ކުޑަކުދިންނަށް ހާއްސަކޮށްގެން ސަރުކާރުން ހުޅުމާލޭގައި ސްކޫލެއް ހުޅުވައިފިއެވެ.

ތުއްތު ކުދިންނަށް ހާއްސަކޮށް މީގެކުރިން މާލެ ސަރަހައްދުގައި މުޅިން ހެން ހުންނަނީ ޕްރައިވެޓް ސްކޫލްތަކެވެ.

މުހައްމަދު ގާސިމް ޕްރީސްކޫލްގެ ނަމުގައި ހުޅުވާފައިވާއެ ސްކޫލަކީ އަމިއްލަ ފަރާތަކުން އިމާރާތްކޮށް ސަރުކާރަށް ހަދިޔާކޮށްފައިވާ ސްކޫލެކެވެ. އެއީ މއ. ފީރުމުރަނގަގޭ އަލީ ފިރާގް އޭނާގެ ބައްޕަގެ ހަނދާނުގައި ބިނާކޮށްފައިވާ ސްކޫލެކެވެ. ސްކޫލު ހުޅުވައިދެއްވީ ނައިބް ރައިސް ފައިސަލް ނަސީމްއެވެ.

ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ އެ ސްކޫލުގައި 10 ކްލާސްރޫމް، ހޯލް، ސްޓާފްރޫމް، މީޓިންގ ރޫމް، އޮފީސް، މިއުޒިކް ރޫމް، ކޮމްޕިއުޓަރ ރޫމް އަދި ޕްރިންސިޕަލް ރޫމެއް ހުރެއެވެ.

ސްކޫލް ހުޅުވާފައިވަނީ 22 ދަރިވަރުންނާއި ހަ މުދައްރިސުންނާއި ދެ އެޑްމިނިސްޓްރޭޓިވް ސްޓާފުން އަދި ދެ ސަޕޯޓް ސްޓާފުންނާއި އެކުގައެވެ.
މިއީ 750 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.

އަލަށް ހުޅުވި ޕްރީސްކޫލުގެ ދަރިވަރުންނާއެކު މިނިސްޓަރާއި ނައިބް ރައީސް

އެ ސްކޫލުގެ އެލްކޭޖީ، ޔޫކޭޖީ އަށް ވައްދަން ބޭނުންވާ ދަރިވަރުންނަށް އޮންލައިންކޮށް ފޯމް ހުށަހެޅޭ ގޮތަށް ވަނީ ނިންމާފައެވެ.

އަދި ސްކޫލަށް ވަންނަ ދަރިވަރުންނަށް މިހާރުގެ މިހާތަނަށް އެ ދަރިވަރަކު ކިޔަވަމުންދިޔަ ސްކޫލެއްގެ ޔުނިފޯމާއި އެކު ސްކޫލަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ.

ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެ ޕްރީސްކޫލުގައި އެންމެ ބޮޑަށް އިސްކަންދޭނީ ކުޅުމުގެ ތެރެއިން ދަރިވަރުން އުނގެނި ތަރުބިއްޔަތުކުރުން ކަމަށެވެ.

ސްކޫލުގައި ދަރިވަރުން ހޭދަކުރާ ކޮންމެ ދުވަހަކީ އާ ކުޅިވަރެއްގެ ތެރެއިން އާ ކަންތައްތަކެއް ދަރިވަރުން ދަސްކުރާނެ ދުވަހަކަށްވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައިޝަތު އަލީ ވިދަޅުވީ އެ އުމުރު ފުރައިގެ ކުދިންނަށް މަޖްބޫރުކޮށްގެން ފިލާވަޅު ދަސްކުރަން ބޭތިއްބުން އެއީ މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ މަންޒަރެއް ކަމަށެވެ.

"އެކަމުން ލިބޭ ފައިދާއަށްވުރެ ގެއްލުން ހަގީގަތުގައި ބޮޑު" މިނިސްޓަރު ވިދާޅުވިއެވެ.

