އުތުރު ތިލަފަޅު (ޔޫޓީއެފް) އެއްބަސްވުމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯމް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ހާޒިރު ކުރި ކޮމިޓީ ސިއްރުކޮށްފިއެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް އެ ބޭފުޅުން ހާޒިރުވާން އޮތީ މިއަދު 11 ޖަހާއިރަށެވެ. ކޮމިޓީގެ އެޖެންޑާގައި އޮތީ އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފްގެ އިސްވެރިންނާ ބައްދަލުކުރުމެވެ.

އެކަމަކު، މި ބޭފުޅުން ވަޑައިގަތުމާ އެކު، ކޮމިޓީ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.

އެ އެއްބަސްވުމާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުގެ އިސް ވެރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރި އިރު، އެއްބަސްވުމާ ގުޅޭ މައުލޫމާތު ހަތް ދުވަހުގެ ތެރޭގައި ހާމަކުރަން ޑިފެންސް މިނިސްޓްރީއަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު އެންގެވި އެންގެވުމަށް ބޯލަނބާފައެއް ނުވެއެވެ. އެކަމަކު މައުލޫމާތު ހާމަނުކުރި ސަބަބެއް ޑިފެންސުން ސާފުކޮށްދީފައެއް ނުވެއެވެ.

ކޮމިޓީ އަށް އެ ބޭފުޅުން ހާޒިރުކޮށް ކޮމިޓީ ސިއްރުކުރުމާ މެދު ދެކެވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް އެއްސެވުމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އެއްބަސްވުމުގައި "ކޮންފިޑެންޝަލް" ލިޔެފައިވާ ކަމަށެވެ. އެއްބަސްވުމުގައި އެގޮތަށް ލިޔެފައިވާތީ ސޮއިކުރި ދެ ފަރާތުން ވެސް އެކަމަށް އިހްތިރާމް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މާރިޔާ އެހެން ވިދާޅުވުމާ ގުޅިގެން ކޮމިޓީ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުންބެ

    ގައުމައް ގައްދާރުވި މީހުން
    އަންނި
    މާރިޔާ
    އިބޫ

    11
    • ޙައްގުބަސް

      ގައުމަށް ޣައްދާރުވުމަކީ ޖޯކެއްނޫން! އަދި ބޭކާރުގޮތުގައި ދައްކާ ވާހަކަތަކެއްކަމުގައިވެސް ވެގެންނުވާނެ! އެފަދަ މައްސަލަތައް ބެލޭނެ ވަރުގަދަ ނިޒާމްތަކެއް ގައުމުތަކުގައި ހުރޭ! ގައުމުތަކުގައި ކަންކުރާގޮތަކީ އެގައުމަކަށް އެގައުމުގެ ރައްޔިތަކު ނުވަތަ ރައްޔިތުންތަކެއް ޣައްދާރުވެފައިވާކަމަށް ސާބިތުވެއްޖެނަމަ އެގައުމެއްގެ ގާނޫނުގައި އެފަދަ ކަމަކަށް އޮންނަ އަދަބު ދެނީ!! ބައެއް ގައުމުތަކުގައި ދަންޖައްސާ މަރާލަނީ!! އަނެއްބައި ގައުމުތަކުގައި އުމުރު ދުވަހަށް ޖަލަށްލަނީ!! ގައުމަށް ޣައްދާރުވުމަކީ އެންމެ ބޮޑު ކުށްތަކުގެތެރޭ ހިމެނޭކަމެއްގެ ގޮތުގައި ހުރިހާ ގައުމުތަކުންވެސް ދެކޭކަމެއް!

  2. ދަންބެރު

    މަކަރާ ހީލަތުން މިއަދު ގައުމުހިންގަނީ ވެރިކަމުގަހުރި މީހާއަށް މިއަދު އާރާއި ބާރާްއި ސާނާއި ސައުކަތު ލިބިގެންވިޔަސް ވެރިކަމުގަ އަބަދު ނުހުރެވޭނެކަން ހަނދުމަނަށްތާ ނުލެއްވުން އެދެން ވެރިކަމުން ފައިބާދުވަހު ހަމަޔަގީންވެގެންވޭ އަދަބު ލިބޭނެކަން ރަށްޔަތުން މިތިބީ ހިންގިޖަރީމާ އާއި ހިންގި ހިޔާނާތް ބަލަން ތަށްޔާރަށް.

  3. ނަޝީދު

    ސިއްރު ކުރާކަށް ނުޖެހޭ ދިވެހި ރައްޔިތުންނާ ގުޅުންހުރި ކަންކަމުގަ ކީއްވެ ސިއްރު ކުރީ މި ޤައުމަށް ހެޔޮއެދޭ ކޮންމެ ދަރިއެއް ބޭނުންވާނެ އޭގައި އޮތް އެޗެއް އިނގެން ދެން ކީއްވެ ސިއްރު ކުރަން ވީ....