ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސްޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ހަމަޖައްސައިފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން ހަމަކުރެއްވީ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒެވެ.

މި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް މިހާރު އޮތް ގޮތުން ބޭއްވި ދާނެ ކަމަށް އެ ޕާޓީން ގަބޫލު ނުކުރާ ކަމަށެވެ.

" އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތް ކަމަށް ގަބޫލުކުރާނީ ޕާޓީތަކުގެ ލީޑަރުންނަށް ބައިވެރިވެވޭ އިންތިހާބެއް ބޭއްވުމަށް ފުރުސަތު ނުލިބުމުން. ކުރިއަށް އޮތްތަނުގައި އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ހަރަކާތްތައް ރޭވިފައިވާ ގޮތް މީޑިޔާތަކަށް ހާމަ ކުރައްވަމުން ގެންދަވާނަން " މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ފުލުހުން މެދުވެރިކޮށް އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރުތައް ހަލާކު ކޮށްލަމުންދާ ކަމަށާއި އެމްޑީޕީގެ ކެމްޕެއިނަށް އެތައް ދުއްތުރާއެއް ޖައްސާފައިވާ ކަމަށެވެ.

"ރައްޔިތުންނަށް ދުއްތުރާއެއް ވިއްޔާ ވެފައި އޮތީ އެމަނިކުފާނުގެ ފަރާތުން ކަމަށް ރައްޔިތުން ގަބޫލު ކުރޭ. އެމްޑީޕީން މިހާތަނަށް ވެސް ދައްކާފައިވާނީ ސާފު ކެންޑިޑޭޓެއް. އިބްރާހިމް މުހައްމަދު ސޯލިހަކީ ވެސް އެފަދަ ބޭފުޅެއް" މާރިޔާ ވިދާޅުވިއެވެ.

"މަޝްވަރާއޭ ކިޔައިގެން ވާހަކަތައް ކޮންމެހެން ވިދާޅުވާނެ ކަމެއް ނެތް. އިންތިހާބު ކައިރިވީމަ މަޝްވަރާއަށް އަންނާށޭ ބުނިއިރު އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ނޮވެމްބަރު ގައި ހުވާ ކުރައްވާނީ ރައީސް ޔާމީނެއް ނޫން. އެހެން ކެންޑިޑޭޓެއް،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، އިންސާފުވެރި މިނިވަން އިންތިހާބެއް އޮންނާނެ ކަމަކަށް އެމްޑީޕީއިން ގަބޫލު ނުކުރާ ކަމަށާއި ރައްޔިތުން ބޭނުން ވަނީ ރައީސް ޔާމީން ނޫން އެހެން ގޮތެއް ކަމަށެވެ. އެ ގޮތް ރައްޔިތުންނަށް ހޯދައިދޭން ގޮންޖެހުންތަކާއެކު މަސައްކަތް ކުރާނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗޭންޖްއިޓް

    މާރިޔާ މެން ރުހޭ ކެންޑިޑޭޓެއް ނޫނޭ ޖޭޕީގެ ރަނިންގް މޭޓް އަކަށް ނެރެން ޖެހޭނީ ސޭޓްގެ ބިއުޓިފުލް އަނބިގޮއްޔެ އޭ ޖޭޕީން ރަނިންގް މޭޓް އަކަށް ނެރެން ޖެހޭނީ އެނޫން ނަމަ ޖޭޕީ އެމްޑީޕީ އާއި އެކު ހަދާ ކޯލިޝަން އުވާލާ ޖޭޕީން ވަކިން ރިޔާސީ ކެންޑިޑޭޓެއް ނެރެންވީއޭ އެގޮތުން ޑރ. ހަސަން ވެސް އަދި އެބަހުއްޓެއް ނޫންތޭ ދެން ޕްރޯ އުގައިލް ރަނިންގް މޭޓް އަކަށް ޖޭޕީން ހެދުމުން އެމްޑީޕީގައި ތިބި އައްޑޫ ހުރިހާ މީހުން ބަދަލު ވާނެއޭ ޖޭޕީ އަށް އެއިރުން އެމްޑީީޕީގެ ކެންޑިޑޭޓް ހިންނަވަރު އިބޫ އަށް ނުލިބޭނެއޭ 2000 ވޯޓް ވެސް ޗޭންޖް އިޓް އީވެން ވެލް އިނަފް ޗޭންޖް އިޓް ދިސް އިޒް އޮންލީ ގެޓިންގް ނޯން ޓު އަސް...

  2. Anonymous

    ކަމަކުނުދެ އާގަންނާތީ ބަދަލުކުރޭ