ދަރިވަރުންގެ ސިކުނޑި ރަނގަޅަށް ތަރައްގީވުމަށްޓަކައި ބޭނުންވާ ހުނަރުތައް ދަސްނުވަނީސް ކިޔަވަން މަޖްބޫރުކުރުމުގެ ސަބަބުން މުޅި އުމުރުގައި ކުއްޖާ ކިޔެވުން މަތިން ފޫހިވުން އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.

ތަޢުލީމުގެ ޤާނޫނު 10 އޯގަސްޓް 2021 ގައި ތަންފީޒުކުރެއްވުމާއި ގުޅިގެން ޕްރީސްކޫލް ތަޢުލީމަކީ ސަރުކާރުން ހިލޭ ފޯރުކޮށްދޭނެ ޖެހޭ ތަޢުލީމީ މަރުޙަލާއެއްގެގޮތުގައި ވަނީ ހަމަޖެހިފައެވެ. އަދި، ޕްރީ ސްކޫލް ތަޢުލީމަކީ މަޖުބޫރު ތަޢުލީމެއްގެ ގޮތުގައި ކަނަޑައެޅިފައިވާއިރު އެ ޤާނޫނުގެ ދަށުން ޕްރީ ސްކޫލް ތަޢުލީމު ރާއްޖޭގައި ދިރިއުޅޭ ކޮންމެ ދިވެހި ކުއްޖަކަށް ހިލޭ ފޯރުކޮށްދޭންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބޭނުމަކީ ކޮބާ

    ރީނދޫ ކުލަ ހާދަ ގަދައޭ.

    14
    1
  2. ރަންނަމާރި

    ސްކޫލެއް ހުޅުވިއްޔޭ ކިޔާ ޙަބަރަށް ފޮޓޯ އަރުވަން ލަދެއްނުގަނޭތަ. ތިޔަސްކޫލް ހުޅުވަން އަމީރްއަހްމަދުގެ ކިތައްޓިޗަރުންނަށް ވަޒީފާ ދިނިންތަ. ވަޒީފާގެ ކޮންޓްރެކްޓާ ހިލާފަށް ވަޒީފާއިން ނުކެނޑި ތިޔަ ސްކޫލްގެވަޒީފާ ލިބެނީ ކިހިނެއްތަ.އަމީރްއަޙުމަދުސްކޫލްގެ ކިތައްދަރިވަރުންގެ ތަޢުލީމުތަ އޮޔާ މޮޑެލީތި. މިނިސްޓްރީއަށް އެނގިިގެން މިކަންކަންވީ. ކޮބާ އާސިފް. ތިމަންނައޭ ހުރިހާ ނިންމުމެއްނިންމަނީ ބުނަން ލަދެއް ނުގަނޭތަ. ތަޢުލީމޭ ކިޔާ އަނގަ ހުޅުވަން ތިޔަސްކޫލުގެ ޕްރިންސިޕަލަކީ ކުރިން އަމީރު އަހުމަދުގެ ޕްރިންސިޕަލް. ބަލިވިދުވަހު މަސެއްކަތެއް ނުކުރެވުނީމާ ހަމަ މުސާރަ އެތައްމަހެއްގެ ދިނީމަ އޭގެ އަގު ދޯ ތިޔަ އަދާކުރީ. ޙައްގޭ ހަޔާތޭ ތަޢުލީމޭ ކިޔަން އަނގަ ނުހުޅުވާތިބެބަލަ

    15
    5
    • ކޮރަޕްޓް

      ރަގަޅަށް ކަންތައް ކޮއްދިންނަމަ ހުންނާނެދޯ؟ އެހެންނޫންނަސް ފެން އޮންނަ ދިމާއަކަށް މަަސްދާނީ..

