކޮޅު ހަރަކާތެއް ހިންގުމަށް ސިފައިން ހޯދުމުގެ އިތުރުން ބަޣާވާތް ކުރުމާއި، ސަރުކާރު ވައްޓާލަން ރޭވުން އަދި ދައުލަތުގެ އަސްކަރިއްޔާއާ ދެކޮޅު ހަރަކާތަށްވެސް ކުށްތަކުގެ ގޮތުގައި މި އިސްލާހުގައި ހިމަނާފައިވެއެވެ.

އިސްލާހުގައި އަދަބު ދޭ ތާވަލަށް ބޮޑު ބަދަލެއް ގެންނަން ހިމަނާފައިވާއިރު މީގެ މީގެ ކުރިން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް އިއްވާ ޖުނަޙްގެ އެއްވަނަ ދަރަޖައިގެ ކުށްތަކަށް މި އިސްލާހުގައި ވާގޮތުން ނަމަ އިއްވާނީ އެއް އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެކެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށްތަކަށް މިހާރު ކަނޑައެޅޭ އަސާސީ އަދަބު ކަމަށްވާ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމް، ދެ އަހަރަށް ބޮޑުކުރަން ވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ.

ދައުލަތަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވާ މީހަކާ ދައުލަތުގެ މަގާމެއް ދުވަހަކު ވެސް އަދާ ނުކުރެވޭ ކަމަށް ސަރުކާރުން ހުށަހެޅި މި ބިލްގައި ބުނެފައިވާއިރު، ސަރުކާރުން މި ބިލް ހުށަހަޅާފައިވަނީ ޤާނޫނުލް އުޤޫބާތުން ފާހަގަކުރެވިފައިވާ ޤާނޫނީ ހުސްކައްތަކާއި، ޤާނޫނުގައި ހިމެނިފައި ނުވާ މުހިންމު ބޮޑެތި ކުށްތައް ތަފްޞީލީ ގޮތެއްގައި އެ ޤާނޫނުގައި ހިމެނުމަށާއި، ދިވެހިރާއްޖޭގައި ކުށްކުރުމުގެ ޒާތަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތްކޮށް ކުށްތަކަށް ކަނޑައެޅޭ އަދަބުގެ މިންވަރު ޒަމާނަށް ފެއްތުމަށްޓަކައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ގުސެއު

    "ރިބާ" އެކީވެެސް އެހާމެެ ބޮޑު ނުބައި ފާފަ އެކކެވެ. "ރިބާ" ކެއުން ވެސް ތި ބިލުގައި ހިމެނުން ރަނގަޅު ކަމެެއް.

  2. މަނަދޫ ކައްޕީ

    ބަލަގަ ތީޔަކަންކަމަކީ މީހާރުވެސް އީސްލާމީ ޝަރީއަތުގައީ ކުއްތަކެއް..އަދީ ފަނޑީޔާރުން މީހާރުވެސް ހުކުމް އީއްވާކަންކަން..

  3. މަ

    ކޮން 1، 4، 10 މަސް ދުވަހެއް. ސިހުރު ހެދި މީހާގެ އަދަބަކީ މެރުން

  4. ޢާދަނު

    . މިހާރުޖުވާކުޅެނީފޯންތަކުންގުރުޕްހަދައިގެން

  5. ސައްލެ

    ބައްލަވާ! ސިހުރު ހެދުމާއި ޖުވާކުޅުން އެއީ މުސްލިމުންގެ އަސްލު ގާނޫނު އަސާސީގަ ޙަރާމް ކަންތައް ނޫންތޯ؟ ވީއިރު ދެން އިތުރައް ކޮންމަނަލެއްތޯ ކުރަންޖެހެނީ ؟؟؟؟؟

  6. Anonymous

    ބައްލަވާ! ސިހުރު ހެދުމާއި ޖުވާކުޅުން އެއީ މުސްލިމުންގެ އަސްލު ގާނޫނު އަސާސީގަ ޙަރާމް ކަންތައް ނޫންތޯ؟ ވީއިރު ދެން އިތުރައް ކޮންމަނަލެއްތޯ ކުރަންޖެހެނީ ؟؟؟؟؟

  7. ޙަބޭޝް

    ހުކުމްކޮށް ޖަލަށްލުމަކީ ދައުލަތަށް ބޮޑުޚަރަދު ގަނޑެއް ކުށްކުރާ މީހާއަށް އެކަމުގެ ޝަރަފުގަ ދައުލަތުން ކުރާ ބޮޑު ހޭދައެއް މިކަން މަދުކޮށް ރާއްޖޭގައި ކުރެވޭ ޙުކުމްތަށް ބޮޑެތި ޖުރިމަނާއަށް ބަދަލުކުރުން މާބޮޑުތަނުން ރަހަޅުވާނެަމަށް ގިނަމީހުން ޤަބޫލުކުރޭ މިކަމާ ތިމަޖިހުން ވިސްނާނެކަމަށް ގަބޫލުކުރަން

  8. ޑެން

    ޜިބާ ކާ މީހުން ވެސް 25 އަހަރަށް ޖަލަށް ޅާން ފެނޭ މި މީހުންނަކީ އެތަށް ބައެއްގެ ގެދޮރު ފޭރިގެންފަ، ޢެތަކެއް ބައެއްގެ ވިޔަފާރި ހަލާކުކޮށް މާރާ މާރި ހިންގާ ބައެކެވެ.

  9. ރައްޔިތުން

    ވައްކަން ކުރާމީހާގެ އަތްބުރި ކުރުމަށް ބިލަށް އިސްލާޙު ނުގަނައީ ކީއްވެތޯ؟

  10. ޚުރަބާ

    ސިހުރު ހަދާ މީހާގެ ހުކުމް އިސްލާމީ ޝަރިއްޔަތުގައި ވަނީ ކަނޑައަޅާ ނިމިފައި .އެކަމައް ގޮތް ކިޔުމަކީ މުރުތައްދުވެ އިސްލާމްދީނުން ބޭރުވާނެ ވަރުގެ ޢަމަލެއް ކަމައް އިބްރާހިމް ދީދީއައް ހަނދުމަކޮއް އަރުވަން. ވީއިރު ސިހުރު ހަދާ މީހާގެ ހުކުމަކީ ބޮލާ ކަނދުރާ ވަކިކޮއް މަރާލުން ކަމުގަި ވާއިރު ކަލޭމެން ﷲ ސުބުހާނަހޫ ވަތަޢާލާގެ ހުކުމްތައް ބަދަލު ކުރުމަކީ ނަވާގިޞުލް އިސްލާމް ނުވަތަ އިސްލާމް ކަމުން ބޭރުވެ މުރުތައްދުވާނެ ކަމެއް. އަދި ﷲ ސުބުހާނަހޫީ ވަތަޢާލާ އެންގެވި ގޮތައް ކަންކަން ނުކުރުމުގެ ނަތީޖާ އަކީ ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި އަޒާބް ލިބިގެންދާނެ ކަމެއްކަންވެސް ހަނދުމަކޮއްދެން.

  11. ބުރާންތި

    ދީނުގަ ކުށެއް ކަމައް ކަންޑައެޅިގެން އޮތް ކަމެއް މިމީހުން ކުށަކައް ހަދަން މި އުޅެނީ ދީނުން ބޭރުވާންތަ؟؟؟