ރާއްޖޭގެ އޮޑިޓް ދާއިރާގެ ކަންކަން ހަރުދަނާކޮށް ކުރިއެރުވުމަށް އޮޑިޓާ ޖެނެރަލް އޮފީހާއި އިންޑިއާގެ ކޮންޓްރޯލާ އަދި އޮޑިޓާ ޖެނެރަލް (ސީއޭޖީ) ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އޮޑިޓަ ޖެނެރަލް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ އާއި ކޮންޓްރޯލާ އެންޑް އޮޑިޓާ ޖެނެރަލް އޮފް އިންޑިއާ ގިރީޝް ޗަންދްރާ މުރްމޫއެވެ.
ގިރީޝް ރާއްޖެ ވަޑައިގެން އުޅުއްވަނީ ރާއްޖޭގެ އޮޑިޓަ ޖެނެރަލް ނިޔާޒީގެ ދައުވަތަކަށެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އޮޑިޓް ދާއިރާ ކުރިއަރުވައި ހަރުދަނާކޮށް، ދެ ގައުމުގެ އޮޑިޓަރުންނަށް އަމާޒުކޮށް ތަމްރީން ޕްރޮގްރާމްތައް ވެސް ހިންގާނެއެވެ.
ރާއްޖޭގެ އެކި ދާއިރާތައް ކުރިއަރައިގެން ދާއިރު އޮޑިޓް ދާއިރާ ކުރިއެރުވުން މުހިންމުކަން ފާހަގަ ކުރައްވައި ނިޔާޒީ ވިދާޅުވީ އިންޑިއާގެ ސީއޭޖީއަކީ ބައިނަލްއަގުވާމީ ގޮތުން ވެސް ތަޖުރިބާ ލިބިފައިވާ ބައެއް ކަމުން މި އެއްބަސްވުމުގެ ދަށުން އެ ތަޖުރިބާގެ ފައިދާ ރާއްޖެ އަށް ވެސް ކުރާނެ ކަމަށެވެ.
ގިރީޝް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އޮޑިޓް އަދި ޕަބްލިކް ފައިނޭންސް ދާއިރާއިން ކުރިއެރުންތައް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ސްމާޓް އޮޑިޓިން ޕްރެކްޓިސް ބޭނުން ކުރުމާއި ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އޮޑިޓާ ޖެނެރަލް އޮފީހާއި އިންޑިއާގެ ސީއޭޖީ އިން އަންނަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އަދި މި ދެ އިންސްޓިޓިއުޝަނަކީ ވެސް އޭޝިއަން އޮގަނައިޒޭޝަން އޮފް ސުޕްރީމް އޮޑިޓް އިންސްޓްޓިޓިއުޝަން (އޭސޯސާއި) އާއި އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް ސުޕްރީމް އޮޑިޓް އިންސްޓްޓިޓިއުޝަން (އިންޓޮސާއި)ގެ މެމްބަރުންނެވެ.
ދރްނެ ރާއްޖެގެ މާލިއްޔާގެ ޑީއެންއޭއަށް ދާންދެން އިންޑިޔާއަށްދީގެން އެމީހުންނައް ރާއްޖޭގެ ބަޖެޓާއި ހުރިހާ މުއައްސަސާއެއްގެ ފައިނޭސް ކޮންޓުރޯލާއި އެނޫންވެސް ބާރުތައް ދޭށެވެ. މި ފެންނަނީ ރާއްޖޭގެ މިނިވަންކަން ގެއްލެމުންދާ މަންޒަރެވެ. މިފެންނަނީ ރާއްޖޭގެ ސިއްރު މައުލޫމާތުތައް އެއްވެސް އުނދަގުލަކާ ނުލައި އިންޑިޔާއަށް ލިބޭނެގޮތްރާވައި އެ މައުލޫމާތުތަކުގެ އެހީގައި ރާއްޖޭގެ ސިޔާސީ ކަންކަން ސުޓުރެޓަޖައިޒް ކުރާނެ އޮނުގަނޑުރާވާތަނެވެ.
އޮޑިޓް ދާއިރާ ކުރިއަރުވަަކަށްނޫން، އިންޑިއާ އިން ބަލަންބޭނުންވާ އެހެން ކޮންމެވެސްކަމެއް ބެލުމަށް ކުރާކަމެއް
މާކުރިންވެސް އެނގޭ ދެން މިގައުމައް ފޮޑިއެއްވެސް ނުޖެހޭ ތިޔާކިޔާ ގައުމައް ސިއްރުން އޭހުރިހިތާމައެއްގެބޮޑުކަމާ