      6
      5
    • ބޮޑު ރަންނަމާރި

      މީ ހާދަ ވާނުވާ ނޭގޭ ރަންނަމާރިއެކޭ. އެހެން ވަޒީފާއަކަށް އެޕްލައި ކުރުމާއި އިންޓަވިއު ކުރުމާއި ވަޒީފާއަށް ހޮވުމަކީ ވަޒީފާއެއްގައި އުޅުނަކަސް ހުރަހެއް އޮތް ކަމެއް ނޫނެވެ. ވަޒީފާއަށް މީހުން ހޮވެނީ އެމީހެއްގެ ކިބައިގައި ހުންނަ ގާބިލުކަމާއި ތައުލީމީ ފެންވަރަށް ބަލާފައެވެ. ވަޒީފާ ބަދަލު ކުރަނީ އަބަދުވެސް އެއްދުވަހަށްވުރެ އަނެއް ދުވަހު ދާއިރާގައި ކުރިއެރުން ހޯދަންށެވެ. އެމީހަކު އިހުތިޔާރު ކުރާ ވަޒީފާއެއްގައި އުޅުމަކީ ކޮންމެ މީހަކަށް ލިބިފައިވާ އަސާސީ ހައްގެކެވެ. ވަކި ތާކު އަދާކުރާ ވަޒީފާ ދޫކޮށްލުމާއި އެހެން ވަޒީފާއެއް އިހުތިޔާރު ކުރުމަކީ މި ހައްގުގެ އެންމެ އަސާސީ އެއްސިފައެވެ.

      ދެން އޮތީ ތަންކޮޅެއް ޒާތީ ވާހަކައެކެވެ. އެއްވެސް ތާކުން ވަޒީފާ އަދާކުރާ ޓީޗަރަކު ވަކިވުމަކީ އެ ސުކޫލެއްގެ ދަރިވަރުން ތަކެއްގެ ތައުލީމު އޮޔާލުން ކަމަށް ދެކުމަކީ ހާދަހާވާ ނާތހުޒީބު ވިސްނުމެކެވެ. ތިޔަ ސުކޫލުން އެއް ޓީޗަރު ވަކިވާރު އަނެއް ޓީޗަރު އަންނާނެކަން އެއީ އެކަން އޮންނަ ގޮތެވެ. އެހެން ނޫންނަމަ ތިޔަ ތަނުގައި އެންމެ ފުރަތަމަ ތިބި ޓިޗަރުން މިއަދުވެސް ތިބެން ޖެހޭނެތާއެވެ. އެމީހުން ނެތްނަމަ ހާދަކުދިންނެއްގެ ތައުލީމު އޮޔާގޮއްސަ އޮންނާނެތާއެވެ.
      ދެން އޮތް ވާހަކައަކީ ތިޔަ ތަނުން ދިޔަ ޓީޗަރުން މިއަދު އެ ހަވާލުވީ ހަމަ ތިޔަ ދާއިރާގެ މުސްތަގުބަލަށްޓަކައި އެޅޭ ބިންގަލެއް ނަގައި ކޮޅަށްޖެހުމުގެ ޒިންމާއާއި ނޫންތޯއެވެ. ތަންކޮޅެއް ޒާތީ މައުލޫމާތުކޮޅެއްވެސް ހިއްސާ ކޮށްލާނަމެވެ. ތިޔަ ސުކޫލުން ކެނޑުނު 5 ޓީޗަރުންގެ ބަދަލުގައި 5 ޓީޗަރުންނަށް އިއުލާނުކޮށް އޮކްޓޮބަރ 19 އަށް މުއްދަތު ހަމަވެ 24 އޮކްޓޫބަރުގައި ބްރޭކްއަށްފަހު ސުކޫލު ހުޅުވުނީރު އާ ޓީޗަރުން ނެގިކަން ނޭގޭ ތޯއެވެ.

      ދެން އޮތް ވާހަކަ އަކީ ތަނުގައި ތިބޭ ރަގަޅު މުވައްޒަފުން ތަން ދޫކޮށް ދަނީކީ ހަމައެކަނި އެބައެއްގެ މައްސަލައެއްކަމަށް ދެކުމަކީ ތަނުގެ ކުރިއެރުމަށް އޮތް ވަރަށްބޮޑު ހުރަހެކެވެ. ތިޔަ ތަނުން ރަގަޅު މުވައްޒަފުން ވަކިވެގެން ދަނީ ތިޔަ ތަނުގެ މައްސަލައެއްވެސް އޮވެގެންކަން ގަބޫލުކުރަންވެއްޖެ އެވެ. ޕެންޑަމިކްތެރޭގައި މުވައްޒަފުންނާ ދޭތެރޭ ކަން ކުރިގޮތް ހަނދާންކޮށްބަލާށެވެ. މުވައްޒަފުންގެ މުސާރައިން ކަނޑާލި އެތިކޮޅުވެސް ދެވުނީ މުވައްޒަފުން ކިހާ މަސައްކަތްތަކެއް ކޮށް ކިހާ ޝަކުވާއެއް އެކިއެކި ފަރާތްތަކަށް އުފުލައިގެންތޯއެވެ. މިހާރުވެސް ތިޔަ ތަނުގައި ކަނޑައަޅާފައި އޮންނަ ގިނަ ސިޔާސަތުތަކަކީ މުވައްޒަފުންނަށް ދަތި ނާއިންސާފު ސިޔާސަތުތަކެކެވެ. މުވައްޒަފުންލައްވާ ގިނަ ވަގުތު މަސައްކަތް ކުރުވާ އިތުރުގަޑިއެއް ނުދީ، ކިތަމެ ބަލިވިޔަސް ވަކި ދުވަސްތަކަކީ ސަލާމެއް ނުބުނެވޭ ދުވަސްތަކަކަށް ހަދާ މިކަހަލަ ކިތަމެ ގިނަ އުދަގޫ ކަންކަން އެއީ މުވައްޒަފުން އަބަދަކު ވަރިހަމަ ކޮށްލައިގެން ތިބޭނެ ކަންކަމެއް ނޫނެވެ.

      ޕްރިންސިޕަލް ބަލިވީދުވަހު މަސައްކަތެއް ނުކޮށް މުސާރަދިނުމުން އެކަމުގެ ބަދަލުގައި މުޅިއުމުރު އާމްދަނީ ހޯދަން ބަނޑުފުރާނަ މުއްތިކޮށްލަން މަސައްކަތެއް ނުކޮށް ހުންނަވީހެއްޔެވެ. ބަދަލު ދިނުމަކީ އެއީތޯހެއްޔެވެ. މިހާރު ރަގަޅު ވަޒީފާއެއް ލިބުމުން އެ ފުރުސަތު ބޭނުން ކުރުމުން ތިޔަ ތަނަށް ލިބޭނެ ގެއްލުމަކީ ކޮބައިހެއްޔެވެ؟

      2
      1
  3. Anonymous

    ނޭންގޭ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ.. ކަމުގެ ހަގީގަތް ނުބަލާ ކޮން އެއްޗެއްތަ ތި ކިޔަނީ..

  4. ހޫމް….

    ނޭންގޭ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ.. ކަމުގެ ހަގީގަތް ނުބަލާ ކޮން އެއްޗެއްތަ ތި ކިޔަނީ..

  5. ދޮގު

    ތިއީ ހުޅުމާލެ ކޮވިޑް ސެންޓަރަކަށް ބޭނުން ކުރި ކުރިން އިމާރަތް ކޮށްފަ ހުރި ސަރުކާރުގެ އިމާރާތެއް. ރީދޫ ކުލަ ކާއްތާ ޖިބްސަމް ބޯޑް ޖަގާ ބައި ކޮށްލީ. ފުކެއް ބޮޑްވަރު ދޮގުގަދަން.

  6. ޅޮސް އުނދޯލި އާދަނު

    ކިތަންމެ ރީނދޫ ކުލައެއް ލިޔަސް ތިއީ ސަރުކާރުގެ ކަމެއްނޫން

  7. ތަގު

    ކަލޯ ތިތަނަށް ދާންވީ ޕާޓީ ފިކުރުގެ ތަމްރީނު ހަދަންތޯ